ކުރީގެ މެމްބަރު ނާޒިމް އާއި ޝިހާބު ޖޭޕީއަށް ސޮއިކޮށްފި

ކުރީގެ މެމްބަރު ނާޒިމް އާއި ޝިހާބު ޖޭޕީއަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް އާއި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝިހާބު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފި އެވެ.

މިއަދު މެންދުރު މި ދެ ބޭފުޅުން ޖޭޕީއަށް ސޮއިކުރެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގަ އެވެ. އެ ދެ ބޭފުޅުން އެ ޕާޓީއަށް ސޮއިކުރެއްވުމުން ގާސިމް ވަނީ ވަރަށް ބޮޑަށް އެ ބޭފުޅުންނަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

"އަޅުގަނޑުގެ މައިގަނޑު މަސައްކަތަކަށް ވާނީ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓަށް ރާއްޖޭގެ ރައީސަކަށް ވުމުގެ ފުރުސަތު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން. އަޅުގަނޑުގެ ތަޖުރިބާގެ އަލީގައި ވަރަށް އިހުލާސްތެރިކަމާ އެކު, އޮމާން ކަމާ އެކު އިންތިހާބު ކާމިޔާބު ކޮށްދޭން ހުރިހާ ކަމެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން," ޝިހާބު ވިދާޅުވި އެވެ.

މީގެކުރިން ވެސް ޖޭޕީގައި ޝިހާބު ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރެއްވި އެވެ. އެހެން ނަމަވެސް, ފަހުން މަސައްކަތް ކުރެއްވީ އެމްޑީޕީގެ އިސް ބޭފުޅެއްގެ ގޮތުގަ އެވެ.

ނާޒިމްއަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ވެސް ފުރުއްވި ބޭފުޅެކެވެ. އަދި, ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ. އެހެން ނަމަވެސް, ފަހުން ޔާމީނާ މައްސަލަ ޖެހި ޖަލުގައި ވެސް ނާޒިމް ދުވަސްތަކެއް ހޭދަކުރެއްވި އެވެ. ޖަލު ހުކުމް މިންޖުވުމަށް ފަހު އޭނާ ސިޔާސީ މަސައްކަތްތަކުން ފެނިފައި ނުވެ އެވެ.

"ގައުމު މިއޮތީ ހަތަރު އަނގޮޅިއަކަށް އައިސްފައި. ގައުމު ރަނގަޅު މަގަކަށް ގެންދަން އަދި އެއްފަހަރު މަސައްކަތް ކުރަން ޖެހޭ. އިގްތިސާދީ ގޮތުން ވަރަށް ނާޒުކު ހިސާބަކަށް މިއޮތީ ގޮސްފައި. ގައުމުގެ މިސްރާބު ބަދަލުކުރުމުގެ ބާރު ޖޭޕީގައި އެބައޮތް," މި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 9, ގައި އޮންނަ އިންތިހާބުގައި ވާދަކުރަން ޖޭޕީން ގާސިމްއާ ޓިކެޓު ހަވާލުކޮށްފައިވާއިރު އެ ޕާޓީން އަންނަނީ މެމްބާޝިޕް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން, ކުރީ ސަރުކާރުތަކުގައި އިސް މަގާމުތައް ފުރުއްވާފައިވާ ބައެއް ބޭފުޅުން ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

އެންމެފަހުން "އަދަދު" ނޫހުން މައުލޫމާތު ސާފުކުރިއިރު ވެސް ގާސިމްގެ ކުށުގެ ރެކޯޑު ސާފު ކުރުމަށް ހުށަހަޅާފައި ނުވެ އެވެ. އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު ހަތަރު ދުވަހުގެ ތެރޭގައި ހަމަވާއިރު މިހާތަނަށް އިންތިހާބީ އޭޖެންޓެއް ވެސް އޭނާ ކަނޑައަޅާފައި ނުވެ އެވެ. އިންތިހާބީ ތައްޔާރީތަކުގައި އެ ޕާޓީ އުޅެނީ އެހެން ޕާޓީތަކަށް ވުރެ ފަހަތުގަ އެވެ.

ރިޔާސީ ޓިކެޓާއި ހަވާލުވި ފަހުން ގާސިމް ކެމްޕޭން ކުރިއަށްގެންދަވަނީ އޮންލައިންކޮށެވެ. ކެމްޕޭން ރެލީތަކުގައި އޭނާ ފެނިފައި ނުވެ އެވެ. އޭގެ ބަދަލުގައި ދެއްވަނީ ވީޑިއޯ މެސެޖެކެވެ. އެކަމާ ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުން ވެސް ގާސިމަށް އަމާޒުވި އެވެ.

ގާސިމް ވަނީ 2008 އަދި 2013 ގައި އިންތިހާބުގައި ވާދަކުރައްވާފަ އެވެ. އެ ދެ ފަހަރު ވެސް ފުރަތަމަ ބުރުން ނާކާމިޔާބުވެވަޑައިގެން ގާސިމް ގުޅިވަޑައިގަތީ ވެރިކަމަށް އައި ކޯލިޝަންތަކާ އެކު އެވެ. އެކަމަކު, ހިޔާލު ތަފާތުވުންތައް ގިނަވެ އެ ދެ ފަހަރު ވެސް ކޯލިޝަނުން ޖޭޕީ ވަކިވީ އެވެ.

"

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox