ފެކްޓް ޗެކް: ރައީސް ވިދާޅުވި ތަކެތީގެ އަގު ދައްވުމާއި ފެންނަން ހުރި އަދަދުތައް

ފެކްޓް ޗެކް: ރައީސް ވިދާޅުވި ތަކެތީގެ އަގު ދައްވުމާއި ފެންނަން ހުރި އަދަދުތައް

ރިޔާސީ ކެމްޕެއިންގައި ހޮނިހިރު ދުވަހު މ. މުލަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންފްލޭޝަންއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅާ ގުޅިގެން ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް އެމަނިކުފާނުގެ ސަޕޯޓަރުން އަންނަނީ އެ ވާހަކަފުޅަކީ ތެދުކަން ބަޔާންކުރަމުންނެވެ.

އިންފްލޭޝަން އަކީ މުދަލާއި ހިދުމަތުގެ އަގު އުފުލިގެންދާ ނިސްބަތެވެ. އިންފްލޭޝަންގެ އެކި ވައްތަރުތައް ހުރެ އެވެ. އެންމެ ގިނައިން ބޭނުންކުރާ އިންފްލޭޝަން އިންޑެކްސްތަކަކީ ކޮންސިއުމަ ޕްރައިސް އިންޑެކްސް އާއި ހޯލްސޭލް ޕްރައިސް އިންޑެކްސް އެވެ.

ރާއްޖޭގައި އިންފްލޭޝަނަށް އަންނަ ބަދަލު އާންމުކޮށް ބަލަނީ އެމްއެމްއެމް އާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އެވެ.

ރައީސް ވިދާޅުވީ ކީކޭ؟

ރައީސް ފާހަގަކުރެއްވީ ރާއްޖޭގާ މުދަލުގެ އަގު ބޮޑުވާނެ ކަމަށް އަދި އިންފްލޭޝަން މައްޗަށް ދާނެ ކަމަށް ސަރުކާރުގެ ވާދަވެރިން އަޑުހަރުކޮށް ބުނަމުންދާ ކަމަށެވެ. ނަމަވެސް ނަންބަރުތަކުން ދައްކަނީ އެގޮތް ނޫން ކަމަށް ވިދާޅުވި އެވެ.

"...އައިއެމްއެފުން ވެސް، ވޯލްޑް ބޭންކުން ވެސް އެ ދުވަހު އަންދާޒާ ކޮށްފައި އޮތީ ރާއްޖޭގެ އިންފްލޭޝަން، ތަކެތީގެ އަގު 5.4 އިންސައްތައަށް މައްޗަށް ދާނޭ ކަމަށް. އެހެން ނަމަވެސް ސަރުކާރުން މި އަހަރު އަޅަންފެށި ރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން 3.4 އިންސައްތައިގަ އިންފްލޭޝަން ހިފެހެއްޓިފަ އެބަހުރި."

ޔޫރަޕުގެ ގިނަ ގައުމުތަކުގެ އިންފްލޭޝަން މިހާރު ހުރީ ނުވަ ޕަސެންޓުގައި ކަމަށާއި ރާއްޖޭގެ އިންފްލޭޝަން އެއަށްވުރެ ދަށް މިންގަނޑެއްގައި ހިފެހެއްޓިފައި ހުރީ ސަރުކާރުން ކުރި ހެޔޮ މަސައްތަކުގެ ނަތީޖާއިން ކަމަށް ރައީސް ފާހަގަ ކުރެއްވެވި އެވެ.

"ކިތަންމެ ބާރަށް، އަޑުހަރުކޮށް ތަކެތީގެ އަގު ބޮޑުވެޔޭ ބުންޏަސް އެމްއެމްއޭއިން، ރާއްޖޭގެ ސެންޓްރަލް ބޭންކުން އެ ބުނަނީ ތަކެތީގެ އަގު މިހާރު މިދަނީ ދަށަށޭ."

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ފެންނަ މަންޒަރު

ރައީސް ސޯލިހު ވެރިކަމާ ހަވާލުވަަޑައިގެންނެވި 2018 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.1- ޕަސެންޓުގަ އެވެ. އެކަމަކު ކޮވިޑާއި ރަޝިއާ-ޔޫކްރޭން ހަނގުރާމައާއެކު އިންފްލޭޝަން މަތިވާން ފެށި އެވެ. ޖޫން 2021 ގައި އިންފްލޭޝަން ހުރީ 0.9 ޕަސެންޓުގަ އެވެ.

އިންފްލޭޝަން މަތިވަމުން ގޮސް ޖޫން 2022 ގައި އިންފްލޭޝަން 5.2 ޕަސެންޓު މަތިވި އެވެ. އެއީ ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ އިންފްލޭޝަން އެންމެ މަތިވި މިންވަރެވެ. ދެން އިންފްލޭޝަން އެންމެ މައްޗަށް ޖެހުނީ މި އަހަރުގެ ޖެނުއަރީ އަދި މާޗު މަހުގަ އެވެ. އެއީ 4.0 ޕަސެންޓަށެވެ.

އައިއެމްއެފުން ރާއްޖޭގެ އިންފްލޭޝަން މި އަހަރު އަރާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 5.2 ޕަސެންޓެވެ. ރައީސް ވިދާޅުވި އަދަދުގެ 0.2 ޕަސެންޓު ދަށް އަދަދެކެވެ. ނަމަވެސް އައިއެމްއެފްގެ ލަފާކުރުންތަކާ ހިލާފަށް މާޗު މަހަށް ފަހު ރާއްޖޭގެ އިންފްލޭޝަން ދަނީ ދަށްވަމުންނެވެ. އެޕްރީލް މަހު 3.9 ޕަސެންޓުގަ ހުރި އިންފްލޭޝަން މެއި މަހު ވަނީ 2.8 ޕަސެންޓަށް ދަށްވެފަ އެވެ. މިއިން މި ދައްކައިދޭ ހަގީގަތަކީ ތަކެތީގެ އަގު ޖުމުލަ ގޮތެއްގައި ދަށަށް ދިޔުމެވެ.

ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި)

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިއްސާކުރާ ސީޕީއައި ނުވަތަ މުދަލުގެ އަގުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އެވްރެޖް ސީޕީއައި ޕަސެންޓު ހުރީ 97.57ގަ އެވެ.

ކޮވިޑާއެކު ސީޕީއައިވެސް މައްޗަށް ދާންފެށި އެވެ. އެގޮތުން 2021 މެދުތެރޭގައި އެވްރެޖު ގޮތެއްގައި ސީޕީއައި ހުރީ 97 ޕަސެންޓަގަ އެވެ. އެ މިންވަރު 2022 ގެ މެދުތެރޭގައި 99.67 ޕަސެންޓަށް މައްޗަށް އެރި އެވެ.

މި އަހަރު ފެށުނުއިރު އެވްރެޖް ސީޕީއައި ހުރީ 101.45 ޕަސެންޓުގަ އެވެ. އެ އަދަދު އެއް ޓްރެންޑެއްގައި މަތިވަމުން ގޮސް އެޕްރީލް މަހު 102.28 ޕަސެންޓަށް އެރި ނަމަވެސް މެއި މަހު ވަނީ އަނެއްކާ ވެސް 101.88 ޕަސެންޓަށް ދަށްވެފަ އެވެ.

މި ވެރިކަމުގައި ވަކިވަކި ދާއިރާތަކަށް ބަލާއިރު ތަކެއްޗާއި ހިދުމަތުގެ އަގު ހެޔޮވެފައިވަނީ މުއާސަލާތީ ދާއިރާގެ ހިދުތްތައް އެކަންޏެވެ. ކާބޯތަކެއްޗާއި، ސިއްހީ ހިދުމަތްތަކާއި، ދަތުރުފަތުރާއި އާންމު އަސާސީ ހިދުމަތްތަކުގެ އަގު 2018 އާއި ބަލާއިރު މި ވެރިކަމުގައި ވަނީ އުފުލިފަ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox