ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުން ޕީޕީއެމްގެ 'ފަހަތަކަށް' ނާރާނެ: އިލްޔާސް

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުކަމަށް ކުރިމަތިލައްވާފައިވާ އިލްޔާސް ލަބީބު : ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުން ޕީޕީއެމްގެ 'ފަހަތަކަށް' ނާރާނެ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުކަމަށް ކުރިމަތިލައްވާފައިވާ އިލްޔާސް ލަބީބު : ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުން ޕީޕީއެމްގެ 'ފަހަތަކަށް' ނާރާނެ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ގެ ފަހަތަށް ނާރާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލައްވާފައިވާ، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

"އަދަދު"ގެ 'އެތެރެފުށް' ޕްރޮގްރާމްގައި އިލްޔާސް ވިދާޅުވީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުން ޕީޕީއެމްގެ ފަހަތަކަށް ނާރާނެ ކަމަށެވެ. އަދި މަޝްވަރާ ކުރަނީ އެންމެން އެކުގައި މަސައްކަތް ކުރެވޭނެ ކެންޑިޑޭޓަކު ހޯދުމަށް ކަމަށް ވެސް، ޕީޕީއެމްގެ ވެރިކަމުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް މެންބަރު އިލްޔާސް ވިދާޅުވި އެވެ.

"[ރިޔާސީ އިންތިހާބުގައި] ޕީޕީއެމްގެ ފަހަތަކަށް އަޅުގަނޑުމެން ނާރާނަން، އަޅުގަނޑުމެން ޕާޓީން ނިންމާނީ، އަޅުގަނޑުމެންނާ ޖޭޕީ އަދި އެމްއެންޕީ ކޮމަން ކެންޑިޑޭޓަކު ނެރެގެން އޭނައާ އެކީ އެ ކެންޑިޑޭޓަކާ އެކީ [ހުރިހާ ޕާޓީތަކަށްވެސް މަސައްކަތް ކުރަން]" އޭނާ ވިދާޅުވި އެވެ.

ޕާޓީތަކަށް އެއްބަސްވެވޭ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓަކަށް ވެއްޖެނަމަ ކަންތައް ކުރައްވާނީ ކިހިނެއްތޯ އެހުމުން އިލްޔާސް ވިދާޅުވީ، މަޝްވަރާ ކުރަމުންދަނީ އެއްވެސް ޕާޓީއެއްގެ "ހާޑްކޯ" މީހަކު ނުނެރެ، އެންމެން އެއްބަސްވެވޭ އަދި ރައްޔިތުން ބަލައިގަންނަ ކެންޑިޑޭޓަކު ހޯދިއްޖެ ހާލަތުގައި ފަހަތަށް ޖެހެން ކަމަށެވެ.

ނަމަވެސް ޕީޕީއެމް ކެންޑިޑޭޓެއްގެ ރަނިން މޭޓަކަށް ޑިމޮކްރެޓްސްގެ މެންބަރަކު ނެރުމުގެ ވިސްނުން ނެތް ކަމަށާއި އެކަމާމެދު މަޝްވަރާ ވެސް ނުކުރާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި 'ކޮމަން' ކެންޑިޑޭޓަކު ނެރުމުގެ ހިޔާލު ފުރަތަމަ ހުށަހެޅުއްވީވެސް ދަ ޑިމޮކްރެޓްސްގެ ނަޝީދެވެ. އެއަށްފަހު މި މަހު 19 ގައި އެމަނިކުފާނާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ބައްދަލުކުރައްވާ، ޕީޕީއެމް ރުހޭނަމަ، އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކުން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވި އެވެ.

"އަޅުގަނޑުމެން އަދި ޕީޕީއެމާއި އެމްއާރުއެމް ވެސް ވާހަކަ ދައްކާނަން، މި ކަމަށް އެއްބަސްވެވޭތޯ، އަޅުގަނޑުމެން ތިން ޕާޓީން ބޭނުންވަނީ އެއް ކެންޑިޑޭޓަކު ނެރެން މި ރިޔާސީ އިންތިހާބަށް،" ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް ވިދާޅުވި އެވެ.

ޕީޕީއެމް ނުރުހޭ ހާލަތެއްގައި، އެއް ކެންޑިޑޭޓަކަށް އެއްބަސްވެވޭ ތިން ޕާޓީ ގުޅިގެން އެއް ކެންޑިޑޭޓަކު ނެރޭނެތޯ "އަދަދު" އިން ސުވާލު ކުރުމުން ގާސިމް އޭރު ވިދާޅުވީ އެ ބައްދަލުވުމުގައި އެއްބަސްވެވުނު ކަމަކީ ހުރިހާ ޕާޓީއަކަށް ވެސް އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ހޯދުން ކަމަށެވެ.

ނަމަވެސް ޕީޕީއެމުން އެ ޕާޓީތަކަށް ރައްދުދީ ބުނީ، އެ ޕާޓީގެ ކެންޑިޑޭޓަކީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. މީޑިއާތަކަށް މައުލޫމާތު ދިނުމަށް އޮންނަ އެ ޕާޓީގެ ވަޓްސްއެޕް ގްރޫޕަށް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ފޮނުއްވި މެސެޖުގައި ވިދާޅުވީ އެ ޕާޓީން އެދެނީ އެއްބަސްވެވޭ އެއް ކެންޑިޑޭޓަކީ ޔާމީން ކަމަށް ކަނޑައެޅުމަށެވެ.

އެއް ކެންޑިޑޭޓެއްގެ ވާހަކަ ދައްކާއިރު، ޑިމޮކްރަޓްސް، ޖޭޕީ އަދި އެމްއެންޕީއިން ވެސް ދަނީ ޕާޓީގެ ކެންޑިޑޭޓު ނެރުމަށް ތައްޔާރު ވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox