އިދިކޮޅަށް ސިޔާސީ އީދެއް، ނެރުނީ މޯދީގެ މާލި!

ޕީޕީއެމުން މާލޭގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިފަކުރާ މާސްކް އަޅައިގެން ބަޔަކު ހިނގަނީ. ފޮޓޯ: ސޯޝަލް މީޑިއާ

ޕީޕީއެމުން މާލޭގައި މިއަދު ކުރިއަށް ގެންދިޔަ ހަރަކާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސިފަކުރާ މާސްކް އަޅައިގެން ބަޔަކު ހިނގަނީ. ފޮޓޯ: ސޯޝަލް މީޑިއާ

ބޮޑުއީދުގައި ރާއްޖޭގެ ގިނަ ރަށްރަށުގައި ކުރިއަށް ގެންދާ އެއް ހަރަކާތަކީ މާލި ނެރުމެވެ. ގިނަ ރަށްރަށުގައި އެ ހަރަކާތް ކުރިއަށް ގެންދަނީ ވެސް މިއަދު، [އައްޔާމުއް ތަޝްރީގުގެ ތިން ދުވަހުގެ ތެރެއިން ފުރަތަމަ ދުވަހު] އެވެ. މާލޭގައި ވެސް މިއަދު މާލި ނެރުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު އީދަކާ ގުޅޭކަމެއް ނޫނެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތެކެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ކުރިއަށް ގެންދާ ކަމަށް އެ ދެޕާޓީން ބުނާ "އިންޑިއާ އައުޓް ހަރަކާތް" މާލޭގައި މިއަދު ކުރިއަށް ގެންދިޔައީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ "މާލި"ތަކަކާ އެކުގަ އެވެ. ސަރުކާރާ ދެކޮޅަށް އިދިކޮޅުން ތައްޔާރުކޮށްފައިވާ ލަވަތައް އަޑުގަދަކޮށް ޖަހަމުން، އެ ލަވަތަކުގެ މިއުޒިކާ އެއްގޮތަށް ހަރަކާތްތެރިވި މާލިތައް ތިބީ މުޅި ގައިގައި ހުދު ފޮތި އޮޅައި، ،މޯދީއާއި ރައީސް ސޯލިހުގެ ފޮޓޯތަކުން ތައްޔާރުކޮށްފައިވާ މާސްކްތައް އަޅައިގެންނެވެ.

ޕީޕީއެމްގެ ސެނެޓަރު އިބްރާހީމް ރައްޒާން "އަދަދު" އަށް ވިދާޅުވި ގޮތުގައި މިއަދު އެގޮތަށް މާލި ނެރުނީ މާލޭގެ ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ނެރުނު ލިސްޓްގައި އިންޑިއާ މީހުން ހިމެނުމުން، އެކަމުގައި ރައްޔިތުންގެ ހުރި "އިހުސާސްތައް" ސަރުކާރަށް އަންގައިދޭށެވެ.

"މިއަދު ހާއްސަކޮށް މިގޮތަށް މާލި ނެރުނުނީ ގޯތި ލިސްޓްގައި އިންޑިއާމީހުން ހިމެނުމުން، ދިވެހި ރައްޔިތުންގެ [ހުރި] އިހުސާސްތައް ސަރުކާރަށް ނޭނގިދާނެތީ އެކަމުގައި ރައްޔިތުންގެ އަޑު އުފުލައިދޭން ވެގެން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރަށް ތާއީދުކުރާ ބައެެއް މީހުން ބުނާ ގޮތުގައި އިންޑިއާ އައުޓް ހަރަކާތް އިތުރަށް ވަރުގަދަކުރަން ޕީޕީއެމް/ޕީއެންސީއަަށް މިހާރު ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ. އެއީ އަލަށް އުފައްދާ ދަ ޑިމޮކްރެޓްސް، އިން އެ ދެޕާޓީއާ ކުރާ މަޝްވަރާއަށް ހުރަސް އެޅޭ ކަމެއްގެ ގޮތުގައި އެ ހަރަކާތް އޮތް އޮތުން ނިމިފައި ވާތީ އެވެ.

ޑިމޮކްރެޓުން އެންމެ ފަހުން ބުނެފައި އޮތީ ޕީޕީއެމުން ކުރާ އެފަދަ ކަންތައްތަކަށް ދޫ ދީގެން ވެސް އެކުގައި މަސައްކަތް ކުރަން އެޕާޓީ އޮތީ ތައްޔާރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox