ސުޕްރީމް ކޯޓު ސަރަހައްދުން ކަރަންޓު ކެނޑުނީ އޯވަލޯޑު ވެގެން

ކުރީގެ ރައީސް އަބްދުﷲ ޔާާމީންގެ ކެންޑިޑެސީގެ މައްސަލައިގެ އަޑުއެހުމަށް އެމަނިކުފާނުގެ ސަޕޯޓަރުން ސުޕްރީމް ކޯޓު ބޭރުގައި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާާމީންގެ ކެންޑިޑެސީގެ މައްސަލައިގެ އަޑުއެހުމަށް އެމަނިކުފާނުގެ ސަޕޯޓަރުން ސުޕްރީމް ކޯޓު ބޭރުގައި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ކުރި ވަގުތު ކަރަންޓު ކެނޑުނީ ކަރަންޓު ދޫކުރާ ސްޓޭޝަކަށް ދިމާވި މައްސަލައެއްގައި ކަމަށާއި ނަމަވެސް މިހާރު އެ ކަމަށް ވަގުތީ ހައްލެއް ހޯދިއްޖެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

މިއަދު މެންދުރުފަހު 2:30 އަށް ތާވަލުކޮށްގެން ސުޕްރީމް ކޯޓުން އަޑުއެހުން ބާއްވަން ތައްޔާރުވަމުން ދަނިކޮށް ސުޕްރީމް ކޯޓު ސަރަހައްދުން ކަރަންޓު ކެނޑުން ޝަރީއަތް ގަޑިއަށް ނުފެށި ވަނީ ލަސްވެފަ އެވެ. ޝަރީއަތް ފަށަން މިހާރު ހަމަޖެހިފައި ވަނީ 3:45 ގަ އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓު ސަރަހައްދުން ކަރަންޓު ކެނޑުނީ އޯވަލޯޑުވެ، ސަބްސްޓޭޝަނެއްގެ ސްވިޗް ގިއަރުގައި މައްސަލަ ޖެހިގެން ކަމަށެވެ.

އެހެން ނަމަވެސް، މިހާރު އެ މައްސަލަ ހައްލުކުރަން އެހެން "އޯލްޓަނޭޓިވް" ލައިނަކުން އެ ސަރަހައްދަށް ކަރަންޓު ގުޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަލުން ކަރަންޓު ގުޅި ފަހުން ވެސް ކަރަންޓު ކެނޑުނު ކަމަށާއި އެކަމަކު މިހާރު މައްސަލައަށް ވަގުތީ ހައްލެއް ގެނެވިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ކެންޑިޑެސީގެ މައްސަލައިގެ އަޑުއެހުމަށް ކުރީގެ ރައީސް ޔާމީން ސުޕްރީމް ކޯޓަށް ވައްދަނީ -- އަދަދު ފޮޓޯ
ކެންޑިޑެސީގެ މައްސަލައިގެ އަޑުއެހުމަށް ކުރީގެ ރައީސް ޔާމީން ސުޕްރީމް ކޯޓަށް ވައްދަނީ -- އަދަދު ފޮޓޯ

ކެންޑިޑެސީގެ މައްސަލައިގެ އަޑުއެހުމަށް ކުރީގެ ރައީސް ޔާމީން ސުޕްރީމް ކޯޓަށް ވައްދަނީ -- އަދަދު ފޮޓޯ

ސުޕްރީމް ކޯޓުން ކަރަންޓު ކެނޑުމުން އެތަނަށް ވަޑައިގެން ތިއްބެވި ރައީސް ޔާމީންގެ ވަކީލުންނާއި އިލެކްޝަންސް ކޮމިޝަނުގެ ވަކީލުން ވެސް ތިބީ ސުޕްރީމް ކޯޓު ބޭރުގަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދާ ޔާމީންގެ ކެންޑިޑެސީގެ މައްސަލައަކީ ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުން ހުށަހެޅި މައްސަލައެކެވެ. ޔާމީންގެ ފަރާތުން ދެކޭ ގޮތުގައި ޖަލު ހުކުމާ މެދު ނިހާއީ ހުކުމެއް ނެތުމުން އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށެވެ.

ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގައި އެ ފައިސާ ލޯންޑަކުރި ކަމަށް ސާބިތުވުމުންނެވެ.

އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުގައި ކުރިއަށްދަނިކޮށް ފަނޑިޔާރުން ޗުއްޓީއަށް ވަޑައިގަތުމުން މައްސަލަ އޮތީ މަޑުޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox