އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވެއްޖެ އެވެ.
ފާތިމަތު ހަސަން ނިޔާވެފައި ވަނީ ސިއްހީ ހާލުކޮޅު ދެރަވެގެން ފަރުވާދެމުން ދަނިކޮށް ސްރީލަންކާގަ އެވެ. ނިޔާވި އިރު އުމުރުފުޅަކީ 86 އަހަރެވެ.
ފާތިމަތު ހަސަންގެ ހަ ބޭފުޅަކު ތިއްބަވަ އެވެ.
މަންމާފުޅު ފާތިމަތު ހަސަން ނިޔާވި އިރު ރައީސް ޔާމީން ގެންދަވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ނެވެ.
މަންމާފުޅު ނިޔާވުމާ ގުޅިގެން ޖަނާޒާގައި ބައިވެރިވުމަށް އެމަނިކުފާނަށް މާލެ ނުވަތަ ބޭރަށް ފުރޭނެ ކަމެއް އަދި ކަރެކްޝަނުން ހާމަކޮށްފައެއް ނުވެ އެވެ.














