ވިއްސާރާގައި 13 ރަށަކަށް ގެއްލުން

ވިއްސާރާގައި 13 ރަށަކަށް ގެއްލުން

މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ 13 ރަށަކުން 13 ގެއަކަށް ގެއްލުންތަކެއް ވެއްޖެ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އެމާޖެންސީ އޮޕަރޭޝަންސް މެނޭޖަރު "އަދަދު"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވިއްސާރާގައި ގެއްލުންވި ރަށްތަކުގެ ކައުންސިލުތަކާއި ގުޅިގެން އެ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންވި ރަށްތަކުގެ ތެރޭގައި ބ. މާޅޮސް، ޅ. ނައިފަރު، ހއ. އިހަވަންދޫ، ށ. ފުނަދޫ، ށ. ފީވައް، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ކ. މާފުށި، ކ. ތުލުސްދޫ، ކ. ދިއްފުށި، ކ. ހުރާ، ފ. ފީއަލި އަދި އއ. ފެރިދޫ ހިމެނެ އެވެ.

ވިއްސާރައިގެ ސަބަބުން ބ. މާޅޮހުން ތިން ގެޔަކަށް ފެންވަދެ، ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާއިރު ޅ. ނައިފަރުގެ ދެ ގެއެއްގެ ވަށާފާރު ވެއްޓި ގެއްލުންތަކެއް ވެފައިވާއިރު، އެއް ގެއެއްގެ ފުރާޅު ވަނީ އެއްލާލާފަ އެވެ

އަދި, ށ. ފުނަދޫގެ ބަނދަރުގެ ހުރި ހަޓެއް ވައިގެ ސަބަބުން ހަލާކުވެފައިވާއިރު، ފީވަކުން އެއް ގެއެއްގެ ފުރާޅު ވަނީ އެއްލާލާފަ އެވެ. އޭގެ އިތުރުން, ހަމަ އެ އަތޮޅު ކޮމަންޑޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށު ތެރޭގައި ފެންބޮޑުވެ، އެއް ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވެ އެވެ.

ވައިގަދަ ވުމުގެ ސަބަބުން ހއ. އިހަވަންދޫގައި ގަހެއް ވެއްޓިފައި -- ފޮޓޯ: އިހަވަންދޫ ކައުންސިލް
ވައިގަދަ ވުމުގެ ސަބަބުން ހއ. އިހަވަންދޫގައި ގަހެއް ވެއްޓިފައި -- ފޮޓޯ: އިހަވަންދޫ ކައުންސިލް

ވައިގަދަ ވުމުގެ ސަބަބުން ހއ. އިހަވަންދޫގައި ގަހެއް ވެއްޓިފައި -- ފޮޓޯ: އިހަވަންދޫ ކައުންސިލް

ހއ. އިހަވަންދޫގެ އެއް ގެއެއްގެ ފުރާޅު އެއްލާލުމުގެ ސަބަބުން މީހުންނަށް ވެސް ކުދިކުދި އަނިޔާތައް ލިބިފައިވާއިރު، އެއް ގެއެއްގެ އިންފާރު ވެއްޓިފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން މައުލޫމާތުދެ އެވެ. ވައިގަދަވުމުގެ ސަބަބުން ކ. ހުރާގެ ގެއަކުން ތިން ޓިނު ގަނޑު އެއްލާލާފައިވާއިރު، މާފުށި، ދިއްފުށި އަދި ތުލުސްދޫގައި ރުށްގަސް ވެއްޓުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.

އޭގެ އިތުރުން, ފ. ފީއަލީ, އއ. ފެރިދޫ އަދި ހދ. ކުޅުދުއްފުއްޓަށް ވެސް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފަ އެވެ.

މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް ވެސް ހިނގާފައިވާއިރު، ގައުމީ މޫސުމާއި ބެހޭ އިދާރާ (މެޓް) އިން ވަނީ ހުރިހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox