ފުޓްސަލް ކުޅެން ކުޅުންތެރިން ދިޔުމުން ގްރީން އަށް ބްރޭކްގެ ބޭނުން އެންމެ ރަނގަޅަށް ނުހިފޭ

Jul 14, 2023, 6:49 AM
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބުރުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ބުރުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިދިޔަ ދޮޅުމަހެއްހާ ދުވަހު ކުރިއަށްދިޔަ ފުޓްސަލް މުބާރާތްތަކުގައި ކްލަބް ގްރީން ސްޓްރީޓްސްގެ ގިނަ ކުޅުންތެރިންތަކެއް ކުޅެން ޖެހުމުން އެންމެ އެކަށީގެންވާ ގޮތަށް ލިބުނު ބްރޭކުގައި ޓީމް ތައްޔާރު ނުކުރެވުނު ކަމަށް ކުލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފި އެވެ.

މިދިޔަ މެއި މަހު 21 އިން މި މަހު ހަތަރަކަށް އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕަށް މެދުކެނޑާލި އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފަށާނީ ކުލަބު ގްރީން ސްޓްރީޓްސް އާއި ބުރު ސްޕޯޓްސް ކުލަބުވާދަކުރާ މެޗުންނެވެ.

ޓީމްގެ ތައްޔާރީތަކާ ގުޅޭގޮތުން ގްރީންގެ ކޯޗު ނިސްތާރު ބުނީ މި ވަގުތު ފުޓްބޯޅައިގެ ހާލަތު އޮތް ގޮތަށް ބަލާއިރު އާމްދަނީ ހޯދަން ކުޅުންތެރިން ފުޓްސަލް ކުޅެން ދާ ކަމަށެވެ. އޭނާ ބުނީ ހުރިހާ ކުޅުންތެރިންނާ އެކު ނޫނަސް ރަނގަޅު ޕްރެކްޓިސްތަކެއް ކުރެވުނު ކަމަށެވެ.

Advertisement

"ބްރޭކަކަށް ފަހު ފަށަން އެހާ ފަސޭހަކަމެއް ނޫން އެއީ. މިހާރުގެ ފުޓްބޯޅައިގެ ހާލަތުން ގިނަ ކުދިން ޕްރިފާ ކުރަނީ ފުޓްސަލް ކަންނޭނގެ. ފަސޭހައިން ލާރިއާ އެއްޗެހި ލިބޭނެ. އެހެންވީމަ ކުޑަކޮށް ޝޯޓްކޮށް މިއުޅެނީ. އެކަމަކުވެސް ރަނގަޅުވާނެ. ޕްލޭޔާސްގެ ޕޭމަންޓްސްއާ އެކަހަލަ އެއްޗެހި ހުރިހާ ޓީމެއްގައިވެސް އެބައުޅޭ ކަންނޭނގެ." އޭނާ ބުންޏެވެ.

ނިސްތާރު ބުނީ ކުދި ފުޓްސަލް މުބާރާތްތަކުގައި ގިނަ މެޗުތަކެއް ގާތް ގާތުގައި ކުޅެން ޖެހޭ ކަމަށާއި، އޭގެ ސަބަބުން ކުޅުންތެރިންނަށް އަނިޔާވުމުގެ ފުރުސަތު ބޮޑުކަަމަށެވެ.

އެ ގޮތުން މިދިޔަ މަހު އޭދަފުށީގައި ކުރިއަށްދިޔަ މުބާރާތެއް ކުޅެން އުޅުމުގެ ތެރޭގައި އެ ޓީމުގެ މުހިންމު ފޯވާޑް މުހައްމަދު ޖައިލަމް (އޮގޯ) އަށް އަނިޔާވެ, ގިނަ ދުވަސްތަކަކަށް އަނެއްކާވެސް ކުޅުމާ ދުރަށް ދާން ޖެހިފައިވާކަމަށް އޭނާ ބުންޏެވެ.

އޮގީގެ އޭސީއެލްއަށް މިދިޔަ އަހަރު ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް ފަހު އޭނާ ކުޅެން ނިކުތީވެސް މި އަހަރުގެ ސީޒަން ފެށެން ކުޑަތަންވެފައި ވަނިކޮށެވެ.

"މިހާރު އަޅުގަނޑު ނުދެކެން މާ ބޮޑު އިޝޫއެއްކަމަކަށް ފުޓްސަލް ކުޅުމަކީ. އެކަމަކު ވާގޮތަކީ ޕްރީ ސީޒަންއެއް ނަހަދައި ކައިރި ކައިރީގައި މެޗު ކުޅުމަކީ ވަރަށް ޑޭންޖަރަސް ކަމެއް. މިސާލަކަށް ރާއްޖޭގައި ހަމަ މޮޅު ޕްލޭޔަރެއް އޮގީ (ޖައިލަމް) އަކީ. އޮގީ އަނެއްކާ އެދިޔައީ އޭސީއެލް އިންޖަރީއަކަށް." އޭނާ ބުންޏެވެ.

"އޮގީ ފުރަތަމަ ލީގު ފެށީވެސް ވީކެއްވަރު ޓްރެއިންކޮށްފައި. ދެން ބްރޭކް ފެށިއިރު އޭދަފުށީގައި ކުޅެން އުޅެނިކޮށް އެއިނީ އިންޖަރީވެފައ. އެހެންވީމަ އެކަހަލަ ރިސްކްސް އަންނާނެ ޕްރީ ސީޒަނެއް ނެތިފަ ކައިރި ކައިރީގައި މެޗުތަކެއް ކުޅުނީމަ."

އޭނާ ބުނީ ފުޓްބޯޅައިގައި ކުޅުންތެރިންނަށް ރެސްޓް ދޭ ގޮތަށް ކުދި މުބާރާތްތަކުގައި ރެސްޓް ނުދެވޭނެ ކަމަށާއި، ކައިރިކައިރީގައި މެޗުތައް ކުޅޭއިރު ހުރިހާ މެޗަކަށް ވެސް މޮޅު ކުޅުންތެރިޔާ އަރުވާނެ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ބަލާވަރަށް އަދި ނުބަލަފާނެ އެގޮތަށް ދާ ޓީމަކުން. މިސާލަކަށް ލީގުގައި ކުޅޭއިރު ބައެއް ފަހަރު އަހަރުމެން ބައެއް ކުޅުންތެރިން އެބަ ރެސްޓްކުރުވަން. ތަންކޮޅެއް ޓަޔަޑް ހެން ހީވަންޏާ. އެކަަމަކު ކުދި މުބާރާތްތަކުގައި އެހެން ނުވެދާނެ. އަޅުގަނޑު އެތާ ހުރި ނަމަވެސް ހަމަ އެގޮތަކަށް ކަންނޭގެ ވާނީ. ކައިރި ކައިރީގައި އެގޮތަށް މުބާރާތެއް ކުޅޭއިރު ހުރިހާ މެޗެކަށް ހަމަ އަރުވައިގެން ކުޅޭނީ." ނިސްތާރު ބުންޏެވެ.

މި ސީޒަންގައި ޓީމްގެ ޓާގެޓާ ގުޅޭގޮތުން އޭނާ ބުނީ އެންމެ ރަނގަޅަށް ސީޒަން ނުފެށުނު ކަމުގައިވިޔަސް އެޓީމްގެ އަމާޒަކީ ގަދަ ހަތަރެއް ކަމަށެވެ. ރެލިގޭޓްވުމުގެ ބިރު މިހާރު ޓީމްތަކަށް ނެތްނަމަވެސް ކުޅުންތެރިން މޯޓިވޭޝަނަށް ބަދަލެއް ނާންނަ ކަމަށް ނިސްތާރު ވަނީ ބުނެފަ އެވެ.

ގަދަ ހަތަރެއްގައި ނިންމާލުމަކީ މުހިންމު ކަމެއްކަން ފާހަގަކުރަމުން ނިސްތާރު ބުނީ ސްޕޮންސަރުން ހޯދުމާއި ކަންކަމަށް ބަލާއިރު ގަދަ ހަތަރަކުން ޖާގަ ހޯދައިފި ނަމަ އެޑްވާންޓޭޖްތަކެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެން ޓީމްގައި މިތިބި ކުޅުންތެރިންނަކީ ވަރަށް ގޮތް ދޫނުކުރާ ކުދިން ކޮޅެއް. ހަމައަރާ ކޮންމެ ކުއްޖަކުވެސް ހަމަ ކުޅެނީ ތިމަންނަ ހުރެގެން މި ޓީމް ބައްޔެއް ނުވާނޭ. އެކަހަލަ ކިކެއްގައި. އެހެންވީމަ އަޅުގަނޑުމެން އެހެން ބަލާފަ އީޒީއެއް ނުކުރަން. ރެލިގޭޝަން އިނަސް ނެތަސް އަޅުގަނޑުމެންގެ ޓާގެޓަކީ ގަދަ ހަތަރެއް." އޭނާ ބުންޏެވެ.

ބުރާއި ގްރީން ސްޓްރީޓްސްގެ މެޗު ފަށާނީ މިއަދު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox