ނާޒިމް ވެސް ގާސިމްއާ ބައްދަލުކުރަން އެންމެ ފަހުން ސަން އައިލެންޑަށް

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައި އެމްއެންޕީގެ ލީޑަޝިޕު - ފޮޓޯ: ޓުވިޓާ

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައި އެމްއެންޕީގެ ލީޑަޝިޕު - ފޮޓޯ: ޓުވިޓާ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްއެންޕީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް، ޖުމްހުރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމާ ބައްދަލުކުރައްވައިފި އެވެ.

ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމްގެ އިތުރުން އެމްއެންޕީގެ ވަފުދުގައި ދެން ހިމެނެނީ އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.

ގާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމްގެ އަމިއްލަ ރިސޯޓެއް ކަމަށްވާ ވިލާ ޕާކު - ސަން އައިލެންޑުގައި ކަމަށެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތުން މިހާތަނަށް ދެ ޕާޓީންވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް, ނިހާނުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ މިއީ ވަރަށް ހާއްސަ ބައްދަލުވުމެއް ކަމަށެވެ.

ބެލެވޭ ގޮތުގައި މިއަދުގެ މަޝްވަރާތައް ބިނާވާނީ 50 ދުވަހުގެ ތެރޭގައި ބޭއްވޭ ރިޔާސީ އިންތިހާބަށެވެ. މިހާރުގެ ހާލަތު އޮތް ގޮތުން މި ދެ ޕާޓީން އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮތީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ އެވެ.

އެމްއެންޕީ އުފެއްދުމުގެ ކުރިން ނާޒިމް ހަރަކާތްތެރިވީ ގާސިމްގެ ޖޭޕީގަ އެވެ. ޖުމްހޫރީ ޕާޓީން ވަކިވެ, އާ ޕާޓީއެއް އުފައްދަން ޖެހުނީ ޖުމްހޫރީ ޕާޓީއަކީ ނިދާފައި އޮތް ޕާޓީއަކަށްވެފައި, އެ ޕާޓީން ކުރިއެރުމެއް ނުލިބޭނެތީ ކަމަށް ނާޒިމް މީގެކުރިން ވިދާޅުވެފައިވެ އެވެ.

މިހާރުގެ ސަރުކާރު ކޯލިޝަނުގައިވެސް އޮތް ޖޭޕީއިން އެމްޑީޕީއާ އެކު ކޯލިޝަން ހަދައިގެން 2023 ގައި ވާދަކުރުމުގެ ދައުވަތު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާސިމަށް ދެއްވި އެވެ. އެކަމަކު ޖޭޕީގެ ކޮންގްރެސްއިން ނިންމީ އިންތިހާބުގައި ވަކިން ވާދަކުރާށެވެ. ޖޭޕީގެ ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގެން ގާސިމް ވެސް ވަނީ ކެމްޕެއިން ފައްޓަވާފަ އެވެ.

ގާސިމް ވަނީ 2008 އަދި 2013 ގައި އިންތިހާބުގައި ވާދަކުރައްވާފަ އެވެ. އެ ދެ ފަހަރު ވެސް ފުރަތަމަ ބުރުން ނާކާމިޔާބުވެވަޑައިގެން ގާސިމް ގުޅިވަޑައިގަތީ ވެރިކަމަށް އައި ކޯލިޝަންތަކާއެކު އެވެ. އެކަމަކު, ހިޔާލު ތަފާތުވުންތައް ގިނަވެ އެ ދެ ފަހަރު ވެސް ކޯލިޝަނުން ޖޭޕީ ވަކިވީ އެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އެއް ކޯލިޝަނެއްގައި ޖޭޕީން މިހާ ގިނަ ދުވަހު މަޑުކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox