ޔާމީނަށް ވާދަ ނުކުރެވިއްޖެ ނަމަ ޕީޕީއެމްގެ އެހެން ކެންޑިޑޭޓެއް ހުންނާނެ: ޒެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒެއިން، އިއްޔެ ސުޕްރީމް ކޯޓުގެ ބޭރުގައި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދަރިކަލުން  ޖެފްރީ ސާލިމް ވަހީދުއާއެކު. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދަރިކަލުން ޒެއިން، އިއްޔެ ސުޕްރީމް ކޯޓުގެ ބޭރުގައި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދުއާއެކު. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަ ނުކުރެވިއްޖެ ނަމަ ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ދައްކާނެ ކަމަށް، ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ޔާމީނަށް ވާދަ ކުރެއްވުމުގެ ޝަރުތު ހަމަ ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ފަށާފައި ވާއިރު، އިއްޔެ އަޑުއެހުންތައް ހަތް ގަޑިއިރަށް ކުރިއަށް ދިޔަ އެވެ.

މައްސަލައާ ގުޅޭ ގޮތުން ފަނޑިޔާރުން ސާފު ކުރައްވަންވަން ބޭނުންފުޅުވާ އިތުރު ކަމެއް ނެތް ނަމަ، ދެން އޮންނާނީ ހުކުމް ކުރުމެވެ.

އެ މައްސަލައިގައި ކާމިޔާބު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ކާމިޔާބު ނުވެއްޖެ ނަމަ ޕީޕީއެމުން ވެސް، ޕީއެންސީން ވެސް އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަ ކުރައްވާނެ ކަމަށް ޒެއިން ވިދާޅުވި އެވެ.

"[ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތުގައި] ޕީޕީއެމުން ވެސް ކެންޑިޑޭޓެއް ނުކުންނަވާނެ، ނުކުންނަވައިގެން [ޕީއެންސީގެ ކެންޑިޑޭޓާއި] ދެ ބޭފުޅުން ވެސް ފުރަތަމަ ބުރުގައި ވާދަ ކުރައްވާނެ،" ރޭ ސުޕްރީމް ކޯޓު ބޭރުގައި ހުންނަވައި ޒެއިން "އަދަދު" ނޫހަށް ވިދާޅުވި އެވެ.

އެ ހާލަތުގައި ތާއީދު ކުރައްވާނީ ކޮން ކެންޑިޑޭޓަކަށްތޯ ސުވާލު ކުރުމުން ޒެއިން ވިދާޅުވީ އެކަމާމެދު ވަކި އެއްޗެއް ދަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ.

އޭނާ އެހެން ވިދާޅުވިއިރު، ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެއްވޭނެ ހާލަތުގައި އިދިކޮޅު ކޯލިޝަނުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ސެނެޓުން ވަނީ މާލެ ސިޓީގެ މޭޔަރު، ޑރ. މުއިއްޒު ކަނޑަ އަޅައިފަ އެވެ.

ސުޕްރީމް ކޯޓުން ބަލަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީގެ މައްސަލަ އެމަނިކުފާނާ ދެކޮޅަށް ނިމިއްޖެ ނަމަ ޕީޕީއެމްއިން އެހެން ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި ޕީއެންސީގެ ކެންޑިޑޭޓަކީ ޕްލޭން ސީ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ރޭ ވަނީ ވިދާޅުވެފަ އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ މައްސަލައިގައި ވެސް، އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެއްވޭ ހާލަތުގައި ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރުމަށް ވަގުތު ދިނުމަށް އެދިފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތުން އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ކެންޑިޑެސީ ފޯމް ހުށަހެޅުމުގެ ފަހު ދުވަހަކީ އޯގަސްޓް 7 ވާ ހޯމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox