ޖަލު ހުކުމް ބާތިލުނުކުރާހާ ހިނދަކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ: ފުއާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެއަށް ގެނައުމަށް ފަހު މާފުށީ ޖަލަށް އަނބުރާ ގެންދަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެއަށް ގެނައުމަށް ފަހު މާފުށީ ޖަލަށް އަނބުރާ ގެންދަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަންނަ ސެޕްޓެމްބަރުމަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޕާޓީއަކުން ދިން އެންމެ ފުރަތަމަ ޓިކެޓަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެ ދެޕާޓީން އެރުވި ޓިކެޓެވެ. އެ މަނިކުފާނަށް ކެމްޕޭން ކުރަން ވެސް އެ ދެޕާޓީން މިހާރު ވަނީ ފަށައިފަ އެވެ.

އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ވ.އާރަށުގެ މައްސަލާގައި އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމެއް އެބަ އޮތެވެ. އެކަން އެހެން އޮތަސް ޕީޕީއެމް/ޕީއެެންސީން ތަކުރާރުކޮށް ބުނަމުން ގެންދަނީ އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީނު ކަމަށާއި އެކަމުގައި އެހެން ގޮތެއް ނެތް ކަމަށެވެ.

އެހެން ނަަމަވެސް އެކަން ވާން އޮތީ ހައިކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފު ޔާމީނަށް ކާމިޔާބުކުރެއްވިގެންނެވެ.

"އަދަދު"ގެ "އެތެރެފުށް" ޝޯގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގާ އެ ސުވާލުކުރުމުން އޭނާ ވިދާޅުވީ ޖަލުހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނުގެ ކެންޑިޑޭސީ އެކޮމިޝަނުން ބަލައިނުގަންނާނެ ކަމަށެވެ.

"[ޖަލުހުކުމް] ބާތިލުނުކުރާހާ ހިނދަގު ވާދައެއް ނުކުރެއްވޭނެ. ކެންޑިޑޭސީ ބަލައެެއް ނުގަންނާނެ. [ފޯމު] ސަބްމިޓް ކުރެއްވިދާނެ އެކަމަކު އަޅުގަނޑުމެން [އެ ކެންޑިޑޭސީ] ބަލައެއް ނުގަންނާނެ،" ފުުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގަައި ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވައިލާފައި އޮންނަ މުއްދަތުގެ ތެރޭގައި ޔާމީނުގެ ހުކުމް ބާތިލުކޮށްފި ނަމަ އެމަނިކުފާނުގެ ކެންޑިޑޭސީ ކޮމިޝަނުން ވަގުތުން ބަލައިގަންނާނެ އެވެ.

"ހުކުމް ބާތިލުކޮށްފިއްޔާ ހަމަ ޖެހިގެން އަންނަ ދުވަހު ވެސް އަޅުގަނޑުމެންނަށް [ކެންޑިޑޭސީ] ބަލައިގަނެވޭނެ،" ފުއާދު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެެންސީން ބުނަމުން އަންނަނީ ޔާމީނުގެ ކެންޑިޑޭސީ އީސީން ބަލައިނުގަނެފި ނަމަ ކޯޓަށް ދާނެ ކަމަށެވެ. ފުއާދު ވިދާޅުވި ގޮތުގައި އަދި ގާނޫނުގައި ވެސް އޮތް ގޮތުން، އެގޮތަށް ކޯޓަށް ދިއުމުން ކޯޓުން އަންގައިފި ނަމަ އީސީއަށް ޖެހޭނީ ޔާމީނުގެ ކެންޑިޑޭސީ ބަލައިގަންނާށެެވެ.

"[ހުކުމް ދެމި އޮތީތީ] ކެންޑިޑޭސީ ބަލައި ނުގަތުން ނުވާނެ ބާތިލު ނިންމުމަކަށް. އެހެން ނަމަވެސް އެ ނިންމުން ބަދަލުކުރަން ސުޕްރީމްކޯޓުން އަންގަވައިފިއްޔާ ދެން އަޅުގަނޑުމެން ޖެހޭނެ [ކެންޑިޑޭސީ ބަލައިގަންނަން،" ފުއާދު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީނަށް އިއްވާފައިވާ ޖަލުހުކުމް ހައިކޯޓުން ބާތިލުކުރާނެ އެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލެވޭހާ މޫސުމުގައި އިސްތިއުނާފުގެ ޝަރީއަތް ނިމޭނެ ކަމަށް ވެސް އެ ބޭފުޅުން ގަބޫލުކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox