ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ނެރެން ކުރަނީ "ފޭކް ކެމްޕޭނެއް": އަދުރޭ

މިއަދު ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ދެއްވި ނޫސްވެރިންގެ ބައްދަލުވުން; އެ ޕާޓީން ބެކަޕް ޕްލޭނެއް ނުގެންގުޅޭ ކަމަސް ތަކުރަރުކޮށް ވިދާޅުވި -- ފޮޓޯ: ޕީޕީއެމް

މިއަދު ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ދެއްވި ނޫސްވެރިންގެ ބައްދަލުވުން; އެ ޕާޓީން ބެކަޕް ޕްލޭނެއް ނުގެންގުޅޭ ކަމަސް ތަކުރަރުކޮށް ވިދާޅުވި -- ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބަށް ރައީސް ޔާމީން އަބްދުލްގައްޔޫމް ނޫން ބޭފުޅަކު ނެރެން ސޯޝަލް މީޑިއާގައި ކެމްޕޭން ކުރަމުންދަނީ ސަރުކާރުގެ "ފޭކް" އެކައުންޓުތަކުން ކަމަށް ޕީޕީއެމްގެ ލީޑާޝިޕުން ބުނެފި އެވެ.

އިލްކެޝަން ކޮމިޝަން ބޭރުގައި ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ, ސަރުކާރުގެ ބޮޓު އެކައުންޓުތަކުން, ޕީޕީއެމްގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕޭން ހިންގަމުންދާ ކަމަށެވެ. އަދިި އެއީ, ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފައްދަން ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

ޕީޕީއެމްގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު, 2023 ވަނަ އަހަރުގެ ރައީސް ކަމަށް ހޮވުމަށް ސޯޝަލް މީޑިއާގައި ދަނީ ކެމްޕޭން ކުރަމުންނެވެ. އެކަމާ ގުޅޭގޮތުން ސީދާ މުއިއްޒުއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ "އެންމެން ވެސް މިތިބީ ރައީސް ޔާމީނާއެކު އެކަތިގަނޑެއް ގޮތުގައި" ކަމަށެވެ. އެހެން ވިދާޅުވެ, އިތުރަށް އެ ސުވާލަށް ޖަވާބު ދެއްވުމަށް މުއިއްޒު ދެކޮޅު ހެއްދެވި އެވެ.

"އަޅުގަނޑުމެން ބައިބައި ކުރުމަށްޓަކައި ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެބަކުރޭ. އޭގެ ތެރެއިން އަޅުގަނޑާ ބެހޭ ޕޯސްޓުތައް ވެސް އަންނާނެ. މުއިއްޒުއާ ބެހޭވެސް, ޝިޔާމް, ސައީދު ވެސް" އަދުރޭ ވިދާޅުވި ގޮތުގައި ލީޑާޝިޕްގެ ބޭފުޅުންނަށް ކެމްޕޭން ކުރުމަކީ އާ ކަމެއް ނޫން ކަމަށެވެ.

ޕީޕީއެމުން ތަކުރާރުކޮށް, ޔަމީން ނޫން ކެންޑިޑޭޓެއް ނުނެރޭނެ ކަމަށް ތަކުރާރުކޮށް ބުނި ނަމަވެސް, އެ ޕާޓީގެ ބައެއް ސަޕޯޓަރުން އަންނަނީ އިތުރު ކެންޑިޑޭޓަކަށް ތާއިދު ކުރުމުގެ ވިސްނުން ފާޅުކުރަމުންނެވެ.

"ގްރާސްރޫޓް ލެވެލްގައި ތަފާތު ވާހަކަ ދައްކާނެ. އެއިން އެއްވެސް ބޭފުޅަކު ބޭނުމެއް ނުވާނެ ރައީސް ޔާމީން ނޫން އެހެން ބޭފުޅަކު ވެރިކަމަށް އަންނާކަށް" ސޯޝަލ މީޑިއާގަައި ދައުރުކުރާ އެ ވާހަކަ ތަކާ ބެހޭ ގޮތުން އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީގެ ސަޕޯޓަރުން އެހެން ކެންޑިޑޭޓުންގެ ވާހަކަދެއްކި ނަމަވެސް, އެއީ އެ ސަޕޯޓަރުން ބޭނުންވާނެ ގޮތެއް ނޫނެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ރަނިން މޭޓުގެ ގޮތުގައި ނިކުންނާނެ ބޭފުޅެއް ވެސް ކަނޑައަޅާނީ ރައީސް ޔާމީން ކަމަށެވެ. އަދި, އިންތިހާބާ ބެހޭ މިފަދަ ކަންކަމުގައި, ޔާމީންގެ ވިސްނުން ނޫން އެހެން އެއްވެސް ބެކަޕް ޕްލޭނެއް ވެސް ނުގެންގުޅޭ ކަމަށް ތަކުރާރުކޮށް އަދުރޭ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox