ހަ އަހަރު ފަހުން ބަޓިސް ގައުމީ ވޮލީ ޓީމަށް

އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ބަޓިސް: އޭނާ ވަނީ އަލުން ގައުމީ ޓީމާ ގުޅިފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ބަޓިސް: އޭނާ ވަނީ އަލުން ގައުމީ ޓީމާ ގުޅިފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ވޮލީބޯޅަ ސެޓަރު، އިޝާން މުހައްމަދު (ބަޓިސް)، ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު، ގައުމީ ވޮލީބޯޅަ ޓީމާ އަލުން ގުޅިއްޖެ އެވެ.

ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ފިރިހެން ވޮލީބޯޅަ ޓީމު، މުހައްމަދު ސާޖިދު (ބޮޑުކާއްޓެ)ގެ ކޯޗުކަމުގައި ފަރިތަކުރުންތައް ފަށާފައިވާއިރު، ޓީމުގައި އޮތީ ތަޖުރިބާކާރު ސްކޮޑެކެވެ. ވީއޭއެމްގެ ނައިބު ރައީސް އަޝްރަފް އަލީ (އަޝްރާ) ވިދާޅުވީ، އައިއޯއައިޖީގައި ކާމިޔާބު ހޯދުމުގެ ބޮޑު އަމާޒެއް އޮތުމާ އެކު، ޓީމު ނެގީ އިންޓަ ރިސޯޓް މުބާރާތަށް ބެލުމަށް ފަހު، މި ވަގުތަށް ނެެގެން އޮތް އެންމެ ވަރުގަދަ ސްކޮޑު ކަމަށެވެ.

އެ ގޮތުން، ވޮލީ ޓީމުގައި މި ފަހަރު ހިމެނުނު އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ، ގައުމީ ވޮލީ ޓީމުގެ ކުރީގެ ކެޕްޓަން، ބަޓިސް އެވެ.

ބަޓިސް، 34، 2018 ވަނަ އަހަރު ގައުމީ ޓީމުގެ އިތުރުން މަތީ ލެވަލްގައި ވޮލީބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރި އެވެ. އެކަމަކު، އޭގެ ދެ އަހަރެއް ފަހުން، ރިސޯޓް ވޮލީބޯޅަ މުބާރާތްތަކާއި ގައުމީ ލެވަލްގެ މުބާރާތްތަކުގައި ކުޅެން ފެށި އެވެ. އަދި މިދިޔަ ދެ އަހަރު އެއް ފެންވަރެއްގައި މޮޅު ކުޅުން ދެއްކުމަށް ފަހު، މިހާރު މި ވަނީ ކުރިއަށް އޮތް އައިއޯއައިޖީއާ ދިމާކޮށް، ގައުމީ ސްކޮޑާ ގުޅިފަ އެވެ.

ގައުމީ ޓީމަށް 2004 އިން ފެށިގެން 2017އާ ހަމައަށް މެދުކެނޑުމެއް ނެތި ކުޅުނުއިރު ބަޓިސް އަކީ 2011 ވަނަ އަހަރުން ފެށިގެން ކުުޅުން ހުއްޓާލުމާ ހަމައަށް ގައުމީ ޓީމުގެ ކެޕްޓަން ވެސް މެ އެވެ.

ބަޓިސް، ގައުމީ ޓީމާ އެކު އެންމެ ފަހުން ކުޅުނު މުބާރާތަކީ 2017 ވަނަ އަހަރު މާލޭގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގަ އެވެ. ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން އެއް ކުޅުންތެރިޔާ، ބަޓިސް ވަނީ ގައުމީ ވޮލީ ޓީމާ އެކު ރިހި މެޑަލާއި ލޯ މެޑަލް ހޯދައިފަ އެވެ.

ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ބަޓިސްގެ އިތުރުން އައިއޯއައިޖީގެ ސްކޮޑުގައި ދެން ހިމެނުނު ކުޅުންތެރިންނަށް ބަލާއިރު، މެދުކެނޑުމަކަށް ފަހު ޓީމާ ގުޅުނު އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ އިތުރުން އަލީ އާމިރު (ދިގު އައްޔަ) ހިމެނެ އެވެ. މި ގޮތުން، ދިގު އައްޔަ ޓީމަށް މި ނެގީ ފަސް ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.

އަރުތަ ޕްރޮގްރާމްގެ ދަށުން ކުޑަކާއްޓެ އާއި އެޑަމް، ބީޗްވޮލީބޯޅަ އަށް ހާއްސަ ކުރި ނަމަވެސް، އައިއޯއައިޖީގައި ބީޗްވޮލީބޯޅަ ނެތުމާ އެކު، އެ ދެ ކުޅުންތެރިން ވެސް އިންޑޯ ޓީމުން ފެނިގެންދާނެ އެވެ.

މި ފަހަރު އިންޑޯ ޓީމުގައި ނުހިމެނޭނެ ކުޅުންތެރިންނަށް ބަލާއިރު، ޓީމުގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) އާއި ހުސެއިން ޝާހިދު (ޝާޑު) ހިމެނެ އެވެ. ހުޒަންޓެ ޓީމުގައި ނެތީ އަމިއްލަ ދިރިއުޅުމުގެ ކަމެއްގެ ސަބަބުން ކަމަށް އެސޯސިއޭޝަނަށް ވެސް ވަނީ އަންގައިފަ އެވެ.

އައިއޯއައިޖީ އަށް ތައްޔާރުވާން ގައުމީ ވޮލީ ޓީމުން ފަރިތަކުރުންތައް ބާއްވަން ސޯޝަލް އިންޑޯ ބޭނުންވަގުތުތަކުގައި ލިބޭ ގޮތްނުވާތީ، ޓީމުން ފަރިތަކުރުންތައް އިއްޔެ ބާއްވާފައިވަނީ ހުޅުމާލޭ ޕާކް ވޮލީ ކޯޓުގަ އެވެ. ގައުމީ އަންހެން ވޮލީ ޓީމަށް ވެސް އިންޑޯ ވޮލީ ކޯޓުގައި ފަރިތަކުރުންތައް ބާއްވަން ނުލިބޭތީވެ، އެންމެ ފަހުން ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ އިތުރުން އައިއޯއައިޖީ އަށް ވެސް ތައްޔާރުވަމުން އަންނަނީ، މާފަންނު އެކުވެނީގައި އަޅާފައިވާ ޓާފް ވޮލީކޯޓުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox