ދެކުނުގެ ސަރަހައްދުތަކަށް މުޅި ހަފްތާގައި ވެސް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން "އަދަދު" އަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވީ، މި ހަފްތާ ތެރޭގައި ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
އަދި, މިއަދު މެޓް އޮފީހުން ނެރުނު ރީނދޫ ސަމާލުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ވެސް ބުނެފައިވެ އެވެ.
އެހެން ނަމަވެސް ބުރާސްފަތި ދުވަހުން ފަށައިގެން ވިއްސާރަ އަލިވާން ފަށާނެކަން މެޓް އޮފީހުގެ އޮފިޝަލް ފާހަގަކުރެއްވި އެވެ.
ގުުގުރުމާއެކު ބޯކޮށް ވާރޭވެހި ވަޔާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.














