ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތާއެކު، ޔާމީންގެ ރިޔާސީ ކެމްޕެއިންގެ އަމަލީ މަސައްކަތް ފަށައިފި

ރައީސް ޔާމީންގެ ކެމްޕެއިނަށް ދޮރުން ދޮރުން ހިނގުމުގެ ހަރަކާތް ފެށުމުގެ ކުރިން ޓީމުތަކާ ބައްދަލުކުރުމުގެ ތެރެއިން -- ފޮޓޯ:ޕީޕީއެމް

ރައީސް ޔާމީންގެ ކެމްޕެއިނަށް ދޮރުން ދޮރުން ހިނގުމުގެ ހަރަކާތް ފެށުމުގެ ކުރިން ޓީމުތަކާ ބައްދަލުކުރުމުގެ ތެރެއިން -- ފޮޓޯ:ޕީޕީއެމް

މާލޭގައި ދޮރުން ދޮރަށް ހިނގައި އާންމުންނާ ބައްދަލުކުރުމުގެ ހަރަކާތަކާއެކު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ރަަައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ކެމްޕެއިންގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މިއަދު ހަވީރު ފެށި އެ ހަރަކާތުގައި ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ސެނެޓަރުންނާއި ދާއިރާތަކުގެ ރައީސުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންނާއި އާންމު މެމްބަރުން ވެސް ބައިވެރިވެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް ވިދާޅުވީ، މިއަދު ފެށުނު މާލޭގެ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތަކީ ވޯޓު ލެވޭ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ވާސިލްވެ، އެފަރާތްތަކާ ބައްދަލުކުރުމަށް ފެށޭ ހަރަކާތެއް ކަމަށެވެ.

"ވަރަށް އަވަހަށް ރަށްރަށުގެ ރައްޔިތުންނާ ހަމައަށް ދަތުރުތައް ވެސް ފެށިގެންދާނެ." ހީނާ ވިދާޅުވި އެވެ.

ޓިމުތަކާއެކު ބޭއްވި ބައްދަލުވުމަށްފަހު އަބްދުއްރަހީމް މީޑިއާތަކާ ވާހަކަ ދައްކަވަނީ
ޓިމުތަކާއެކު ބޭއްވި ބައްދަލުވުމަށްފަހު އަބްދުއްރަހީމް މީޑިއާތަކާ ވާހަކަ ދައްކަވަނީ

ޓިމުތަކާއެކު ބޭއްވި ބައްދަލުވުމަށްފަހު އަބްދުއްރަހީމް މީޑިއާތަކާ ވާހަކަ ދައްކަވަނީ

ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ފެށުމުގެ ކުރިން އެ މަސައްކަތް ކުރާ ޓީމުތަކާ އެކު ދޮންމަނިކު ރެސްޓޯރެންޓުގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމް/ޕީއެންސީ ހިންގެވުމާ ހަވާލުވެގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ހައި ކޯޓުން ޔާމީން މިނިވަންވެވަޑައިގަތުމުން ކެމްޕެއިން އިތުރު ގިއަރަކަށް ދާނެ ކަމަށެވެ.

"ހައި ކޯޓުގައި މިހާރު ހިނގަމުން އެދާ މައްސަލަ އިރާދަކުރެއްވިއްޔާ ނިމިގެންދާއިރު، ރައީސް ޔާމީން މައުސޫމް ބޭފުޅެއްގެ ގޮތުގައި ނުކުމެވަޑައިގަންނަވާނެ. ނުކުމެވަޑައިގަތުމާއެކު ކެމްޕެއިން އިތުރު ގިއަރަކަށް އޮޓަމެޓިކުން ދާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީން ޑިމޮކްރެޓުންނާ ގުޅިގެން މަސައްކަތް ކުރާއިރު، ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފި ނަމަ އެ މީހުންނާއެކު ކުރިއަށްދާނެތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ، ދެވަނަ ބުރަކަށް ދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ރައީސް ޔާމީނާއެކު ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.

ކެމްޕެއިން ފެށި ނަމަވެސް ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ކުރެވޭނެތޯ އޮތީ ސުވާލެއްގެ ތެރޭގަ އެވެ. ސަބަބަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލާފައިވުމުންނެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އަޑުއެހުންތައް ދަނީ ކުރިއަށެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނަގައި ފައިސާ ލޯންޑާ ކުރި ކަމަށް ބުނާ މައްސަލައެއް ވެސް ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox