ހުލާސާކޮށް އިއްޔެ: ފަޅު ވިއްކުން ހުއްޓުވުމާއި މަޖިލީހުގެ މައްސަލައިގައި ގާސިމްގެ ނުރުހުން ރައީސް ސޯލިހަށް

Jun 25, 2023, 1:25 AM
ރައީސް ސޯލިހު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ރައީސް ސޯލިހު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިޔަފާރި މުއާމަލާތެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާފައި ވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ފާޅުގައި ފާޑުވިދާޅުވެފައި ނެތް މިންވަރަށް ހޫނުކޮށް ރައީސް ސޯލިހަށް ގާސިމް ފާޑުވިދާޅުވީ އިއްޔެ ބޭއްވި ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލްގެ ބައްދަލުވުމުގަ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ ވާދަ ކުރައްވަން ނިންމަވާފައިވާ ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް މަހުޖަނު ގާސިމް ވިދާޅޫވީ ރައީސް ސޯލިހު "މަތިމައްޗަށް ގޯސް ހައްދަވަމުން" ކަމަށާއި އެމަނިކުފާނު "މިހާރު ގެއަށް ކަނޑާލަން" ޖެހޭ ކަމަށެވެ.

މީގެ ކުރިން 2008، 2013 ގައި ވެރިކަމަށް ވާދަކޮށް ނާކާމިޔާބުވެވަޑައިގެންނެވި ގާސިމް އިއްޔެ މައިގަނޑު ގޮތެއްގައި ނުރުހުން ފާޅުކުރެއްވީ ވިލާ ގްރޫޕަށް ދީފައި އޮތް ކ. ވާވެއްދި ފަޅު ހިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައިވާތީ އާއި މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާތީ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެކަންކަން ކޮށްފައިވަނީ ރައީސް ސޯލިހުގެ ސަރުކާރުންނެވެ.

"ޅަ އިހަލުން ހަރު އެއްޗެހި އަޅަމުން އަޅަމުން ގޮސް މިހާރު ނެތް ގޮބޮޅިއެއްވެސް އަޅާކަށް. ދެން މަނިކުފާނު އެހެންވީމާ އިތުރަށް ކުރިމަތިލައްވައިގެން ތިމަންނާ ވެރިކަމަށް ވަޑައިގަންނަވަންށޭ ކިޔާފައި އުޅުއްވުމުގެ މާނައެއް ނެތް. ރައްޔިތުންނަށް މިއަދު ސާފުވޭ," ރައީސް ސޯލިހަށް ބަހުގެ ހޫނު ހަމަލާތަކެއް އަމާޒު ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.

އެގޮތުން, ވާވެއްދި ފަޅު ވިއްކުން ހުއްޓުވާފައި ވަނީ ސީދާ ސަރުކާރުގެ ނުފޫޒުގެ ތެރެއިން ކަމަށް ގާސިމް ތުހުމަތު ކުރެއްވި އެވެ. އެގޮތުން, ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

ޗީފް އޮފް ސްޓާފް ކަމަށްވިޔަސް އެހެން ސްޓާފެއް ވިޔަސް މައްސަލައެއް ނެތޭ. ކުރަން ޖެހޭ ކަންކަމާއި ކުރަން ނުޖެހޭ ކަންކަން އެބަ ހުރި. ދުވާލަކު އެއް ފަހަރު ގުޅައޭ އެކަން ނުކުރާށޭ ކިޔާފަ މުއައްސަސާތަކުގެ ވެރިންނަށް," އަލީ ޒާހިރަށް ތުހުމަތު ކުރައްވައި އޭނާ ވިދާޅުވި އެވެ.

ދާދިފަހުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް މަޖިލީހުގައި ދެއްކެވި ވާހަކައަކާ ގުޅުވައި ގާސިމް ވަނީ ރައީސްއަށް ރައްޔިތުންގެ އިތުބާރު އެބަ އޮތްތޯ ވިދާޅުވެ ސުވާލު އުފައްދަވާފަ އެެވެ. މަޖިލީހުގައި އަސްލަމް ވިދާޅުވީ "ބާރުވެރިިކަމުގައި މަޖިލިސް ތަޅު އަޅުވައިގެން އުޅުނަސް އިތުބާރު އޮތް ކަމަކަށް ނުވާނެ" ކަމަށެވެ.

"ރައްޔިތުންގެ އިތުބާރު އެބަ އޮތްތޯ ރައީސުލްޖުމްހޫރިއްޔާއަށް. އަޅުގަނޑު މިވާހަކަ ދެއްކީމާ ޔަގީން މާދަމާ ފުލުސް އޮފީހަށް ހާޒިރުވެސް ކޮށްފާނެ. ދަންނަވަންތޯ ވާހަކައެއް. އަޅުގަނޑު އެތަނަށް ގެންގޮސް ލިޔަސް މާ ގިނަ ދުވަހު ނޭނގެ ދުނިޔޭގަ ހުންނާނެ ކަމެއް ވެސް. އަޅުގަނޑު ޖަލަށް ނުލައެއް ކޮންމެ ވެރިކަމަކަށް ވެސް ފަރެއް ނުޖެއްސޭނެ," ގާސިމް ޖޯޝުގައި ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވުމުން ކައުންސިލުގައި ބައިވެރިވި ބައެއް މެމްބަރުން "ނެތޭ" ވިދާޅުވާ އަޑު އިވެ އެވެ.

އަދި, ސަރުކާރުތަކުން އެހެން އަމަލުކުރަނީ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް ހަގީގަތް ބުނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ގާސިމް ވަރަށް ބޮޑަށް ފާޑުވިދާޅުވި އިރު މިހާރު ހިނގަމުންދާ ސަރުކާރުގައި ޖޭޕީގެ ހިއްސާ އެބައޮތެވެ. އެ ޕާޓީގެ ސްލޮޓުތަކުގައި މިނިސްޓަރުން ވެސް އެބަ ތިއްބެވި އެވެ. އެގޮތުން, ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނަކީ ވެސް ޖޭޕީގެ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.

"ކޮން ކޯލިޝަނެއްތޯ އޮތީ. އަލީ ހަމީދު ވެސް ގަންނާނެ ކުރައްވާ ބިރުން އެ ޕާޓީއަށް ސޮއިކޮށްފި.... ލަދެއް ހަޔާތެއް ހުންނަން ޖެހޭނެ ދޯ ސަމީރެއް ކަމަކު އަދި އެހެން މީހެއް ކަމަކު. އެ ހިސާބަށް ދިޔައީމާ ދަންނަވާލަން ބޭނުންވަނީ ބޭފުޅުންނޭ މިއަދެއް އެކަންޏެއް ނޫނޭ. މާދަމާ ވެސް އެބަ އޮތޭ," ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ހުންނެވި އަހްމަދު ސަމީރު ޖޭޕީގެ މެމްބަރުން އެހެން ޕާޓީއަކަށް ގެންދިޔުމަށް މަސައްކަތްކުރެއްވި ކަމަށް ވިދާޅުވެ ގާސިމް ފާހަގަކުރެއްވި އެވެ

ރައްޔިތުންނާ ހަމައަށް ގެނެސްދޭން ޖެހޭ ބައިވަރު ވާހަކަ ހުރި ކަމަށާއި މަގުމައްޗަށް ނުކުންނަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ޖޭޕީގެ ލީޑަރު އިއްޔެ ވިދާޅުވި އެވެ.

އެމްޑީޕީއާ އެކު ކޯލިޝަން ހަދައިގެން 2023 ގައި ވާދަކުރުމުގެ ދައުވަތު ވެސް ރައީސް ސޯލިހު ގާސިމަށް ދެއްވި އެވެ. އެކަމަކު ޖޭޕީގެ ކޮންގްރެސްއިން ނިންމީ އިންތިހާބުގައި ވަކިން ވާދަކުރާށެވެ. ޖޭޕީގެ ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގެން ގާސިމް ވެސް ވަނީ ކެމްޕޭން ފައްޓަވާފަ އެވެ.

ގާސިމް ވަނީ 2008 އަދި 2013 ގައި އިންތިހާބުގައި ވާދަކުރައްވާފަ އެވެ. އެ ދެ ފަހަރު ވެސް ފުރަތަމަ ބުރުން ނާކާމިޔާބުވެވަޑައިގެން ގާސިމް ގުޅިވަޑައިގަތީ ވެރިކަމަށް އައި ކޯލިޝަންތަކާ އެކު އެވެ. އެކަމަކު, ހިޔާލު ތަފާތުވުންތައް ގިނަވެ އެ ދެ ފަހަރު ވެސް ކޯލިޝަނުން ޖޭޕީ ވަކިވީ އެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އެއް ކޯލިޝަނެއްގައި ޖޭޕީން މިހާ ގިނަ ދުވަހު މަޑުކުރި ފުރަތަމަ ފަހަރެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

މީގެ ކުރިން ސިޔާސީ ބައެއް ބޭފުޅުންނާއި ޕާޓީތަކުން ސަރުކާރަށާއި ރައީސް ސޯލިހަށް ފާޑުވިދާޅުވިއިރު، ގާސިމް ހުންނެވީ ސަރުކާރާއެކު އެއްވެސް ގޮތަކަށް ފާޅުގައި ފާޑުވިދާޅުނުވެ އެވެ. ރައީސް ސޯލިހާ ގާސިމް ވެސް ވާދަކުރައްވާ އިންތިހާބު ގާތްވަމުން އަންނައިރު، އޭނާ ވިދާޅުވީ،

ރައްޔިތުންގެ ފަރާތުން މަންދޫބުން ތިބޭ ތަން މިއަދު އެ ހުރީ ތަޅުލެވިފައި. ގާނޫނީ ހުސްކަމެއްގެ ތެރެއަށް ކޮންތަނެއްތޯ ނުވަދެ އޮތީ. ވިސްނާވަޑައިން ބައްލަވާ. ކޮބާތޯ ދައުލަތުގެ ވެރިޔާ ކުރެއްވި ކަން. ކޮބައިތޯ ސަރުކާރުގެ ވެރިޔާ ކުރެއްވި ކަންތައްތައް. ބަލާބަލަ,"

ދުވަހުގެ ފޮޓޯ

އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސަރަހައްދީ ފުޓުބޯޅަ މުބާރާތް، ސާފު ޗެމްޕިއަންޝިޕްގައި އިއްޔެ އިންޑިއާ އާއި ނޭޕާލް ބައްދަލުކުރި މެޗްގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސަރަހައްދީ ފުޓުބޯޅަ މުބާރާތް، ސާފު ޗެމްޕިއަންޝިޕްގައި އިއްޔެ އިންޑިއާ އާއި ނޭޕާލް ބައްދަލުކުރި މެޗްގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސަރަހައްދީ ފުޓުބޯޅަ މުބާރާތް، ސާފު ޗެމްޕިއަންޝިޕްގައި އިއްޔެ އިންޑިއާ އާއި ނޭޕާލް ބައްދަލުކުރި މެޗްގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox