ޕީޕީއެމުން ބުނަނީ ޔާމީނުގެ ކެންޑިޑެސީއާމެދު އަދިވެސް އުންމީދު ނުގެއްލޭ ކަމަށް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން : ޕީޕީއެމުން ބުނަނީ އަދިވެސް ޔާމީނުގެ ކެންޑިޑެސީއާމެދު އުންމީދު ނުގެއްލޭ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން : ޕީޕީއެމުން ބުނަނީ އަދިވެސް ޔާމީނުގެ ކެންޑިޑެސީއާމެދު އުންމީދު ނުގެއްލޭ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި އާ މައްސަލަ ބޭރުކޮށްލި ނަމަވެސް އަދިވެސް ޔާމީނުގެ ކެންޑިޑެސީއާމެދު އުންމީދު ނުގެއްލޭ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

މިކަމާ ގުޅިގެން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވަނީ އެ ޕާޓީގެ ލީޑަޝިޕުން ޔާމީނުގެ ކެންޑިޑެސީއާ ގުޅޭގޮތުން ދެއްވާ ޖަވާބު ތަކުރާރުކުރައްވާފަ އެވެ. އެގޮތުން ޝިޔާމް ވިދާޅުވީ އެ ޕާޓީގެ ކެންޑިޑޭޓަކީ ޔާމީނު ކަމަށާއި އިންތިހާބުގައި ވާދަކުރުމަށް ފޯމު ލުމުގެ މުއްދަތު އަދިވެސް ހުޅުވިފައިވާ ކަމަށެވެ.

"ފޯމު ލުމުގެ ވަގުތު ކައިރިވަނީ އެކަމަކު އަދިވެސް ވަގުތު އެބައޮތް، ރައީސް ކަމަށް ކުރިމަތިލުމުގެ މުއްދަތު ބަންދުވީކީވެސް ނޫން ދެއްތޯ، ހަގީގަތުގައި ރައީސް ޔާމީނުގެ ކެންޑިޑެސީއެއްވެސް ނޫން ދެއްތޯ ސުޕްރީމް ކޯޓުން އެ ރިޖެކްޓުކުރަނީ، ވެދާނެ ނޫންތޯ އަޅުގަނޑުމެން ރަނގަޅު މަސައްކަތްތަކެއް ކަމަށް މި ކުރަނީ" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމު ތަކުރާރުކުރެއްވީ ޔާމީނުގެ އިންތިހާބީ ހައްގު ނުގެއްލޭ ކަމެވެ.

"އަޅުގަނޑުމެން ކަނޑައަޅާފައިވާ ކެންޑިޑޭޓުގެ ހައްލު ނުގެއްލޭ އިރެއްގައި އަދި ގެއްލޭނެކަމަށް އަޅުގަނޑުމެން ގަބޫލުނުކުރާއިރު ކީއްކުރަންތޯ އެހެން [ކެންޑިޑޭޓެއްގެ] ވާހަކަ ކީއްވެގެންތޯ ދައްކަންވީ" ޝިޔާމު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން ޔާމީނަށް ރިޔާސީ ޓިކެޓު ދިން ނަމަވެސް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު މީގެކުރިން ވިދާޅުވެފައިވެ އެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަރ ކުރެއްވިކަން ސާބިތުވާ ކަމަށް އެ ކޯޓުން ކަނޑައެޅުމަށް ފަހުގަ އެވެ.

އެ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި މިދިޔަ މަހުގެ ތެރޭގައި ފެށި ނަމަވެސް، އީދު ބަންދަށް ފަހު ބާއްވާފައި ވަނީ އެންމެ އަޑުއެހުމެކެވެ. ބެންޗުގައި ހިމެނޭ ފަނޑިޔާރު ހުޒައިފާ މުހައްމަދު އާއިލީ ޒިންމާއެއްގައި ޗުއްޓީގައި ހުންނެވިއިރު، މިހާރު ފަނޑިޔާރު މުހައްމަދު ސަލީމް ހުންނެވީ ޗުއްޓީގަ އެވެ.

ޝިޔާމް ވިދާޅުވިހެން ޕީޕީއެމް އިން އަދިވެސް ބުނަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ޔާމީން ކަމަށެވެ. ޔާމީނަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތުގައި މަޝްވަރާ އެތެރޭގައި ކުރެވެމުން ދާއިރު، އެ ކަމުގައި ހިޔާލު ތަފާތުވުންތަކެއް ވެސް އެބަ އުޅެ އެވެ. އެ ވާހަކަ ފާޅުގައި ދައްކަން ލީޑާޝިޕުން އަންނަނީ ދެކޮޅު ހަދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox