އިއްުޔެ އެންމެ ބޯކޮށް ވާރޭވެހުނު ކަމަށް މެޓް އޮފީހަށް ރިކޯޑް ކުރެވުނީ ހުޅުލެއަށް ކަމަަށް މޯލްޑިވްސް މީޓިއޮރޮލޮޖީ ސާވިސް (މެޓްއޮފީހުން) ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އިއްޔެ ހެނދުނު މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށެވެ. އެގޮތުން, އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރިކޯޑް ކުރެވުނީ ހުޅުލެއަށް ކަމަށް އެ އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 8:00 އިން 11:00 އާ ހަމައަށް ހުޅުލެއަށް 71 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށެވެ.
އެންމެ ބޯކޮށް ވާރޭވުހުނީ ހުޅުލެއަށް ކަމަށް މެޓް އޮފީހުން ބުނާއިރު, އެ އޮފީހުން އިއްޔެ މެންދުރުފަހު 2:00 އާ ހަމައަށް ކ އަތޮޅުން ފެށިގެން މ އަތޮޅާ ހަމައަށް ޔެލޯ އެލާޓް ވެސް ނެރުނެވެ.
ހެނދުނު ކުރި ވިއްސާރާގައި, މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވި އެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުން މާލޭގެ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ކުރި އެވެ.













