ބޯހިމެނުން: ދަރިމައިވާ ނިސްބަތް 1.7 އަކަށް ވެއްޓިއްޖެ

އަންހެނުންނާއި, ކުޑަކުދިންތަކެއް މޫނު ކައިރީގައި ކުޅެނީ; ދަރިމައިވާ ނިސްބަތް ވަނީ 1.7 އަށް ވެއްޓިފައި -- ފައިލް ފޮޓޯ: އަދަދު

އަންހެނުންނާއި, ކުޑަކުދިންތަކެއް މޫނު ކައިރީގައި ކުޅެނީ; ދަރިމައިވާ ނިސްބަތް ވަނީ 1.7 އަށް ވެއްޓިފައި -- ފައިލް ފޮޓޯ: އަދަދު

ރާއްޖޭގައި އެވްރެޖްކޮށް އަންހެނަކު ކުދިން ހޯދާ ނިސްބަތް 1.7 އަށް ވެއްޓިއްޖެ އެވެ.

މިދިޔަ އަހަރު ހިންގި ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުގައި, 1990 ވަނަ އަހަރު އެވްރެޖްކޮށް, އަންހެނަކު އޭނާގެ ދަރިމައިވުމުގެ އުމުރުފުރާގައި 6.4 ދަރިން ހޯދަ އެވެ. އެ އަދަދު ދަށްވަމުން އައިސް, 2022 ވަނަ އަހަރާ ހަމައަށް އައިއިރު އަންހެނަކު އޭނާގެ ދަރިމައިވުމުގެ އުމުރުފުރާގައި ހޯދާ ދަރިންގެ އަދަދު ވަނީ 1.7 އަށް ވެއްޓިފަ އެވެ.

ބޯހިމެނުމުގެ ނަތީޖާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި, ރާއްޖޭގެ ދަރިމައި ވުމުގެ ނިސްބަތް ވަނީ ބިލޯ ރިޕްލޭސްމަންޓް ލެވެލަށް ގޮސްފަ އެވެ.

ރާއްޖޭގައި ދަރިމައިވުމުގެ ނިސްބަތް ބަދަލުވަމުން އައި ގޮތް
ރާއްޖޭގައި ދަރިމައިވުމުގެ ނިސްބަތް ބަދަލުވަމުން އައި ގޮތް

ރާއްޖޭގައި ދަރިމައިވުމުގެ ނިސްބަތް ބަދަލުވަމުން އައި ގޮތް

ރާއްޖޭގައި ދަރިމައިވާ މީހުންގެ ނިސްބަތް ބޮޑުތަނުން ދަށަށް ގޮސްފައިވާއިރު, މޯލްޑިވްސް ސްޓެޓިސްޓިކަލް ބިއުރޯއިން މީގެ ކުރިން ވަނީ, 2054 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގައި އޮންނާނީ އުމުރުން ދުވަސްވީ މީހުން ގިނަ އާބާދީއެއް ކަމަށް ލަފާކޮށްފަ އެވެ.

ގައުމެއްގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމުން އެ ގައުމެއްގެ މަސައްކަތް ކުރާ އުމުރުފުރާގެ މީހުން މަދުވާނެ އެވެ. އަދި އޭގެ ސަބަބުން އުފެއްދުންތެރިކަމަށް އަސަރު ކުރާނެ ކަމެކެވެ.

ލޭބާ ފޯސްގައި އަންހެނުންނާއި ފިރިހެނުންގެ ފަރަގު ބޮޑު

ރާއްޖޭގެ އާބާދީގައި ޖުމްލަ 515,132 މީހުން ހިމެނޭއިރު, އެއީ 382,639 ދިވެހިންނާއި 132,493 ބިދޭސީންނެވެ. އޭގެ ތެރެއިން, 411,219 މީހުން ނުވަތަ 80 ޕަސަންޓު މީހުން ޝާމިލުވަނީ މަސައްކަތް ކުރާ އުމުރުފުރާ އަށެވެ. އޭގެ ތެރެއިން, 37 ޕަސަންޓު މީހުންނަކީ އަންހެނުންނަށް ވާއިރު, ފިރިހެނުން ހިއްސާކުރަނީ 63 ޕަސަންޓު މީހުންނެވެ.

މަސައްކަތް ކުރާ އުމުރުފުރައިގެ ތެރެއިން, ލޭބާފޯސްްގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންގެ ފަރަގު ބޮޑެވެ. އެގޮތުން, އެ އުމުރުފުރައިގެ ފިރިހެނުންގެ ތެރެއިން 80 ޕަސަންޓު މީހުން މަސައްކަތް ކުރާއިރު, މަސައްކަތް ކުރެވޭ އުމުރުފުރައިގެ އަންހެނުންގެ ތެރެއިން މަސައްކަތް ކުރަނީ ހަމައެކަނި 49 ޕަސަންޓު މީހުންނެވެ.

އަދި މަސައްކަތެއް ލިބިފައި ނުވާ އާބާދީ ފަސް ޕަސަންޓުގައި ހުރިއިރު, އޭގެ ތެރޭގައި ފިރިހެނުންނަށްވުރެ އަންހެނުން ގިނަ އެވެ. އެގޮތުން ފަސް ޕަސަންޓު ފިރިހެނުން މަސައްކަތް ނުލިބި ތިބިއިރު, މަސައްކަތް ނުލިބި ތިބި އަންހެނުންގެ އަދަދު ހަ ޕަސަންޓަށް އަރަ އެވެ.

69 ޕަސަންޓު މީހުން ތިބީ ކައިވެނިކޮށްގެން

ބޯހިމެނުމުގެ ރިޕޯޓުގައި ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހި އާބާދީގެ ތެރެއިން, 69 ޕަސަންޓު މީހުންނަކީ މީހަކާ އިނދެގެން އޭޅޭ މީހުންނެވެ. އަދި, 19 ޕަސަންޓު މީހުން ދުވަހަކު ވެސް ކައިވެނި ނުކުރާއިރު, ވަރިވެފައި ވަނީ ހަމައެކަނި ނުވަ ޕަސަންޓު މީހުންނެވެ. އަދި ހުވަފަތްވެފައި ވަނީ ތިން ޕަސަންޓު މީހުންނެވެ.

ރާއްޖޭގައި އެވްރެޖްކޮށް ކައިވެނި ކުރާ އުމުރަކީ އަންހެނެއް ނަމަ 20 އަހަރެެވެ. އަދި ފިރިހެނެއް ނަމަ 24 އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox