އަލިފާނުގެ ހާދިސާތައް އިތުރުވެ، ގެއްލުން ފޫބައްދަން ކުރާ ހަރަދު ވެސް އިތުރުވަނީ

ފިއްލަދޫގައި ހިނގި އަލިފާނުގެ ހާދިސާ؛ އެންޑީއެމްއޭއިން ބުނީ އަތޮޅުތެރެއިން މިފަދަ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ވެސް އިތުރު ކަމަށް -- ފައިލް ފޮޓޯ

ފިއްލަދޫގައި ހިނގި އަލިފާނުގެ ހާދިސާ؛ އެންޑީއެމްއޭއިން ބުނީ އަތޮޅުތެރެއިން މިފަދަ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ވެސް އިތުރު ކަމަށް -- ފައިލް ފޮޓޯ

މިއަހަރުގެ މިހާތަނަށް އަލިފާނުގެ ހާދިސާތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީގެ ގޮތުގައި އެއް މިލިއަނަށްވުރެ ގިނަ ފައިސާ ހޭދަވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އަހަރުގެ މިހާތަނަށް ހިނގި އަލިފާނުގެ ހާދިސާތަކުގެ އަދާހަމަ އެންޑީއެމްއޭއިން އާންމުކުރީ މިއަދެވެ. އެ އޮތޯރިޓީއިން ބުނީ މިހާތަނަށް އަތޮޅު ތެރޭގެ އަށް ރަށެއްގެ އަށް ގެއެއްގައި އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ. އަދި އެ ގެތަކުގައި ދިރިއުޅޭ މީހުންނަށް ލިބުނު ގެއްލުމުން އަރައިގަތުމަށް ޖުމްލަ 1،125940ރ. އެހީގެ ގޮތުގައި ހޭދަކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ރަށްތަކާއި ފޯރުކޮށްދިން އެހީތެރިކަން

  1. ރ. އުނގޫފާރު -- 86630ރ.
  2. ސ. ފޭދޫ -- 179400ރ.
  3. ހދ. މަކުނުދޫ -- 160441ރ.
  4. ހދ. ނެއްލައިދޫ -- 35655ރ.
  5. ސ. ހިތަދޫ -- 191640ރ.
  6. ހއ. ފިއްލަދޫ -- 227872ރ.
  7. ގދ. ގައްދޫ -- 81281ރ.
  8. އއ. ތޮއްޑޫ -- 163020ރ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި އަލިފާނުގެ ހާދިސާތަކުގައި ގެދޮރަށް ގެއްލުންވެގެން ރިޕޯޓުކުރި އަދަދު އިތުރު ކަމަށް އެ އޮތޯރިޓީ އިން ބުނެ އެވެ.

މިހާތަނަށް އެންމެ ގިނަ އަލިފާނުގެ ހާދިސާ ރިޕޯޓުކޮށްފައި ވަނީ 2022 ގަ އެވެ. އެ އަހަރު ޖުމްލަ 65 ހާދިސާއެއް ހިނގި އެވެ. އޭގެ އިތުރުން 2019 ގައި 14 ހާދިސާއެއް، 2020 ގައި އަށް ހާދިސާއެއް އަދި 2021 ގައި 16 ހާދިސާއެއް ހިނގާފައި ވެއެވެ.

މިއަހަރުގެ ޖޫން މަހާއި ހަމައަށް އެކަނިވެސް 31 ހާދިސާއެއް ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން އާންމުކުރި ތަފާސްހިސާބުން ދައްކަ އެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާތަކުގައި ގެއްލުން ލިބުނު މީހުންނަށް އެހީގެ ގޮތުގައި 19.23 މިލިއަން ރުފިޔާ ވަނީ ފޯރުކޮށްދީފަ އެވެ.

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި އަގުބޮޑެތި މުދަލާއި ގޯތި ގެދޮރު އިންޝުއަރެންސް ކުރުމަށް އެންޑީއެމްއޭއިން އިލްތިމާސްކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox