ރައީސް ސޯލިހުގެ ރަނިން މޭޓަކަށް ހިތަދޫ މެމްބަރު އަސްލަމް ހަމަޖައްސައިފި

ރައީސް ސޯލިހުގެ ރަނިން މޭޓަކަށް ހިތަދޫ މެމްބަރު އަސްލަމް ހަމަޖައްސައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަނިން މޭޓަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަމަޖައްސަައިފި އެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ރަނިން މޭޓަކަށް އަސްލަމް ހަމަޖައްސައި އޭނާއަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މިހާރު އެކަން އަންގާފައިވާ ކަމަށް "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ.

އަސްލަމްގެ ކުށުގެ ރެކޯޑު ސާފު ކުރަން ޕާޓީގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ. އަސްލަމް ނޫން އިތުރު މީހެއްގެ ކުށުގެ ރެކޯޑު ސާފު ކުރަން މިހާތަނަށް އެމްޑީޕީން ކޯޓަށް ހުށަހަޅާފައެއްނުވެ އެވެ.

ރައީސް ސޯލިހުގެ ރަނިން މޭޓަކަށް އަސްލަމް ހަމަޖެއްސިކަން އެމްޑީޕީން އަދި ރަސްމީކޮށް ނާންގަ އެވެ. އެމަނިކުފާނުގެ ރަނިން މޭޓަކަށް އަސްލަމް ހަމަޖެއްސިއިރު، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުން ވެސް ދަނީ ރަނިން މޭޓުން ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅަންޖެހޭ ސުންގަޑި ހަމަވަނީ އަންނަ ހޯމަ ދުވަހުގެ 2:00 އަށެވެ.

އަސްލަމްއަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސެވެ. އަދި އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ. މިއީ މަޖިލީހުގައި އަސްލަމް އިންނަވާތާ ހަތަރު ވަނަ ދައުރެވެ. އޭނާއަކީ ކުރިން ފެށިގެން ވެސް ރައީސް ސޯލިހާއެކު ވަރަށް ގާތުން މަސައްކަތް ކުރާ ބޭފުޅެއް ކަމަށްވެ އެވެ.

ރައީސް ސޯލިހުގެ ރަނިން މޭޓަކަށް އަސްލަމް ހަމަޖެއްސިއިރު އެމަނިކުފާނުގެ މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. ރައީސްގެ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީގެ މެމްބަރަކު ހަމަޖެއްސުމަށް ވެސް އެމްޑީޕީން ބޭނުންވި އެވެ. އެކަމަކު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަ ކުރައްވަނީ ވަކިންނެވެ.

ރައީސް ސޯލިހާއި ގާސިމްގެ އިތުރުން ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމެވެ. އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.

ޔާމީންގެ ކެންޑިޑެސީގެ މައްސަލަ މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާއިރު އެމަނިކުފާނަށް ވާދަ ނުކުރެވޭ ހާލަތެއްގައި ޕީޕީއެމްގެ އެހެން ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އޭގެ އިތުރުން، ޔާމީނަށް ވާދަ ނުކުރެވޭނެ ހާލަތެއްގައި އިންތިހާބުގައި ވާދަ ކުރުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓަކު ވެސް ވަނީ ނެރެފަ އެވެ. އެއީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox