މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާއި ކީރިތި ގުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި މިއަހަރު ފާސްވި ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ މެޑެލް ދެއްވައިފި އެވެ.
އިނާމުތައް ދެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މި އަހަރު ލިބިވަޑައިގަތީ 18 ބޭފުޅަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލުކުރީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދި 15 ބޭފުޅެކެވެ. އަދި، ބައިނަލްއަގްވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ، ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކުރީ ދެ ކުއްޖެކެވެ. މީގެއިތުރުން ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރީ އެންމެ ފަރާތަކުންނެވެ.
ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ ލެވެލް އަށެއް ނުވަތަ ލެވެލް ނުވައެއްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވީ:

- އަލްއުސްތާޛާ އާއިޝަތު ޒަހާ، ދަފްތަރު. ނަންބަރު ރސ 6834
- އަހްމަދު ޝުޖާއު، ނިޔަމި، ގދ. ފިޔޯރި
- އައްޝައިޚް ހުސައިން ނަޝާތު އިބްރާހީމް، ދަޑިމަގު. ޑޭޒީ، ޏ. ފުވައްމުލައް
- އަހްމަދު އިބްރާހީމް، މަލަ، ޅ. ނައިފަރު
- އާއިޝަތު ރިފްގާ، ކަނީރުގެ، ރ. ރަސްމާދޫ
- އަލްއުސްތާޛް ޒައިފް ހަސަން ފަޟާލް، ހ. ވައިޓްޑައިމަންޑް
- އާމިނަތު ޖުމާނާ، ނަލަހިޔާގެ، ހދ. ނެއްލައިދޫ
- އިރުނާއު ޝަރީފް، ދޭލިޔާގެ، ބ. ތުޅާދޫ
- ލޫތު އިސްމާއީލް ޝަފީގް، ގ. ތުނަ
- އަލީ އަހްމަދު، ޖަވާހިރުމާގެ، ފ. ނިލަންދޫ
- މުހައްމަދު އަރުޝަމް ހުސައިން، ކަޅިރަވަ، ގއ. ގެމަނަފުށި
- އަހްމަދު ހާޝިމް، ތުނޑި. ވައިޓްކްރޯން، ލ. ގަން
- އަޒުހާ މުހައްމަދު ޔޫސުފް، މ. ކަގި
- އާމިނަތު އިހްސާނާ، އިހްސާން، ރ. ހުޅުދުއްފާރު
- ރަނާ މުހައްމަދު ނައީމް، ހ. އާޝިރުވާދު
ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގްވާމީ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯއްދެވީ:
- އާއިޝަތު ލައިކާ ހުސައިން، މ. ހަޒާރީވިލާ
- އާއިޝަތު މާނިޔާ އާދަމް، ގ. ކޯބިން
ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވަނީ:
- ރޮބޯމޭން
ކީރިތި ހުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑެލް ހާސިލުކުރެއްވި 10 ހާފިޒުންނަކީ:
- އަލްޙާފިޒާ އާމިނަތު އައިފާ، އަލިވިލާގެ ފ. ބިލެތްދޫ
- އަލްޙާފިޒް ޝައަފް ހާމިދު އިބްރާހީމް، މަލާޒް، ޅ. ނައިފަރު
- އަލްޙާފިޒް އަބާން އިބްރާހީމް، ހ. ލަކީލޮޖްހުޅަނގުބައި
- އަލްޙާފިޒާ މަރްޔަމް މުހައްމަދުދީދީ، މުއްތުސަންބާގެ، ސ. ހިތަދޫ
- އަލްޙާފިޒް އަހްމަދު ރާއިއް ބަޝީރު، ފުނާޑު. ރަޔަން، ޏ. ފުވައްމުލައް
- އަލްޙާފިޒް ސަސަން ނަސީރު، ޒިއުރިކް، ސ. ހިތަދޫ
- އަލްޙާފިޒާ ރައުހާ އިސްމާއީލް، ދިލްޝާދުގެ، ދ. މީދޫ
- އަލްޙާފިޒާ އާއިޝަތު އާން ރަޝީދު، މ. ޝޭޑީރީޖަން
- އަލްޙާފިޒް އިސްމާއީލް އިޒުއާން އިބްރާހީމް، ހުޅުމާލެ ފްލެޓް 02-ޖީ-141
- އަލްހާފިޒް މިބުސާމް ސަލްމާން، ހެވަންލީޑް ގދ. ތިނަދޫ
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ހާއްސަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.













