ކެންޑިޑެސީ މައްސަލަ ފަށަން ގަޑި ޖެހިއްޖެ، ސުޕްރީމް ކޯޓުގައި ކަރަންޓެއް ނެތް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވަކީލުން ސުޕްރީމްކޯޓުގެ ބޭރުގައި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވަކީލުން ސުޕްރީމްކޯޓުގެ ބޭރުގައި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގަތް މައްސަލައިގެ ޝަރީއަތް ފަށަން އޮތް ވަގުތު ޖެހުނު އިރު ސުޕްރީމް ކޯޓުން ކަރަންޓް ކެނޑިއެއްޖެ އެވެ.

ސުޕްރީމް ކޯޓު ކައިރީ މި ވަގުތު ތިބި "އަދަދު" ނޫހުގެ ނޫސްވެރިން ވަނީ މި ކަން ޔަގީންކޮށްދީފަ އެވެ. ސްޓެލްކޯގެ އޮފިޝަލަކު ވެސް ވަނީ އެ ތަނުގައި މި ވަގުތު ކަރަންޓު ނެތް ކަން ޔަގީން ކޮށްދެއްވައިފަ އެވެ.

"ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އެބަ ދަން،" ސްޓެލްކޯގެ އޮފިޝަލް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި ކަރަންޓު ނެތުމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނާއި، އޭޖީ އޮފީހުގެ ވަކީލުން ވެސް ވަނީ ކޯޓު އިމާރާތުން ބޭރަށް ނުކުމެވަޑައިގެންފަ އެވެ.

ރިޔާސީ ކެންޑިޑެސީތަކާ ގުޅޭ ގޮތުން އީސީގެ ނިންމުން ހިތްހަމަނުޖެހޭނަމަ ހުށަހަޅަން އޮންނަ، ރާއްޖޭގެ އެންމެ މަތީ މަރުހަލާގެ ކޯޓުގައި ޔާމީންގެ ކެންޑިޑެސީގެ ޝަރީއަތް ފަށަން ތާވަލުކުރީ މިއަދު މެންދުރުފަހު 2:30 ގަ އެވެ.

ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަގައި އެ ފައިސާ ލޯންޑަކުރި ކަމަށް ސާބިތުވުމުންނެވެ.

ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފަ އެވެ. އިސްތިއުނާފު އަވަސް ކުރަން ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ދެ ފަހަރު ދުސްތޫރީ މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ކޯޓަށް ބަލައިނުގަތެވެ.

އެންމެ ފަހުން ރަނިން މޭޓުގެ ގޮތުގައި ޔާމީންގެ ފުރަތަމަ ނައިބު އަދި މިހާރު އެމަނިކުފާނުގެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ކަނޑައެޅުއްވުމަށް ފަހު ޔާމީނާއި ޖަމީލުގެ ނަން ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް، ކެންޑިޑެސީ ބަލައި ނުގަތެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާއިރު ބާކީ އޮތީ ތިން ދުވަހެވެ. އެހެންކަމުން ޔާމީނަށް ކެންޑިޑެސީ ކަށަވަރު ނުވެއްޖެ ހާލަތެއްގައި ޕީއެންސީން ކެންޑިޑޭޓަކު ނެރޭ ގޮތަށް އެ ޕާޓީގެ ސެނެޓުން ވަނީ އިއްޔެ ފާސްކޮށްފަ އެވެ. އަދި އެ ކެންޑިޑޭޓަކީ ޕީޕީއެމުން ވަކިވެ އިއްޔެ އެ ޕާޓީއާ ގުޅިވަޑައިގެންނެވި، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް ކަނޑައެޅި އެވެ

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox