ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ދެ ވޯޓު ލިބުމުން ފާސްވި ކަމަށް ނިންމީ އޮޅުމަކުން: ފުއާދު

ފުއާދު ތައުފީގު މި ނޫހަށް ކުރިން ދެއްވި އިންޓަވިއުއެއްގެ ތެރެއިން: ވިދާޅުވީ އަގުލަބިއްޔަތު ނެތި ފާސްވި ކަމަށް ނިންމެވީ އޮޅުމަކުން ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ފުއާދު ތައުފީގު މި ނޫހަށް ކުރިން ދެއްވި އިންޓަވިއުއެއްގެ ތެރެއިން: ވިދާޅުވީ އަގުލަބިއްޔަތު ނެތި ފާސްވި ކަމަށް ނިންމެވީ އޮޅުމަކުން ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޖުމްލަ ފަސް މެމްބަރުން ތިބޭ އިލެކްޝަންސް ކޮމިޝަނުގެ ދެ މެމްބަރުންގެ ވޯޓު ލިބުމުން ވެސް ދި ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން ހުށަހެޅި މައްސަލަ ފާސްވި ކަމަށް އެވަގުތު ނިންމެވީ އަރައިވަޑައިގެންނެވި އޮޅުމަކުން ކަމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން އުފައްދަވާ ދި ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން އިލެކްޝަންސްގެ ކުއްލި ޖަލްސާއެއް ބާއްވައި، ރޭ ވޯޓަށް އެހުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭން ލިބުނީ ދެ ވޯޓެވެ.

އެހެންނަމަވެސް، ޖުމްލަ ހަތަރު މެމްބަރުން ހާޒިރުވި އެ ޖަލްސާއަށް ފުއާދު ހުށަހެޅުއްވި އެ މައްސަލައަށް ދެ ވޯޓު ލިބުމުން ވެސް އޭނާ އެ ވަގުތު ނިންމެވީ މައްސަލަ ފާސްވި ކަމަށެވެ. އެކަމަކު، މެމްބަރުން ދެކޮޅު ހެދުމުން ފުއާދު ވަނީ އޭނާގެ ނިންމުން ބަދަލު ކުރައްވައިފަ އެވެ.

"އެވަގުތު އަޅުގަނޑަށް އައި ވިސްނުމެއް އެއީ. އެކަމަކު ރަނގަޅަށް ގާނޫނު ބަލާލިއިރު އިންނަނީ އަގުލަބިއްޔަތުންނޭ [ފާސްވާނީ]. އެހެންވީމަ ފާހެއް ނުވާނެ އެކަމެއް. ފަންސާސް ޕަސެންޓް، ދެބައިކުޅަ އެއްބައި ލިބިއްޖެޔާ ފާސްވާނެ ކަންކަން ހުރޭ ދުނިޔޭގެ އެކިއެކި ތަންތަނުގައި،" އެކަން ސާފުކޮށްދެއްވަމުން ފުއާދު ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް މިގޮތަށް ޕްރެޝަރުގައި މަސައްކަތް ކުރާއިރު ހުރިހާ ގާނޫނުތަކެއް ވަގުތުން ހިތަކަށް ނާދޭ. އެކަމަކު [ދެ ވޯޓުން ފާސްވާނެ ކަމަށް ބެލުން] އެއީ ނުރަނގަޅު ވިސްނުމެއް. އެއީ އަޅުގަނޑަށް ހެދުނު ކުށެއް."

ރޭގެ ކުއްލި ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވީ ފުއާދުގެ އިތުރުން ނައިބު ރައީސް އިސްމާއިލް ހަބީބާއި މެމްބަރު އަލީ ނަޝާތާއި މުހައްމަދު އާސިފެވެ. އެ ކޮމިޝަނުގެ މެމްބަރު ޑރ. މުހައްމަދު ޒާހިރު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް ވަޑައިގެންނެވެ.

"ހަތަރު މެމްބަރު މިހާރު ތިބި. ދެ ވޯޓު، ދެ ވޯޓުން އެއްވަރުވީ ހުއްދަ ދިނުމަށާއި ހުއްދަ ނުދޭ ގޮތަށް. އެހެންވީމާ ހުއްދައެއް ނުދެވުނު. ދެ ވޯޓު ލިބުނީމާ އަޅުގަނޑު ނިންމިން ފާސްވެއްޖެ ކަމަށް. އެކަމަކު އަގުލަބިއްޔަތުންނޭ އޮންނާތީ ފާހެއްނުވާނެ ކަމަށް ވަނީ ދެ ވޯޓު، ދެ ވޯޓަކުން،" ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކޮށްދީގެން ކޮމިޝަނުގެ އިދާރާއަށް ގޮސް ތިބި މެމްބަރުންނާ ވާހަކަ ދައްކަވަމުން ފުއާދު ރޭ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 3.1 އަދި 3.2 ގައި ބުނެފައި ވަނީ "ކޮމިޝަނުން ނިންމަންޖެހޭ ކަންކަން ނިންމަންވާނީ ކޮމިޝަނުގެ ޖަލްސާއަކުން ފާސްކޮށްގެން" ކަމަށާއި "ކޮމިޝަނުގެ ޖަލްސާއަކުން ކަމެއް ފާސްކުރަންވާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުދިން މެމްބަރުން އަގުލަބިއްޔަތުން" ކަމަށެވެ. ކޮމިޝަނުގެ ޖަލްސާއެއްގެ ކޯރަމަކީ ތިން މެމްބަރުންނެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކޮށްދޭން ވޯޓު ދިން ދެ މެމްބަރުން ބޭނުންވަނީ ފަސް މުވައްޒަފުންގެ ކޮމެޓީއެއް އެކުލަވާލުމަށްފަހު އަލުން ފޯމުތައް ޗެކް ކުރުމަށެވެ. އެއީ އެ ފޯމުތައް ޕްރޮސެސް ކުރަން ކޮމިޝަނުގެ ރައީސް ނުފޫޒެއްގެ ދަށުގައި ހުންނަވާ މަސައްކަތް ކުރައްވާ ކަމަށް ޝައްކު ކުރެވޭތީ ކަމަށް އެ މެމްބަރުން ބުނެ އެވެ. އެގޮތުން، ކަމާ ނުގުޅޭ މުވައްޒަފުން ލައްވައި ޑިމޮކްރެޓްސްގެ ފޯމުތައް ޕްރޮސެސް ކުރަން ފުއާދު މަސައްކަތް ކުރައްވާ ކަމަށް އެ ދެ މެމްބަރުން ތުހުމަތު ކުރެ އެވެ.

"އަޅުގަނޑުމެން ބޭނުންވީ ރައީސްގެ އަމަލުތައް ވެސް ހުރިގޮތުން ޕްރޮސެސްގެ އިތުބާރު ގެއްލިފައި އޮތީމައި އަލުން ބަލަން," މި ނޫހާ ރޭ ވާހަކަ ދައްކަވަމުން އެ ކޮމިޝަނުގެ މެމްބަރު ނަޝާތު ވިދާޅުވި އެވެ. "ރިޔާސީ އިންތިހާބަށް ނަގާފައި ތިބި ހުރިހާ މުވައްޒަފުން ލައްވާ [ފޯމުތައް ޗެކު ކުރުވަނީ]. މި ޕްރޮސެސް ތެރެއަށް ވަދެ, އެ ބޭފުޅުން އަންނަ އިރަށް އެންޓަޓެއިން ވެސް އެބަ ކޮށްދޭ މިއަދު ވެސް ރައީސްގެ ހުއްދައާ އެކު ކޮމިޝަން ހިސޯރުކޮށްގެން ތިބީ."

ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9، ގައި ބާއްވަން ނިންމާފައިވާރު އެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާދަ ކުރައްވާނެ އެވެ. ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރާ ދި ޑިމޮކްރެޓްސްގެ ފަރާތުން ވެސް ކެންޑިޑޭޓެއް ނެރޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގައި މައްސަލަ ޖެހިގެން އުޅޭކަން މިރޭ ހާމަވިއިރު ރައްޔިތުންގެ މަޖިލިހުގެ މަސައްކަތް ވަނީ ހުއްޓިފަ އެވެ. މަޖިލިސް ހުއްޓުނީ އެ މަޖިލީހުގެ ކޮމެޓީތަކަށް މެމްބަރުން ބަހާނެ ގޮތަކާމެދު ޕާޓީތަކަށް އެއްބަސްނުވެވިގެންނެވެ. އޭގެ އިތުރުން، އެ މަޖިލީހުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ވަނީ ވައްދާފަ އެވެ. އެއާއެކު ނަޝީދު ވަނީ ރިޔާސަތުން ތަނާޒަލުވެވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox