އަންނަ ހަފުތާގައި ބޭންކުތައް ހުޅުވާނީ ހަމައެކަނި ހޯމަ ދުވަހު

ރާއްޖޭގެ މަރުކަޒީ ބޭންކު، އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވާނީ ހަމައެކަނި އަންނަ ހަފުތާގެ ހޯމަ ދުވަހު އެކަނި -- ފޮޓޯ: އަދަދު

ރާއްޖޭގެ މަރުކަޒީ ބޭންކު، އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކުގެ ތެރެއިން ބޭންކުތައް ހުޅުވާނީ ހަމައެކަނި އަންނަ ހަފުތާގެ ހޯމަ ދުވަހު އެކަނި -- ފޮޓޯ: އަދަދު

އަންނަ ހަފުތާގައި ބޭންކުތައް ހުޅުވާނީ ހަމައެކަނި ހޯމަ ދުވަހު ކަމަށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގެ ހިދުމަތް ދެމުން އަންނަ ބީއެމްއެލް އާއި އިސްލާމިކް ބޭންކުން ބުނެފި އެވެ.

މި ހަފުތާގެ ހުކުރު ދުވަހުން ފެށިގެން އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދު ކުރުމަށް ސަރުކާރުން ނިންމީ އަޟްހާ އީދުގެ މުނާސަބަތުގަ އެވެ. އެ ހަފުތާގެ ހޯމަ ދުވަހު އިސްލާމިކް ބޭންކު ހުޅުވުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ. ބީއެމްއެލް ހުޅުވާނީ އެދުވަހުގެ ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށެވެ.

އީދު ބަންދާ ގުޅިގެން އަންނަ ހަފުތާގެ އަށް ދުވަހު ބޭންކުތައް ބަންދު ކުރަން ނިންމާފައި ވީނަމަވެސް އެ ދުވަސްތަކުގައި ކޯލް ސެންޓަރުގެ ހިދުމަތާއި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ލިބޭނެ ކަމަށް އެ ދެ ބޭންކުން ވެސް ބުނެ އެވެ.

އެހެންކަމުން, އެ ދެ ބޭންކުން ވެސް ވަނީ ބަންދު ދުވަސްތަކުގައި ޑިޖިޓަލް ބޭންކިންގެ ހިދުމަތް ހޯދުމަށް އިލްތިމާސް ކޮށްފަ އެވެ. އެގޮތުން, އިސްލާމިކް ބޭންކު އަދި ބީއެމްއެލްގެ އޭޓީއެމްތަކުގެ ހިދުމަތް ވެސް މެދުނުކެނޑި 24 ގަޑިއިރު ލިބޭނެ ކަމަށް އެ ބޭންކުތަކުން ބުނެ އެވެ.

ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ބީއެމްއެލްއިން ވެސް އަދި އިސްލާމިކް ބޭންކުން ވެސް ވަނީ ދެ ޗެޓު ބޮޓު ތައާރަފުކޮށްފަ އެވެ. އެ ބޮޓުތައް މެދުވެރިކޮށް އަންނަ އީދު ބަންދުގައި ކަސްޓަމަރުން ބޭނުންވާ ހުރިހާ މައުލޫމާތެއް ސާފު ކުރެވޭނެ ކަމަށް އެ ދެ ބޭންކުން ވެސް ބުނެ އެވެ.

މިއަހަރުގެ އަޟްހާ އީދު ދުވަސް ދިމާވަނީ އަންނަ ހަފުތާގެ ބުދަ ދުވަހާ އެވެ. ބީއެމްއެލް އަދި އިސްލާމިކް ބޭންކުން އަންނަ ހަފުތާގައި ހިދުމަތް ދޭނެ ދުވަސްތަކުގެ މައުލޫމާތާ އެކު އެ ދެ ބޭންކުގެ ކަސްޓަމަރުންނަށް ވެސް އީދުގެ ތަހުނިޔާއާއި މުބާރަކްބާދީ ފޮނުވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox