ރިޔާސީ އިންތިހާބުގެ ކުރިއަށް ކެންޑިޑޭޓުންގެ މާލީ ބަޔާނުގެ އުސޫލެއް ހަދަނީ

އޭސީސީގެ މެންބަރުންނާއި އޮޑިޓަ ޖެނެރަލްއާ އެކު ބޭއްވި ބައްދަލުވުމެއް؛ ކެންޑިޑޭޓުންގެ މާލީ ބަޔާނުގެ އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތް އެބަ ކުރޭ - ފޮޓޯ: އޮޑިޓަ ޖެނެރަލް އޮފީސް

އޭސީސީގެ މެންބަރުންނާއި އޮޑިޓަ ޖެނެރަލްއާ އެކު ބޭއްވި ބައްދަލުވުމެއް؛ ކެންޑިޑޭޓުންގެ މާލީ ބަޔާނުގެ އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތް އެބަ ކުރޭ - ފޮޓޯ: އޮޑިޓަ ޖެނެރަލް އޮފީސް

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިއަށް ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތާއި މާލީ ބަޔާން އޮޑިޓް ކުރުމުގެ އުސޫލެއް ތައްޔާރު ކުރުމުގެ މަސައްކަތް ކަމާ ބެހޭ މުއައްސަސާތައް ގުޅިގެން ފަށައިފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލަކު "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި، އެއީ އެ އޮފީހުން އިސް ނަގައިގެން ކުރާ މަސައްކަތެކެވެ. އޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އާއި މޯލްޑިވްސް މޮނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ބައިވެރިވެ އެވެ.

އެ އުސޫލުގެ ޑްރާފްޓެއް އޮޑިޓް އޮފީހުން މިހާރު ވަނީ ތައްޔާރު ވެސް ކޮށްފަ އެވެ. އެ ޑްރާފްޓް ވަނީ އޭސީސީއާއި އީސީއާ ހިއްސާ ވެސް ކޮށްފަ އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި، މިހާރު ޑްރާފްޓްއާ ގުޅޭ ގޮތުން ތިން މުއައްސަސާ ވެސް އެކުގައި މަޝްވަރާ ކުރެވެމުން އެބަ ދެ އެވެ.

"މާލީ ބަޔާން ހުށަހަޅަން މި އޮންނަނީ އިންތިހާބު ބާއްވާތާ 21 ދުވަސް ތެރޭގައި، އަޅުގަނޑުމެން ހަތަރު މުއައްސަސާއިން ގުޅިގެން މި މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބުގެ ކުރިއަށް އުސޫލު އެކުލަވާލާ ނިންމައި އާންމުކޮށް އެއާ އެއް ގޮތަށް އަމަލުކުރަން ފެށުމަށް،" އޮފިޝަލް ވިދާޅުވި އެވެ.

ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން ވެސް ފުރިހަމައެއް ނޫނެވެ.

ސޯލިހުގެ މާލީ ބަޔާނުގައި ގާނޫނުގައި ބަޔާންކުރާ ތަކެތީގެ ތެރެއިން ފުރިހަމަ ވަނީ ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލާއި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި ފައިސާ ދިން މިންވަރުގެ ތަފުސީލު އެކަންޏެވެ. ޔާމީންގެ މާލީ ބަޔާނުގައި އެ ތަފުސީލުތަކުގެ އިތުރަށް ޔާމީނަށް ފައިސާ ޖަމާކޮށްދިން މީހުން، ކެންޑިޑޭޓުގެ ކެމްޕޭން އެކައުންޓަށް ފައިސާ ފޮނުވި ބޭންކު ސްޓޭޓްމަންޓްތައް ހިމަނާފައިވެ އެވެ.

އާންމު އިންތިހާބުތަކުގެ ގާނޫނުގައި ބުނާ ގޮތުން، ކެންޑިޑޭޓު ކެމްޕޭނަށް ހުޅުވާ ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު ސްޓޭޓްމަންޓްގެ އިތުރަށް އެއީ ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، އަދި ބިލުތަކުގެ ކޮޕީ ވެސް ހިމަނަން ޖެހެ އެވެ.

ޔާމީނާއި ސޯލިހުގެ މާލީ ބަޔާން ފުރިހަމަ ނުވާ ކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް ގަބޫލުކުރައްވަ އެވެ. އޭގެ ފަހުން ބޭއްވި މަޖިލިސް އިންތިހާބާއި ކައުންސިލްތަކުގެ އިންތިހާބާއި މަޖިލީހުގެ ބައެއް ދާއިރާތަކުގެ ބައި އިލެކްޝަންސްގައި ވެސް އެ މައްސަލަ ފާހަގަވެފައި އެބަ އޮތެވެ.

2009 އަދި 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ގިނަ ކެންޑިޑޭޓުންގެ މާލީ ބަޔާން ފުރިހަމަ ނުވާ ކަމަށް ފުއާދު ވިދާޅުވެފައިވެ އެވެ.

ބައެއް މައްސަލަތަކުގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވެ އެވެ. ނަމަވެސް ދައުވާ ކުރެވޭނެ ޖާގައެއް ނެތް ކަމަށް ބުނެ އެއްވެސް މައްސަލައެއްގައި ދައުވާނުކޮށް އަނބުރާ ފޮނުވާފައިވެ އެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން ފުރިހަމަނުވުމުން އީސީން ނިންމާފައިވަނީ އެއިން ކޮންމެ ކެންޑިޑޭޓަކު 6،000 ރ. އިން ޖޫރިމަނާ ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox