ހުލާސާކޮށް އިއްޔެ: އިދިކޮޅުން އާ ކެންޑިޑޭޓެއް ނެރުމަށް ނަޝީދުގެ ނޫހުން ލިޔުމުން ޕީޕީއެމްގެ ހިތްހަމަނުޖެހުން

Jul 1, 2023, 1:04 AM
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ލިބޭ ހިޔާނާތުގެ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު އަނބުރާ މާފުށީ ޖަލަށް ގެންދަނީ. -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ލިބޭ ހިޔާނާތުގެ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު އަނބުރާ މާފުށީ ޖަލަށް ގެންދަނީ. -- ފޮޓޯ: އަދަދު

އެހެން ޕާޓީތަކުން, ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓުގެ ކެންޑިޑޭޓުގެ ވާހަކަ ދައްކަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އިދިކޮޅުގެ ބައެއް މެންބަރުން ނުރުހުން ފާޅުކޮށްފި އެވެ.

ޕީޕީއެމްގެ ބައެއް މެންބަރުން ހިތްހަމަނުޖެހުނީ, އެ ޕާޓީ އާއި ދަ ޑިމޮކްރެޓްސްއިން އެއް ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދާތީ އެވެ. އަދި, މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އިންތިހާބުގައި ވާދަނުކުރެއްވިއްޖެ ހާލަތެއްގައި ޕީޕީއެމް/ޕީއެންސީން އެހެން ކެންޑިޑޭޓެއްގެ ފަހަތަށް އަރާނެ ކަމަށް ބުނަމުން ދާތީ އެވެ.

"ނަޝީދެއްވެސް ނޫން! ޔާމިނެއްވެސް ނޫން! ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއް.." މި ސުރުހީގައި އިއްޔެ ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އޯޝަން ވީކްލީ ނޫހުގައި ލިޔުމެއް ވެސް ޝާއިއުކޮށްފަ އެވެ.

މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ, ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ޕާޓީއަކުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ދެއްކި ކެންޑިޑޭޓު ކަމަށެވެ. އަދި ނިންމުން ބަދަލުނުވާކަން ހާމަކުރައްވަމުން އޭނާ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިލާއިރު, އެންމެ ފުރަތަމަ އިލެކްޝަން ކޮމިޝަނަށް ވަންނާނެ ކެންޑިޑެސީ ފޯމަކީ ރައީސް ޔާމީންގެ ފޯމު ކަމަށް ވެސް ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވި އެވެ.

އެ ޕާޓީއަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވީ, ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އަދި, އެހެން ޕާޓީތަކުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓުގެ ވާހަކަ ދައްކަން ޖެހޭ ސަބަބެއް މެދުވެރިވެފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ރައީސް ޔާމީން ނޫން ކެންޑިޑޭޓަކު ނެރެން ގަސްތު ނުކުރާކަމަށް ތަކުރާރުކޮށް އެ ޕާޓީގެ މެންބަރުން ވިދާޅުވަމުން ދިޔަ ނަމަވެސް, އެ ޕާޓީން ވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އެ މަގާމުން ދުރުކުރުމަށް ދަ ޑިމޮކްރެޓްސްއާއެކު އިއްތިހާދުވެފަ އެވެ. އެއާއެކު, ދެ ޕާޓީން ގުޅިގެން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

"ސަރުކާރު ބަދަލުކުރަން ކުރަން ޖެހުނު ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނެ ހަމަ އެކުއެކީގައި. އެހެންވީމާ ކޮންމެ ކަމެއް ވެސް އެއީ ހަމަ ޕޮސިބަލް ކަންކަން އިނގޭތޯ،" ދެ ޕާޓީގެ މަޝްވަރާތަކަށްފަހު މީގެ ކުރިން ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިމޮކްރެޓްސްގެ ފަރާތުން އިންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވި އެވެ.

ދެ ޕާޓީން އަތުގުޅާލައިގެން ތިބީ, ރައީސް ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށެވެ. ނަމަވެސް އެކުގައި މަސައްކަތް ކުރައްވާނީ ދެ ޕާޓީން އެއްބަސްވެވޭ ކަންކަމުގައި ކަމަށް ދަނީ ބުނަމުންނެވެ.

ޕީޕީއެމް އާއި ޑިމޮކްރެޓްސްއިން ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާއިރު, އެ ދެ ޕާޓީން ވެސް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރެން ނިންމާފަ އެވެ. އެގޮތުން ޕީޕީއެމުން ރައީސް ޔާމީން ނެރެން ނިންމާފައިވާއިރު, ބެލެވޭ ގޮތުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓަށް ވާނީ ރައީސް ނަޝީދެވެ.

މުހިންމު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން

ދުވަހުގެ ކޯޓޭޝަން

ބޮޑު އީދު ފާހަގަ ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު ހަވީރު ޕީޕީއެމް/ޕީއެންސީން "އިންޑިއާ އައުޓް" ކެމްޕޭން ބޭނުންކޮށްގެންނާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީގެ "މާލި"އެއް ނެރުމުން އެކަން ކުށްވެރުކޮށް ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ،

ބޮޑު އީދު ފަދަ އުފަލާއި ހިތްހަމަޖެހުން ގެނުވައިދޭ މުނާސަބަތެއްގައި ހިންގި މިފަދަ ގަދަރު ކުޑަ އަމަލުތަކުން ހަމައެކަނި ހިތްވަރުދެވެނީ ނަފްރަތަކަށް ނޫން. މިއީ ރުޅިވެރިކަން ފަތުރައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ގާތް ގުޅުން ނައްތާލުމަށް ކުރި ކަމެއް,"

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox