ފޯމު ހުށަހެޅުމަށް ބާކީ 10 ދުވަސް، އެއްވެސް 'ކެންޑިޑޭޓަކަށް' ރަނިންމޭޓަކު ކަނޑައެއް ނޭޅޭ

ރިޔާސީ ކެމްޕޭނުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށަކަށް ވަޑައިންނަވަނީ : ފޯމު ހުށަހެޅުމަށް 10 ދުވަސް، އެއްވެސް ކެންޑިޑޭޓަކަށް ރަނިންމޭޓުން ނޭނގޭ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ރިޔާސީ ކެމްޕޭނުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށަކަށް ވަޑައިންނަވަނީ : ފޯމު ހުށަހެޅުމަށް 10 ދުވަސް، އެއްވެސް ކެންޑިޑޭޓަކަށް ރަނިންމޭޓުން ނޭނގޭ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެދޭ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތްވަނަ ދުވަހު ހަމަވާނެ އެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކާއި މި އަހަރުގެ އިންތިހާބާ ވަރަށްވެސް ތަފާތެވެ. އެންމެ ފަހުން 2018 ގައި ބޭއްވި އިންތިހާބުގައި މިދުވަސް އައި އިރު، އެފަހަރު ވާދަކުރި ދެ ކެންޑިޑޭޓުންވެސް ތިބީ ފޯމު ހުށަހެޅުމަށްފަހު ކެމްޕޭނުގަ އެވެ.

އެހެން ނަމަވެސް، މި އަހަރުގެ ރިޔާސީ ރޭހުގައި މި ހަފުތާވެސް ނިންމާލަން މި ޖެހުނީ އެއްވެސް ކެންޑިޑޭޓަކު ފޯމު ހުށަނޭޅުނުތާ، ރަނިން މޭޓަކުވެސް ކަނޑަނޭޅި އެވެ. ބައެއް ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުވެސް ޔަގީނެއް ނޫނެވެ.

ރައީސް ސޯލިހުގެ ރަނިން މޭޓު

ރަނިންމޭޓެއް ކަނޑައެޅުމާމެދު، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ، ރަނިން މޭޓަކު ކަނޑައެޅުއްވުމަކީ ނިންމަވަން ޖެހިވަޑައިގެންފައި އޮތް އުނދަގޫ ނިންމެވުމެއް ކަމަށެވެ. ރައީސް އެކަން ސިފަކުރެއްވީ 'މައްސަލަ' އެއްގެ ގޮތުގަ އެވެ.

ރައީސްގެ ރަނިންމޭޓަކަށްވުމަށް މިހާތަނަށް ރަސްމީކޮށް ޝައުގުވެރިކަން ފާޅުކުރެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެކަންޏެވެ. ދެން އެ މަގާމަށް އަންނަން ބޭނުންވާ ބޭފުޅުންގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހިމެނެ އެވެ. އެކަމާ ގުޅިގެން ޝާހިދުގެ ރަސްމީ ބަހެއް ނުލިބެ އެވެ.

ރައީސްގެ ރަނިންމޭޓަކަށް ވުމުގެ ޝައުގު ނެތްކަން މިހާތަނަށް އިއުލާންކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރައީސްގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު އެވެ.

ޔާމީނަށް ކުރިމަތިލެވޭނެކަން ޔަގީނެއް ނޫން، ރަނިންމޭޓުވެސް ނޭނގޭ

ރިޔާސީ ރޭހުގައި އެންމެ ބޮޑު ސުވާލެއް އުފެދިފައިވަނީ އިދިކޮޅު ޕީޕީއެމާ މެދުގަ އެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެރުވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށެވެ.

ނަމަވެސް އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވެ ޔާމީން ގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ.

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، ޔާމީނުގެ އިންތިހާބީ ހައްގު ކަށަވަރު ކުރުމަށް މިހާތަނަށް ސުޕްރީމް ކޯޓަށް ވެއްދި ދެ މައްސަލަވެސް ވަނީ ބޭރުކޮށްލާފަ އެވެ. ޕީޕީއެމުން އަދިވެސް ޔާމީނަށް ކުރިމަތިލެވޭނެ ކަމަށް ބުނި ނަމަވެސް އެކަމާމެދު ކުރާ ޝައްކުތައް ވަނީ އިތުރުވެފަ އެވެ.

ކެންޑިޑެސީ ބާއްވާށެވެ. ޕީޕީއެމުންވެސް އަދި ރަނިންމޭޓެއް ވެސް ކަނޑައެއް ނާޅަ އެވެ. އެ ބާރު ޔާމީނުގެ އަތުގައި އޮތްއިރު، ވަރަށް އިތުބާރު ހުރި މަސްދަރަކުން "އަދަދު" އަށް އެނގިފައިވާ ގޮތުގައި ރަނިން މޭޓަކަށް ކަނޑައަޅަން ލީޑާޝިޕަށް ފެންނަ ތިން ނަމެއް ވަނީ ފޮނުވާފަ އެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއޭމުން ޔާމީނަށް ފޮނުވާ ތިން ނަމަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު، ތ. ގުރައިދޫ ދާއިރާގެ މެމްބަރު އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު ޣައްސާން މައުމޫނު އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ނަމެވެ.

ބެލެވޭ ގޮތުގައި ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި ކެންޑިޑޭޓަކަށް ކަނޑައަޅާނީ އެތަނުން އެމަނިކުފާނު އިހުތިޔާރުކުރައްވާ ރަނިންމޭޓެވެ.

ނާޒިމްގެ ރަނިންމޭޓު

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު، އަދި އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމްވެސް އަދި ރަނިން މޭޓެއް ކަނޑައެއް ނާޅަ އެވެ.

ނާޒިމްގެ އިންތިހާބީ އެޖެންޓު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް "އަދަދު" އަށް ވިދާޅުވީ، އެބޭފުޅުން މިހާރު ވަނީ ރަނިންމޭޓަކަށް ބޭފުޅަކު ކަނޑައެޅުމުގެ ކުރިން ޕާޓީގެ ލީޑަޝިޕުގެ ފަސް މެންބަރެއްގެ ކުށުގެ ރެކޯޑު ސާފުކުރަން ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އުޝާމް ކަށަވަރުކޮށްދެއްވި ހަމައެކަނި ނަމަކީ ކުރީގެ އޭސީޕީ ޑރ. އަބްދުﷲ ފައިރޫޝްގެ ނަމެވެ.

ގާސިމްގެ ރަނިންމޭޓު

ސަރުކާރު ކޯލިޝަނުގައި އޮވެ، ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިންމޭޓުވެސް އަދި އިއުލާނެއް ނުކުރެ އެވެ.

ރަނިން މޭޓުގެ ސުވާލަށް ދިއުމުގެ ކުރިން، ގާސިމް އިންތިހާބުގައި ވާދަކުރައްވާނެކަމާމެދު އަދިވެސް ދަނީ ސުވާލު އުފައްދަމުންނެވެ.

ރަނިންމޭޓުގެ މައްސަލާގައި "އަދަދު" އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފު ވިދާޅުވީ ގާސިމްގެ ރަނިންމޭޓު ކަމަށް ޕާޓީގެ ތެރެއިން ގިނަ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ނިންމެވުން ނިންމަވާނީ ގާސިމް ކަމަށާއި އެކަން އިއުލާންކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޑިމޮކްރެޓުންގެ ޕްރައިމަރީ މާދަމާ

އަލަށް އުފެއްދި ދަ ޑިމޮކްރެޓުންގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. އެ ޕްރައިމަރީގަ ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެކަންޏެވެ. ނަގާނީ ފެންނަ ނުފެންނަ ވޯޓެކެވެ.

އެ ޕާޓީގެ ރަނިންމޭޓަކާމެދު އަދި މާބޮޑު އަޑުތަކެއް ނުފެތުރެ އެވެ. ޕާޓީގެ އެންމެ އިސްކޮށް ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ހުންނެވީ ވެރިކަމަށް ވާދަކުރުމާ ދުރު ވިސްނުމެއްގަ އެވެ.

ބެލެވޭ ގޮތުން އެ ޕާޓީގެ ރަނިން މޭޓަކަށް ވާނީ އެމްޑީޕީން ވަކިވެ އެ ޕާޓީ އުފެއްދުމުގައި ހަރަކާތްތެރިވި 13 މަޖިލިސް މެންބަރުންގެ ތެރެއިން ބޭފުޅެކެވެ.

އަމިއްލަގޮތުން ކުރިމަތިލާ ބޭފުޅުން

ކުރިއަށް ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް މިހާރު އުޅުއްވަނީ ގާނޫނުން ލާޒިމްކުރާ ތާއީދު ސޮއިގެ އަދަދު ހަމަކުރުމުގަ އެވެ. ނަމަވެސް އެ ދެ ބޭފުޅުންވެސް ރަނިންމޭޓަކާމެދު އަދި ވަކި ބަހެއް ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox