ޔާމީނުގެ ކެންޑިޑެސީ ޝަރީއަތް ކުރިއަށްދާއިރު ސުޕްރީމް ކޯޓު ބޭރުގަ އިދިކޮޅު ސަޕޯޓަރުން ވެސް މުޒާހަރާގައި

މިވަގުތު ސުޕްރީމް ކޯޓު ސަރަހައްދުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ސަޕޯޓަރުން މުޒާހަރާ ކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މިވަގުތު ސުޕްރީމް ކޯޓު ސަރަހައްދުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ސަޕޯޓަރުން މުޒާހަރާ ކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަތް މައްސަލައިގެ ޝަރީއަތް މިވަގުތު ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު އެމަނިކުފާނުގެ ސަޕޯޓަރުން އެ ކޯޓު ބޭރުގައި މުޒާހަރާ ކުރަމުން އެބަދެ އެވެ.

ޔާމީނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގައި އެ ފައިސާ ލޯންޑަކުރި ކަމަށް ސާބިތުވެ އެމަނިކުފާނު މިދިޔަ ޑިސެމްބަރު 25 ގައި ޖަލަށް ލުމަށްފަހު އިދިކޮޅުން ދަނީ ސިލްސިލާކޮށް މުޒާހަރާކުރަމުންނެވެ. ނަމަވެސް މިއަދުގެ މުޒާހަރާގައި އާންމު އަދަދުތަކަށްވުރެ މީހުން ގިނަ އެވެ.

ކޯޓު ސަރަހައްދުގައި ތިބި ޔާމީނުގެ ސަޕޯޓަރުން ގޮވަމުން ދަނީ ވަގުތުން ވަގުތައް އެމަނިކުފާނު ދޫކޮށްލުމަށެވެ. މިއީ ޔާމީނު ޖަލުގައި އޮންނެވި 222 ދުވަހު ވެސް އެ ފަރާތްތަކުން ފާޅުކުރަމުންދިޔަ ޝުއޫރެވެ.

"ރައީސް ޔާމީނު ދޫކޮށްލާ، ރައީސް ޔާމީނު ދޫކޮށްލާ، މި [ރައީސް ސޯލިހު] ނޫން ގޮތެއް ދިވެހިން ބޭނުންވޭ" ދެން ޔާމީނުގެ ސަޕޯޓަރުން ގޮވަމުންދިޔައީ އާންމު އަހުލާގީ މިންގަޑަށްވުރެ ދަށް ބަސްތަކެކެވެ. ނަމަވެސް, މައިގަނޑު ގޮތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވަގެއް ކަމަށް ގޮވުމާއި ޔާމީނު ދޫކޮށްލުމަށް އެކި އިބާރާތްތައް ބޭނުންކުރަމުންދިޔަ އެވެ.

ފުލުހުން މިހާރު ވަނީ ޔާމީނުގެ ސަޕޯޓަރުން ކޯޓުގެ ކުރިމަތިން ދުރަށް ޖައްސާ އެސްޓީއޯ ޕީޕަލް ޗޮއިސްއާ ހިސާބަށް އެ ސަރަހައްދު ބަންދުކޮށްފަ އެވެ.

ޔާމީނުގެ ޝަރީއަށް މިހާރު ކުރިއަށްދާއިރު މިއަދުގެ ޝަރީއަތުގައި ދެ ބްރޭކެއް ނެގުމަށް ފަނޑިޔާރު ވަނީ ނިންމާފަ އެވެ. އެގޮތުން ފުރަތަމަ ބްރޭކް 6:00 އިން 6:45 އަށް އަދި ދެވަނަ ބްރޭކް 7:30 އިން 8:00 އަށް ނަންގަވާނެ ކަމަށް އެ ކޯޓުގެ ފަނޑިޔާރުން ވިދާޅުވި އެވެ.

ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރަން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ. ޔާމީންގެ ފަރާތުން ދެކޭ ގޮތުގައި އާރަށު މައްސަލައިގައި ނިހާއީ ހުކުމެއް ނެތުމުން އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެވޭނެ އެވެ.

ނިހާއީ ހުކުމެއް ކަމަށް ބަލާނީ މައްސަލައެއް ދަށު ކޯޓުން ނިންމުމުން މަތީ މަރުހަލާގެ ދެ ކޯޓުން އެކަމާ މެދު ގޮތެއް ނިންމައި ހުކުމް ކުރުމުންނެވެ. އެންމެ މަތީ މަރުހަލާ ސުޕްރީމް ކޯޓުން މައްސަލަ ބަލައި ނުނިމުނަސް، އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި އިސްތިއުނާފު ނުކޮށްފި ނަމަ އެ ހުކުމެއް ނިހާއީ ހުކުމަކަށް ވާނެ އެވެ.

ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފަ އެވެ. އިސްތިއުނާފު އަވަސް ކުރަން ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު ދުސްތޫރީ މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ކޯޓަށް ބަލައިނުގަތެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާއިރު ބާކީ އޮތީ ތިން ދުވަހެވެ. އެހެންކަމުން ޔާމީނަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރޭ ގޮތަށް އެ ޕާޓީގެ ސެނެޓުން ވަނީ އިއްޔެ ފާސްކޮށްފަ އެވެ. އަދި އެ ކެންޑިޑޭޓަކީ ޕީޕީއެމުން ވަކިވެ އިއްޔެ އެ ޕާޓީއާ ގުޅިވަޑައިގެންނެވި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް ކަނޑައެޅި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox