އެމްއެމްޕީއާރްސީގެ މައްސަލައިގައި ނާޒިމާ ސުވާލު ކުރުމުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ތުހުމަތު

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް: އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އޭސީސީއަށް ހާޒިރު ކުރީ ސަރުކާރުގެ ނުފޫޒުން ކަމަށް -- އަދަދު ފޮޓޯ: އަބްދުﷲ އިޔާން

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް: އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އޭސީސީއަށް ހާޒިރު ކުރީ ސަރުކާރުގެ ނުފޫޒުން ކަމަށް -- އަދަދު ފޮޓޯ: އަބްދުﷲ އިޔާން

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމްއާ އިއްޔެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ސުވާލުކުރުމުން، އެއީ ސިޔާސީ ބައެއްގެ ބާރުން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކުރި ކަމެއް ކަމަށް ނާޒިމް ތުހުމަތުކުރައްވައިފި އެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަން ހިންގި އިރު ޑިފެންސް މިނިސްޓަރަކަށް ހުންނެވި ނާޒިމް އިއްޔެ އޭސީސީއަށް ހާޒިރުރުމާ ގުޅޭގޮތުން އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ކޮރަޕްޝަންގެ މައްސަލައިގައި އޭނާއާ ސުވާލުކުރަން މިދިޔަ އަންގާރަ ދުވަހާއި ބުދަ ދުވަހު އޭނާ އޭސީސީއަށް ހާޒިރުކޮށްފައިވާ ކަމަށެވެ.

އެ ބަޔާނުގައި ނާޒިމް ވިދާޅުވީ، ރިޔާސީ އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް، މީގެ ނުވަ އަހަރު ކުރިން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާ އޭސީސީއަށް ހާޒިރުވާން އެންގީ، ސިޔާސީ ގޮތުން އޭނާ ކުރަމުން އަންނަ މަސައްކަތް ރައްޔިތުން ބަލައިގަންނަމުންދާތީ، އޭނާގެ އަގުވައްޓާލައި އޭނާއަށް ކުރަމުންދާ ތާއީދު ކަނޑުވާލުމުގެ ނިޔަތުގައި ސިޔާސީ ބައެއްގެ ނުފޫޒުން ކަމަށެވެ.

"މިއީ ސިދާ ގޮތުން މިއަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުވުމަށް ސަރުކާރު ފަހަތުގައި އޮވެގެން ކުރައްވާ ކަމެއް ކަމުގައި ވެސް އަޅުގަނޑު ދެކެމެވެ." ނާޒިމްގެ ބަޔާނުގައިވެ އެވެ.

ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ނާޒިމް ވިދާޅުވީ، މިނިވަން މުއައްސަސާތައް ބޭނުންކޮށްގެން ސަރުކާރު އަޑީގައި އޮވެގެން ރިޔާސީ ކެންޑިޑޭޓުންނަށް ކުރާ ފިނޑި އަމަލުތައް ބަލައިނުގަންނަ ކަމަށެވެ.

ނާޒިމް ވިދާޅުވީ، އޭނާ ދައުލަތަށް ހިދުމަތްކުރި 30 އަހަރުގެ ތެރޭގައި އޭނާ ދުވަހަކު ވެސް ފައިސާގެ ނުވަތަ ހިޔާނާތުގެ މައްސަލައެއްގައި ޖެހިފައިނުވާއިރު، މިނިވަން މުއައްސަސާއެއް މެދުވެރިކޮށް ސަރުކާރުން ހިންގާ އެފަދަ އަމަލުތަކަކީ ރައްޔިތުން ގަބޫލުކުރާނެ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި ދައުލަތް ހިންގަމުންދާ ގޮތުން، މިނިވަން މުއައްސަސާއަކަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލި، އެފަދަ މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުން ހުއްޓާލައި، މިނިވަން އިންތިހާބަކަށް ފުރުސަތު ދެއްވުމަށް ވެސް ނާޒިމް ގޮވާލެއްވި އެވެ. އަދި އޭސީސީ ފަދަ މިނިވަން މުއައްސަސާތަކުން ސިޔާސީ ނުފޫޒުގައި ނުޖެހި، މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ.

ރިޔާސީ އިންތިހާބަށް އެމްއެންޕީއިން ކުރާ "އުޖާލާ ޒަމާން" ކެމްޕެއިން އިފްތިތާހުކޮށް، ނާޒިމަށް ރިޔާސީ ޓިކެޓް ދިނީ މެއި 27 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox