'ބަހަބަރު' ގެ ކޮމީޑިއަން އަހުމަދު ޝާހިދު ހަލީމް އަވަހާރަވެއްޖެ

އަހުމަދު ޝާހިދު ހަލީމް.

އަހުމަދު ޝާހިދު ހަލީމް.

ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން އަހުމަދު ޝާހިދު ހަލީމް މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.

މުސްކުޅި ބަލީގައި ޝާހިދުގެ ހާލަތު ގޯސްވުމުން، އައިޖީއެމްއެޗް ގައި އޭނާ އަށް ފަރުވާ ދެމުން އަންނަތާ ދުވަސްކޮޅެއް ވަނީ ވެފަ އެވެ.

ދިވެހިންގެ ތެރޭގައި ޝާހިދު އެންމެ ފުރަތަމަ މަޝްހޫރުވީ ކުޅަދާނަ މުމައްސިލެއްގެ ގޮތުގަ އެވެ. އެގޮތުން ރާއްޖޭގެ ސްޓޭޖް ތަމްސީލުގެ ރަން ދުވަސްވަރު ކަމަށްވާ 1970ގެ ތެރޭގައި އޭނާ ވަނީ އެތައް ތަމްސީލެއް ކުޅުއްވައިފަ އެވެ. އެންމެ ފާހަގަކުރެވެނީ އިބްރާހިމް ނާސިރުގެ ރައީސްކަމުގައި މިނިވަން ދުވަސް ފާހަގަކުރުމަށް ލޮނުޒިޔާރަތްކޮޅުގައި ސްޓޭޖް ހަދައިގެން ކޮޕީ މުހައްމަދު ރަޝީދާއި، ޗިޅިޔާ މޫސާމަނިކުއާ އެކު ކުޅުއްވި 'ތިން އުނދަގޫ' ތަމްސީލެވެ. މީގެ އިތުރުން 'ކުއްލި ދިއްލުމެއްގައި ސާހިބުގެ ބުމަރު' މިއީ ވެސް ފާހަގަކުރެވޭ ތަމްސީލެކެވެ.

ޝާހިދު (މެދުބަރީގެ ވާތް ފަރާތުގައ)
ޝާހިދު (މެދުބަރީގެ ވާތް ފަރާތުގައ)

ޝާހިދު (މެދުބަރީގެ ވާތް ފަރާތުގައި)

ސަރުކާރުން ވަނީ ޝާހިދަށް ތަމްސީލުކުޅުމުގެ ރޮނގުން 1986 ވަނަ އަހަރު އާއްމުހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ދީފަ އެވެ.

"ތަމްސީލުގެ ދުނިޔޭގައި އެއީ ކުޑަކުޑަ ތުއްތު ތުއްތު ކުއްޖެކެވެ. މިދެންނެވި ފަންނުގައި އޭނާ ތުއްތު ވާހަކައެއް ނޫނެވެ. ނަމަވެސް އަދާކުރައްވާ ބައިގެގޮތުން ކިތަންމެ ކުޑަކުޑަ ކުއްޖެއްގެ ބައިވެސް އަހުމަދު ޝާހިދު ވަރަށް މޮޅަށް ކުޅުއްވަ އެވެ،" އިނާމު ފޮތުގައި ޝާހިދުގެ ތައާރަފުގައި ރައީސް އޮފީހުން ލިޔެފައިވެ އެވެ.

މިއަދުގެ ޖީލަށް ޝާހިދު އެނގެނީ ޓީވީ މޯލްޑިވްސް އިން 1980ގެ ފަހުކޮޅު އުފެއްދި 'ބަހަބަރު' ޝޯ ގައި ކުޅުއްވި ހެއްވާ މަޖާ ރޯލުންނެވެ. ފީބޯ އަހުމަދު މަނިކާއި، ކޮއްޔަ ހަސަން މަނިކާ އެކު، ޝާހިދު އެ ޝޯ ގައި އަދާކުރެއްވި ރޯލު އަދިވެސް ގިނަ ބައެއްގެ ހަނދާނުގައި ހަރުލާފައިވެ އެވެ.

ޝާހިދަކީ ޅެންވެރިއެއް ވެސް މެ އެވެ. ހާއްސަކޮށް ސަމާސާއަދަބުގެ ޅެން ހެއްދެވުމުގައި އޭނާ ފާހަގަކުރެވެ އެވެ. ގަލަމީ ނަމެއް ބޭނުންކުރައްވައިގެން ވަރަށް ގިނަ ޅެން ހެއްދެވި ޝާހިދުގެ ޅެންތައް 'އާބާރު' އާއި 'ފަތްތޫރަ' މަޖައްލާގައި ޝާއިއުކޮށްފައިވެ އެވެ.

ބައްޕަ މޫސާ ހަލީމް ހިންގެވި މަދަރުސަތުލް އަހްރާރުގައި މުދައްރިސްކަން ކުރެއްވި ޝާހިދު ގިނަ ދުވަހު ވަޒީފާ އަދާކުރެއްވީ އެޓޯލްސް މިނިސްޓްރީގަ އެވެ. އެންމެ ފަހުން މަސައްކަތްކުރެއްވީ މާފަންނު އަވަށު އޮފީހުގަ އެވެ.

ޝާހިދުގެ ކުދިންގެ ތެރެއިން މޫސާ ރިލްވާން އަކީ ޓީވީ މޯލްޑިވްސްގެ ކުޅަދާނަ ހުށަހެޅުންތެރިއެކެވެ. ޝާހިދުގެ ކޮއްކޮ މުހައްމަދު ޝާހިދު ހަލީމަކީ ރާއްޖޭގެ ފާހަގަކޮށްލެވޭ ޅެންވެރިއެކެވެ. އަދި އެއީ ކުރީގެ ކުޅިވަރު ތަރިއެއް ވެސް މެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox