އާދަޔާ ހިލާފު ބާރުގަދަ ރާޅެއް މާލެ އާއި ހުޅުލެއަށް ބިންދައިލި އެވެ.
މާލޭގެ އިރުމަތީ ފަރާތަށް އުދަ އަރަމުން ދަނިކޮށް، އެ އުދަޔާއެކު އުފެދިގެން އައި ބިޔަ ރާޅެއް ބިންދާލީ ކުއްލި އަކަށެވެ. އެ ރާޅުގެ ބާރުގައި ޖެހި ސަކައިލްތަކާއި މީހުންތައް މަގު މައްޗަށް ވެއްޓުނެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ހުޅުލޭ ސަރަހައްދު، ބްރިޖު ކޮޅުން ބިންދާލި އެ ރާޅުގައި ޖެހުނު ސަކަލްތަކާއި އޭގައި ތިބި މީހުން ދަމައިގަތެވެ.
ރާޅު އަރައި ހެންވޭރުކޮޅުގެ މަގުތަކާއި ހައިވޭގެ ބޮޑު ސަރަހައްދެއް ވެސް އޮތީ ފެންބޮޑުވެފަ އެވެ. އަދި ބާރުގަދަ އެ ރާޅުގައި ވެއްޔާއި ބޮޑެތި ގާތައް ވެސް އެއްގަމަށް އުކައިލި އެވެ. އެހެންވެ، މަގު ސާފުކުރަން ބްރިޖު ވެސް ބަންދުކުރި އެވެ.
އެ ރާޅާ ގުޅިގެން، އޭރު ކުރިއަށް ދިޔަ "ވިޒިޓު މޯލްޑިވްސް ޕްރޯ 2023" ރާޅާއެޅުމުގެ މުބާރާތް މެދުކަނޑައިލި އެވެ.

މިއަދު ވެސް އުދަ އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ ވިޒިޓު މޯލްޑިވްސް ޕްރީ 2023 މުބާރާތުގައި މީހަކު ރާޅާ އަޅަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު











