ސްޓެލްކޯގެ ޓްރާންސްފޯމަރު ބަހައްޓަން ވިލިމާލޭން ބިން ނުދޭން ސިޓީ ކައުންސިލުން ނިންމައިފި

 މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 111 ވަނަ ރަސްމީ އާއްމު ޖަލްސާ-- ފޮޓޯ: ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 111 ވަނަ ރަސްމީ އާއްމު ޖަލްސާ-- ފޮޓޯ: ސިޓީ ކައުންސިލް

ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި ވިލިމާލެ އިންޖީނުގެއާ ޖެހިގެން އޮތް ބިން ސްޓެލްކޯއަށް ނުދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިގޮތަށް ނިންމީ މިއަދު އޮތް މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 111 ވަނަ ރަސްމީ އާއްމު ޖަލްސާގަ އެވެ.

ސްޓެލްކޯއިން ވަނީ ވިލިމާލޭގެ ކަރަންޓު ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ޓްރާންސްފޯމަރެއް ބެހެއްޓުމުގެ ގޮތުން އެ ރަށު އިންޖީނުގެއާ އިން ވެގެން އޮންނަ ބިމުން 30 ފޫޓު 30 ފޫޓުގެ ބިމެއް ބޭނުންވާކަމަށް ބުނެ ކައުންސިލަށް ސިޓީއެއް ފޮނުވާފަ އެވެ. އަދި އެ ކުންފުނިން ވަނީ އެ ބިން ދޫކުރުމަށް ކައުންސިލަށް އެދިފަ އެވެ.

މި މައްސަލައިގެ މަޝްވަރާގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވީ، އިންޖީނުގެ ހިންގުމަށްޓަކައި ބޮޑު ސަރަހައްދެއް މިހާރު ވެސް ސްޓެލްކޯއަށް ދޫކުރެވިފައިވާ ކަމަށެވެ. އަދި, ޓްރާންސްފޯމަރު ބެހެއްޓުމަށްޓަކައި ޖެހިގެން އޮތް ބިމަށް އެ ކުންފުނިން އެދެނީ ބިން ބޮޑުކުރުމުގެ މަގުސަދުގައި ކަމަށް ނަހުލާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"ފުދޭ ވަރަކަށް ބޮޑު ސަރަހައްދެއް މިހާރު ވެސް އެބޭފުޅުންނަށް[ސްޓެލްކޯއަށް] ލިބިވަޑައިގަނެފަ އޮތީ. އެދިވަޑައިގަންނަވަނީ ވެސް ވަރަށް ބޮޑު ޖާގައަކަށް. އެވެސް ޖެހިގެން އޮތް ބިމުން. އަޅުގަނޑަށް ފެންނަނީ މިހާރު ލިބިފަ އޮތް ބިމުން ޖެހިގެން އޮތް ބިމަށް އިތުރު ބައެއް ބޮޑު ކޮށްލައިގެން ޖާގަ ބޮޑުކޮށްލަން މަސައްކަތް ކުރައްވާތަން،" ނަހުލާ ފާހަގަކުރެއްވި އެވެ.

ސްޓެލްކޯއަށް ލިބިފައިވާ ބިން އެ ސަރަހައްދުން ބޮޑުކޮށްދިނުމަކީ އެއްގޮތަކަށް ވެސް ތާއީދުކުރައްވާ ކަމެއް ނޫންކަމަށް ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ ވަނީ ވިދާޅިވެފަ އެވެ. އަދި, އިންޖީނުގެއާ ޖެހިގެން އޮތް ބިން ނޫން އެހެން ބިމެއްގައި ވެސް ޓްރާންސްފޯމަރު ބެހެއްޓިދާނެ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު ވަނީ ސްޓެލްކޯއިން މާލެ ސަރަހައްދުގެ އެކި ތަންތާގައި ޓްރާންސްފޯމަރު ބަހެއްޓުމަށްޓަކައި ބިމަށް އެދި ފޮނުވާ ސިޓީތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ޓްރާންސްފޯމަރު ބަހެއްޓުމާއި ހިދުމަތް ދިނުމުގައި އަމަލު ކުރާނެ ދިގު މުއްދަތުގެ ޕްލޭނެއް ސްޓެލްކޯ ފަދަ ކުންފުންޏަކުން ހަދާފައި ނެތީ ތޯ ސައިފް ސުވާލުކުރެއްވި އެވެ.

"މާލޭގެ ކަރަންޓުގެ ކަންތައް ކުރަންޖެހޭ ގޮތާ، މާލޭގެ ޕޮޕިއުލޭޝަން އިންކްރީސްވާ ވަރާ ކެޕޭސިޓީ އިތުރުކުރަންޖެހޭ ވަރުގެ ޕްލޭނެއް ނެތްތޯ؟ [ސްޓެލްކޯއަށް] ހަފްތާ ފެށޭއިރުތޯ އިނގެނީ ހަފްތާފަހުކޮޅު ޓްރާންސްފޯމަރު ނުބަހައްޓައިފިއްޔާ ކަރަންޓު ކެނޑޭނެކަން؟"ސައިފް ސުވާލު އުފެއްދެވި އެވެ.

ސްޓެލްކޯއިން މާވެޔޮމަގުގައި ބަހައްޓާފައި ހުރި ވަގުތީ ޓްރާންސްފޯމަރު ބަހައްޓާފައި ހުރީ އެންމެ ރައްކާތެރި ގޮތުގައި ނޫންކަން ވެސް ސައިފް ވަނީ ފާހަގަކުރައްވާފަ އެވެ.

އޭގެ އިތުރުން ސައިފް ވިދާޅުވީ ޓްރާންސްފޯމަރު ބެހެއްޓުމަށްޓަކައި މިހާރު ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދޫކޮށްފައިވާ ބިންތައް އެހެނިހެން ކޮމާޝަލް ބޭނުންތަކަށް ބޭނުންކުރާ ކަމަށެވެ.

ސްޓެލްކޯގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ބޭނުންވާ ހުއްދަތައް ދިނުމުގައި ސިޓީ ކައުންސިލުން ފަސްޖެހޭތީ އެ ކުންފުނިން އަބަދުވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް, ސިޓީ ކައުންސިލުން ފާހަގަކުރާ ގޮތުގައި އެފަދަ ލަސްވުންތައް އަންނަނީ ސްޓެލްކޯއިން އަމަލުކުރާ ގޮތުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox