މިދިޔަ ފަސް އަހަރު މިނިވަންކަން އޮތީ ފުރިހަމަ މާނައިގައި ލިބިފައި ކަމަށް ރައީސް ވިދާޅުވެއްޖެ

މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ވޭތުވެދިޔަ ފަސް އަހަރު ދިވެހިރާއްޖެއަށް އޮތީ ފުރިހަމަ މާނައިގައި މިނިވަންކަން ލިބިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ދިމާލަކަށް ބަލާލި ނަމަވެސް އެންމެ ފުރިހަމަ މާނައިގައި ރާއްޖެއަށް އޮތީ މިނިވަންކަން ލިބިފައި ކަމަށެވެ. އެގޮތުން މިއީ ހާރިޖީ މިނިވަންކަން ވެސް "އެންމެ ވަރުގަދަ ފަސް އަހަރު" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީހަށް ބަލާއިރު، މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުވެފައި އޮތް ފަސް އަހަރު. ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު. ހާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު. ދާޚިލީ މިނިވަންކަން އެންމެ ފުޅާ ގޮތެއްގައި ލިބިދެވުނު ފަސް އަހަރު. ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި ކަށަވަރު ކޮށްދެވުނު ފަސް އަހަރު،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މެދުގައި އޮންނަ ސުލްހަ ގާއިމް ކުރުމާއި ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސް މިއަދު އަލިއަޅުވާލެއްވި އެވެ. އެގޮތުން ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ވެސް ދިވެހިންގެ އެއްބައިވަންތަކަމަށް ސަމާލުކަން ދެއްވި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ދެ ހާޖީންނާއި ދަންޑެހެލާ ގޮވައިގެން އުތީމުގެ ޒުވާން ތިން ބަތަލުން، މަލިކައްޑޫގައި ކުރެއްވި ގައުމީ ޖިހާދުގެ ކޮންމެ ދުވަހެއް އަދި ކޮންމެ ހިނދުކޮޅެއް، އެ ރަދުން ހޭދަކުރެއްވީ ދިވެހިން އެއްބައިވަންތަކޮށް އެކުވެރި ކުރެއްވުމަށް. ދޮންބަންޑާރައިންގެ ގައުމީ ޖިހާދުން ވެސް އަޅުގަނޑުމެންނަށް ފެންނަނީ، ސުލްހަޔާއި ހަމަޖެހުމާއި އަމާންކަން ދެމެހެއްޓެވުމަށް ކުރެއްވި މަސައްކަތް،" އެމަނިކުފާނު ވިދާޅުވި އެވެ.

މިނިވަންކަން ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ އެހެން ގައުމުތަކާއެކު ދިވެހިރާއްޖެއިން ބާއްވާ "ރަހުމަތްތެރި، ބަދަހި ގުޅުން" ކަމަށް ވެސް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހުގެ ދެކަނބަލުންނާއި ދައުލަތުގެ ވެރިން. -- ފޮޓޯ: ރައީސް ސޯލިހު
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހުގެ ދެކަނބަލުންނާއި ދައުލަތުގެ ވެރިން. -- ފޮޓޯ: ރައީސް ސޯލިހު

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހުގެ ދެކަނބަލުންނާއި ދައުލަތުގެ ވެރިން. -- ފޮޓޯ: ރައީސް އޮފީސް

"މިއަދު އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރިކަންމަތީ ދެމެހެއްޓުމުގެ އެންމެ ވަރުގަދަ ބާރަކީ، ރާއްޖެ އާއި ބައިނަލްއަގުވާމީ މުޖްތަމައާ ދެމެދުގައި އޮތް ރަޙްމަތްތެރި ބަދަހި ގުޅުން. އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ދިރުން ލިބިއްޖެ. ދިވެހި ރައްޔިތުންގެ ފަރުދީ ފުދުންތެރިކަން އިތުރުވެ އާއިލީ ތަނަވަސްކަން އިތުރުވެއްޖެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ، ދިވެހިން ތަރައްގީ ބޭނުންވެފައި ތިބި ނަމަވެސް އެކަމުގެ ހުރަހަކަށްވެފައި އޮތީ މީގެ ކުރިން އުޅެންޖެހިފައިވާ ދަތި ހާލަތު ކަމަށެވެ.

"ދިވެހިން އެދިއެދި ތިބި މަންޒިލަކީ، 21 ވަނަ ގަރުނުގެ ތަރައްގީ. އެ މަންޒިލާ ދިވެހި ރައްޔިތުންނާ ދެމެދަށް ހުރަސްވެފައި އޮތީ، ދިވެހި ރައްޔިތުން އުޅެންޖެހިފައިވާ ހާލަތު. މާތް ﷲގެ ވާގިފުޅާއެކު މިދިޔަ ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ އަމާޒަކަށް ހެދީ، އެ ހާލަތު ބަދަލުކޮށް ތަރައްގީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުން،" ރައީސް ވިދާޅުވި އެވެ.

މިއަދު ދިވެހިރާއްޖެއިން ފާހަގަ ކުރަނީ 58 ވަނަ މިނިވަން ދުވަހެވެ. ރާއްޖެއަށް މިނިވަންކަމުގެ އެއްބަސްވުމުގައި ޖުލައި 26، 1965 ގައި އެއިރުގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ސޮއި ކުރީ 77 އަހަރު އިނގިރޭސިވިލާތުގެ ހިމާޔަތް ދަށުގައި އޮވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox