ގާސިމަށް ތާއީދުކުރުމުގެ މަޝްވަރާއެއް ނުކުރަން: ޕީޕީއެމް

ގާސިމަށް ތާއީދުކުރުމުގެ މަޝްވަރާއެއް ނުކުރަން: ޕީޕީއެމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ތާއީދުކުރުމުގެ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދާ ކަމަށް އެ އިއްތިހާދު ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ނުކުރުމުގެ އަމާޒުގައި ޕީޕީއެމް/ޕީއެންސީން އަންނަނީ ސިޔާސީ އެކި ފަރާތްތަކާ މަޝްވަރާ ކުރަމުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާ ޑިމޮކްރެޓްސްއާއި، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އެމްއެންޕީއާއި، ޖޭޕީ ވެސް ހިމެނެ އެވެ.

ޖޭޕީގެ ލީޑަރު ގާސިމްގެ ރިސޯޓަކަށް ވަޑައިގެން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް ބޭފުޅުން އިއްޔެ އޭނާއާ މަޝްވަރާކުރެއްވި އެވެ. އަދި އެއީ ރައީސް ޔާމީންގެ އެންގެވުމަށް ކުރެއްވި މަޝްވަރާއެއް ކަމަށް އެ ބޭފުޅުން އިއްޔެ ވިދާޅުވެފައިވެ އެވެ.

ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކުރީ ރިޔާސީ އިންތިހާބުގައި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ގާސިމަށް ތާއީދުކުރުމުގެ އެއްވެސް މަޝްވަރާއެއް ގާސިމާ އެކު ކުރިތޯ އެވެ.

އެ ސުވާލުގެ ޖަވާބުގައި ޕީއެންސީގެ ރައީސް އަބްދުލްރަހީމް ވިދާޅުވީ އެ ކޯލިޝަންގެ ކެންޑިޑޭޓަކީ ޔާމީން ކަމަށާއި ޔާމީންގެ ރިޔާސީ ކެމްޕޭން ވެސް މިހާރު ފެށިފައިވާ ކަމަށެވެ. ރިޔާސީ އިންތިހާބުގައި އެ ކޯލިޝަންގެ އިތުރު އެހެން ވިސްނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިންމަން ޖެހޭ ކަން، އެ މަޝްވަރާތައް އަޅުގަނޑުމެން މި ކުރަނީ،" އަބްދުލްރަހީމް ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާއިރު، އެ ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް މި އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

ސިޔާސީ މަސްރަހު ދިރާސާކުރާ ބައެއް އެނަލިސްޓުން ދެކޭ ގޮތުގައި ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭ ހާލަތުގައި ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރުމުގެ ބަދަލުގައި އެ ޕާޓީން އިންތިހާބުގައި ވާދަނުކޮށް އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދުކުރުމަކީ ގާތް ކަމެކެވެ.

ސަބަބަކީ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހިޔާލުތަފާތުވި ދަނޑިވަޅުގައި ޕާޓީގެ ކޮންޓްރޯލް ނެންގެވި ބޭފުޅަކީ ޔާމީނެވެ. އޭރު މައުމޫނަކީ ޕީޕީއެމްގެ ރައީސެވެ. އެއީ އެ ޕާޓީގެ އެންމެ އިސް މަގާމެވެ.

މީގެ އިތުރުން ރައީސް ސޯލިހާއި އެމްޑީޕީގެ ރައީސްގެ މަގާމު ފުރުއްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ބާރު ހޯދުމުގެ ކޯޅުމުގެ ތެރެއިން ވެސް ކުރި ހޯއްދެވި ބޭފުޅަކީ ވެރިކަމުގައި ހުންނެވި ސޯލިހެވެ.

އެހެންކަމުން ޔާމީން އަތުން ޕާޓީގެ ބާރުވެރިކަން ގެއްލެން ބޭނުން ނުވާނެ ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނެ އެވެ.

ޔާމީނަށް ކުރިމަތިވެފައިވާ ހާލަތު؛

ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.

އާރަށު މައްސަލައިގެ ހުކުމް ދެމިއޮތް އިރު، މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ރ. ފުއްގިރި މުއާމަލާތުގެ ތެރެއިން ޔާމީން ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.

މިހާރު ހައި ކޯޓުގައި އާރަށު މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ކުރިއަށްދާއިރު، ދަށު ކޯޓުގައި ފުއްގިރި މުއާމަލާތުގެ ޝަރީއަތުގެ އަޑުއެހުންތައް ވެސް ބާއްވަ އެވެ. ވަރަށް ކައިރިކައިރި އަޑުއެހުންތައް ބާއްވައިގެން ކުރިއަށް ދާތީ، އެ މައްސަލަ "އަވަސް އަރުވާލައިގެން" ގެންދަވާ ކަމަށް ޔާމީން ދެކެވަޑައިގަންނަވަ އެވެ.

ނަމަވެސް އެ މައްސަލާގައި ދައުވާ ކުރާ އަހުމަދު ކްރިކް ރިޒާ ބަލިވެ އުޅޭތީ، ޖެހިޖެހިގެން ފަސް ފަހަރު މި ފަހުން އަޑުއެހުން ނުބޭއްވި ދިޔަ އެވެ. އެހެންކަމުން އެ މައްސަލަ ވެސް މިހާރު އޮތީ ދުރާލާ ދިން ތާވަލަށް ވުރެ ފަހަތުގަ އެވެ.

ޕީޖީ އޮފީހުން މިހާރު ވަނީ ކްރިކް ރިޒާގެ ބައި އަނބުރާ ގެންގޮސްދޭން ކޯޓުގައި އެދިފަ އެވެ. އެއީ ކްރިކްގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެއްކެއް ކަމުގައިވާ އޭނާއާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒާ ދެމެދު ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނާ އޯޑިއޯއެއް ތަހުލީލުކޮށް ނިމެންދެން، ފަހުން ހުށަހަޅާ ގޮތަށް މި ވަގުތަށް މައްސަލަ ގެންގޮސްދޭން އެދި ފުލުހުން ސިޓީ ފޮނުވުމުންނެވެ.

އެ ގޮތަށް ކޯޓުން ހުއްދަ ދީފިނަމަ ކްރިކް ރިޒާ ބަލިވެގެން ހާޒިރުނުވިޔަސް ޔާމީންގެ ބައި ކްރިމިނަލް ކޯޓަށް ކުރިއަށް ގެންދެވޭނެ އެވެ.

އޭގެ އިތުރަށް ހައި ކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުޒައިފާ މުހައްމަދު ހުންނެވީ އާއިލީ ޒިންމާގެ ޗުއްޓީއެއް ނަންގަވައިގެންނެވެ. އަދި ފަނޑިޔާރު މުހައްމަދު ސަލީމް ވެސް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޗުއްޓީއެއް ނަންގަވަން ހަމަޖެހިފައިވާ ކަމަށް އެނގިފައިވެ އެވެ. އެެހެންކަމުން އެ ޝަރީއަތް ވަނީ މި ވަގުތަށް މަޑުޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox