ކޮމިޓީތަކުގެ ނިސްބަތަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

ކޮމިޓީތަކުގެ ނިސްބަތަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ މެމްބަރުންގެ އަދަދަށް އައި ބަދަލާއި ގުޅިގެން ހުއްޓިފައި އޮތް ކޮމިޓީތަކުގެ މަސައްކަތް އަލުން ފެށުމަށް ގަސްތުކޮށް ކޮމިޓީތަކުގައި މެމްބަރުން ނިސްބަތްވާނެ މިންވަރު ކަނޑައެޅުމަށް ބަހުސް ކުރުމަށް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމެން 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް، މަޖިލީހުގެ މަސައްކަތް މުޅިން ހުއްޓުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބުރައީސް އީވާ ވަކިކުރުމުގެ މައްސަލަ އެމްޑީޕީން ހުށަހެޅުމާ ގުޅިގެން ނަޝީދު ނިންމެވި ނިންމެވުމެއްގެ ސަބަބުންނެވެ.

އެމަނިކުފާނު ނިންމެވީ މަޖިލީހުގެ ރިޔާސަތު ބެލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. މަޖިލީހުގައި އެންމެ ފަހުން ބޭއްވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ނަޝީދު ކަނޑައެޅުއްވި ގޮތަށް، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

އެހެން ނަމަވެސް, އެގޮތަށް ރިޔާސަތު ހަވާލުކުރާ މެމްބަރަކަށް ވިދިވިދިގެން ތިން ޖަލްްސާއަށް ވުރެ އިތުރަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ ގަވައިދުގައި އޮވެ އެވެ. އެކަން އެހެން އޮތް އިރު ރިޔާސަތު ބަލަހައްޓަވާނެ މެމްބަރަކާ ގުޅޭ ގޮތުން ނަަޝީދު އާ ނިންމެވުމެއް ނުނިންމަވަ އެވެ. އެހެންވެ މަޖިލީހުގައި މިދިޔަ ދެ ދުވަހު އެއްވެސް މަސައްކަތެއް ނުހިނގަ އެވެ.

އީވާގެ މައްސަލަ ކުރިއަށް ނުގޮސް އޮތީ އެމްޑީޕީން 14 މެމްބަރަކު މިހާރު ވަކިވުމުން ކޮމިޓީތަކުގެ ނިސްބަތަށް ބަދަލު އަންނާތީ އާންމު ކޮމިޓީ އަލުން އެކުލަވާނުލެވިގެންނެވެ. އެކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާއިން ވެސް ހައްލެއް މިހާތަނަށް ހޯދިފައި ނުވެ އެވެ.

މާދަމާ އޮންނަ މަޖިލިސް ޖަލްސާގެ އެޖެންޑާ މިހާރު ވަނީ މަޖިލިސް ސައިޓުގައި އާންމުކޮށްފަ އެވެ. އޭގައިވާ ގޮތުން މާދަމާގެ ޖަލްސާގައި އޮންނާނީ ކޮމިޓީތަކުގައި ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުން ތަމްސީލުކުރާ ނިސްބަތަށް ގެނެވޭ ބަދަލާ ގުޅޭގޮތުން ބަހުސް ކުރުމެވެ.

އަދި, ބަހުސަށް ފަހު އިސްލާހުތައް ހުށަހެޅުމަށް މުއްދަތެއް ދިނުމަށް ފަހު, ހުށަހަޅާ އިސްލާހަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ދީ, އެ އިސްލާހުތަކަށް ވޯޓަށް އެހުމާއި, ކޮމިޓީތަކުގައި މެމްބަރުން ތަމްސީލު ކުރާނެ ނިސްބަތާ މެދު ގޮތެއް ނިންމުން އޮންނާނީ ދެން އޮންނަ ޖަލްސާއެއްގައި ކަމަށް ވެސް އެޖެންޑާގައި ބަޔާންކޮށްފައިވެ އެވެ.

ސަރުކާރުން ހިންގާ މައި ޕާޓީ, އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި މަޖިލިސް ހުއްޓުވާފައި ވަނީ ނަޝީދަށް ލިބިވަޑައިގެންފައިވާ ބާރުގެ ތެރެެއިންނެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން މަޖިލިސް ހުއްޓުވާފައި ވަނީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އޯޑަރަށް, އެމްޑީޕީންނެވެ.

މަޖިލީހުގައި އެޅުވިފައިވާ މަރުތަޅު ނެއްޓުމަށް ނަޝީދު ހުށަހެޅުއްވި ހައްލަކީ އިތުބާރުގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެއް ނެގުމެވެ. އެއަށްފަހު އަނެއް މައްސަލަ ކުރިއަށްގެންގޮސް ގޮތެއް ނިންމައިގެން މެނުވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްނުގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox