އުލިގަމު ސިޓީ ހޮޓާ ބިން ކައުންސިލާ ހަވާލުކޮށް ޓޫރިޒަމަށް ދޫކޮށްފި

ރައީސް ސޯލިހު; އުލިގަމު ސިޓީ ހޮޓަ ބިމުގެ މައްސަލަ ހައްލުކޮށްދެއްވި ގޮތް ތަފްސީލުކޮށްދެއްވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

ރައީސް ސޯލިހު; އުލިގަމު ސިޓީ ހޮޓަ ބިމުގެ މައްސަލަ ހައްލުކޮށްދެއްވި ގޮތް ތަފްސީލުކޮށްދެއްވި -- ފޮޓޯ: އެމްޑީޕީ ކެމްޕޭން ޓީމް

ހއ. އުލިގަމުގައި ސިޓީ ހޮޓަލެއް ހަދަން އުޅުނު ބިން ކައުންސިލާ ހަވާލުކޮށް, ލޯކަލް ޓޫރިޒަމަށް ބޭނުން ކުރަން ފަށައިފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އުލިގަމަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ, އެމްޑީޕީގެ ކުރީގެ ވެރިކަމުގައި އުލިގަމުގައި ސިޓީ ހޮޓަލެއްގެ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އޭގެ ފަހުން އައި ސަރުކާރުން ކަން ކުރި ގޮތުން އެ މަސައްކަތް ހުއްޓި, އެ ބިން ހޯދުމުގައި ސަރުކާރަށް ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

"އެ މަސައްކަތް ކުރަން [ސިޓީ ހޮޓާ ބިން ކައުންސިލާ ހަވާލުކުރަން] އުނދަގޫތަކެއް ކުރިމަތިވި. ސަބަބަކީ ދެން ވެރިކަމަށް އައި ސަރުކާރުން ކަން ކޮށްފައި އޮތް ގޮތުން. ބޭރު ބަޔަކާ އެކީ ގުޅި އާމަރީއެއް ހަދާ, މިތަނުން ދަތުރު ކުރެވޭ އުޅަނދު ފަހަރަށް އޭގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުގައި ކޮށްފައި އޮތް "އަޑި ނެނގޭ" އެއްބަސްވުމެކޭ ދަންނަވަން ކެރިދާނެ." ރައީސް ވިދާޅުވި އެވެ.

Advertisement

ރައީސް ވިދާޅުވީ, އެ އެއްބަސްވުމުން ނިކުންނަން ވަރަށް ދަތި, އުނދަގުލަކަށް ވި ކަމަށެވެ. އަދި މިއަދު އެކަން ހައްލު ކުރެވިފައިވީ ނަމަވެސް މިއަދުވެސް އެ އެއްބަސްވުމުގެ ބަދަލު ހޯދަން އެ މަސައްކަތް ހަވާލުކުރި ކުންފުނިން ތިބީ ސަރުކާރު ގޮވައިން ކޯޓަށް ދާ ހިސާބުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ބެލިއިރު އެ ބުނާ އެގްރީމަންޓެއް ފެންނާކަށް ނެތް. ސަރުކާރުގެ ތަނެއް ގައެއް ނެތް. ނަމަވެސް އެ ކުންފުނީގައި އެބައޮތް އެ އެގްރީމަންޓް. އެންމެ ފަހުން ޕޮލިހަށް ގޮސް އެ ބެލި އިރުގައި އޭގައި ސޮއިކޮށްފައި އޮތީ އަސްލު މީހާ ކަމަށް އެބަ ޔަގީންކުރެވޭ." އެއްބަސްވުމުގެ ސައްހަކަން ޔަގީންވީ ނަމަވެސް އެއްބަސްވުން ބާތިލުކުރަން ނިންމިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެއްބަސްވުން ބާތިލުކުރީ, ކައުންސިލާއި ރައްޔިތުން އެދޭ ގޮތަށް, ޓޫރިޒަމްގެ މަސައްކަތަށް އެތަން ދޫކުުރުމަށް ކަމަށެވެ. އެގޮތުން މިހާރު އެ ބިން ކައުންސިލާ ހަވާލުކުރުމުން, އޭގެ ތެރެއިން ދެ ތަނެއް ކުއްޔަށްދީގެން ކައުންސިލަށް އަންނަނީ އޭގެއިން އާމްދަނީ ލިބެން ފަށާފަ އެވެ.

ރައީސް ވިދާޅުވީ, އުލިގަމަކީ ކުރިން ވެސް ޓޫރިޒަމަށް ފައްކާ ވެފައި އޮތް ރަށެއް ކަމަށާއި, ރީތި ބަނދަރާއި, ފަސޭހައިން ރާއްޖެ އެތެރެވެވޭނެ މަގު އޮތް ތަނެއް ކަމަށެވެ. އަދި އެ ވިސްނުމުގައި 2008 ވަނަ އަހަރު އޭރުގެ ސަރުކާރުން އުލިގަމުގައި ހޮޓަލެއް އެޅުމުގެ މަސައްކަތް ކުރިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ, ހޮޓާ އެޅުމުގެ ކުރިން ކުރަން ޖެހޭ ކަންކަން އޭރު ހުރީ ނުކޮށް ކަމަށެވެ.

"ފެނާއި ނަރުދަމާ މިއީ ބޭނުންވާ އެއްޗެއް, ކަރަންޓު ބޭނުންވޭ, ބަނދަރު ބޭނުންވޭ. މިއާއެކީ ނޫނިއްޔާ ރަށެއްގައި ޓޫރިޒަމެއް ފައްކާވެގެން ނުދާނެ. މިއަދު މިއޮތީ މި ރަށް ލޯކަލް ޓޫރިޒަމަށް ފައްކާވެ ނިމިފައި." އުލިގަން ލޯކަލް ޓޫރިޒަމަށް ފައްކާވުމާއެކު އިންވެސްޓްމަންޓް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox