ޔާމީން އެދެނީ ވާދަ ނުކުރެވޭ ނަމަ ޕީޕީއެމްއަށް ކެންޑިޑޭޓަކު ނެރެން އިތުރު ފުރުސަތެއް ދޭން

ޔާމީންގެ ކެންޑިޑެސީގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގެ ސްކްރީންޝޮޓެއް

ޔާމީންގެ ކެންޑިޑެސީގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގެ ސްކްރީންޝޮޓެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކެންޑިޑޭސީގެ މައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް ނިމިއްޖެ ނަމަ ޕީޕީއެމްއަށް އިތުރު ކެންޑިޑޭޓެއް ހުށަހަޅަން ފުރުސަތު ދިނުމަށް ވެސް އެމަނިކުފާނުގެ ފަރާތުން އެދިއްޖެ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށު ދޫކުރުމުގެ ތެރެއިން ރިޝްވަތު ނަންގަވައި ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ހެދި ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ޝަރުތު އެމަނިކުފާނުގެ ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެއީ ނިހާއީ ހުކުމެއް ނޫން ކަމުން، އެމަނިކުފާނުގެ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.

އެ މައްސަލައިގެ ޝަރީއަތް މިއަދު ހަވީރު 4:00 ޖަހަނިކޮށް ފަށައިގެން ކުރިއަށްދާއިރު، ޔާމީންގެ ފަރާތުން އެ މައްސަލައިގައި އެދޭ ގޮތްތައް ބަޔާން ކުރަމުން ޔާމީންގެ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ، އެމަނިކުފާނަށް ކުރިމަތިނުލެވޭ ނަމަ ޕީޕިއެމްއަށް އިތުރު ކެންޑިޑޭޓެއް ހުށަހެޅުމުގެ ފުރުސަތެއް ދިނުމަށް ވެސް މައްސަލައިގެ ތެރެއިން އެދިފައިވާނެ ކަމަށެވެ.

"އަބްދުﷲ ޔާމީނަށް އެ ބޭފުޅާގެ ކެންޑިޑެސީ ހުށަނޭޅޭ ހާލަތެއްގައި ނަމަ ޕީޕީއެމްއަށް އިތުރު ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ދެއްވުމަށް އަދި އަބްދުﷲ ޔާމީނަށް ވެސް މި ކޯޓުން ނިންމާ ގޮތަކުން ކެންޑިޑެސީ ހުށަހެޅުމަށް އިތުރު ހުށަހެޅުމެއް ހުށަހަޅަން ޖެހޭ ހާލަތުގައި އެ ހުށަހެޅުން ހުށަހެޅަން ފުރުސަތު ފަހިކޮށްދިނުން،" ހަމްޒާ ވިދާޅުވި އެވެ.

ހަމްޒާ އިތުރަށް ވިދާޅުވީ، ފުރަތަމަ ކަމަކަށް އެދިފައި ވާނީ އީސީގެ ނިންމުމީ ބާތިލު ނިންމުމެއް ކަނޑައަޅައިދޭން ކަމަށެވެ. އަދި ޔާމީނަކީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ހަމަވާ މީހެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އިންތިހާބުގައި ބައިވެރިވުމަށް ކުރަން ޖެހޭ އިންތިޒާމުތައް ހަމަޖައްސަން އީސީގެ މައްޗަށް އަންގައިދިނުމަށް ކަމަށެވެ.

ޔާމީންގެ ފަރާތުން ދެކޭ ގޮތުގައި އާރަށު މައްސަލައިގައި ނިހާއީ ހުކުމެއް ނެތުމުން އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެވޭނެ އެވެ. ނިހާއީ ހުކުމެއް ކަމަށް ބަލާނީ މައްސަލައެއް ދަށު ކޯޓުން މައްސަލައެއް ނިންމުން ޝަރީއަތުގެ ހުރިހާ މަރުހަލާއަކުން އެ މައްސަލައެއް ބަލައި ނިމުނުންނެވެ. ޝަރީއަތުގެ އެންމެ މަތީ މަރުހަލާ، ސުޕްރީމް ކޯޓުން މައްސަލަ ބަލައި ނުނިމުނަސް، ދަށު ކޯޓުގެ ހުކުމް މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކުރެއްޖެ ނަމަ އެއީ ނިހާއީ ހުކުމެއް ކަމަށް ބަލާނެ އެވެ.

އަންނަ ސެޕްޓޭމްބަރު ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާއިރު ބާކީ އޮތީ ތިން ދުވަހެވެ.

ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއްގައި ޕީޕީއެމްއަށް އިތުރު ކެންޑިޑޭޓަކު ހުށަހެޅުމުގެ ފުރުސަތަށް ޔާމީންގެ ފަރާތުން އެދިފައިވާއިރު، ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއްގައި ބެކްއަޕް ކެންޑިޑޭޓަކަށް ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނެރުމަށް އެ ޕާޓީގެ ސެނެޓުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ސެނެޓު މެމްބަރުންގެ މެދުގައި ނެގި އެ ވޯޓު މުއިއްޒު ކާމިޔާބު ކުރެއްވީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރުއާ ވާދަކޮށެވެ. މުއިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވި އިރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox