ޖުޑިޝަރީ މުވައްޒަފުން ސިޔާސީ ކަންކަމުގައި އުޅެވޭނެ ކަމަށް ރިޕޯޓު ކުރި ހަބަރު ދޮގުކޮށްފި

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންއިން ބުނެފައި ވަނީ އާ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން ސިޔާސި ކަންކަމުގައި އުޅުން ހުއްދަ ނުކުރާ ކަމަށް

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންއިން ބުނެފައި ވަނީ އާ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން ސިޔާސި ކަންކަމުގައި އުޅުން ހުއްދަ ނުކުރާ ކަމަށް

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓްއަށް ގެނައި އިސްލާހެއްގެ ދަށުން އެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި އުޅުން ހުއްދަކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމުން އެކަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ދޮގުކޮށްފި އެވެ.

ޑީޖޭއޭއިން އަލަށް އާންމު ކުރި ޝަރުއީ ދާއިރާގެ ކޯޑް އޮފް ކޮންޑަކްޓްގައި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ ދީފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ނަމަވެސް، އާ ކޯޑް އޮފް ކޮންޑަކްޓްގައި ވެސް ވަނީ އެފަދަ ކަންކަން ޖުމްލަކޮށް މަނާވާނެ މާއްދާތައް ހިމަނައިފަ އެވެ.

އެކަން ސާފުކޮށްދޭން ޑީޖޭއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ޝަރުއީ ދާއިރާގެ މުވައްޒަފުންނަކީ އަބަދުވެސް ސިޔާސީ ހަރަކާތްތަކުން އެއްކިބާވެ ތިބެން ޖެހޭ ބައެއް ކަމަށާއި އަލަށް އަމަލު ކުރަން ފެށި ކޯޑް އޮފް ކޮންޑަކްޓުގެ ދަށުން އެކަން ބަދަލުކޮށްފައި ނުވާ ކަމަށެވެ.

Advertisement

އެ އިދާރާއިން ބުނީ، 2011 ވަނަ އަހަރު އެކުލަވާލި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން މުވައްޒަފުންނަށް މަނާ ސިޔާސީ ކަންކަމުގެ ދިގު ލިސްޓެއް ބަޔާންކޮށްފައިވާއިރު، އެއާ ހިލާފަށް އާ ކޯޑް އޮފް ކޮންޑަކްޓްގައި ވަނީ ސިޔާސީ ހުރިހާ ހަރަކާތެއް ހިމެނޭ ގޮތަށް ސިޔާސީ ކަންކަން ޖުމްލަކޮށް މަނާ ކުރެވިފައި ކަމަށެވެ.

"ސިޔާސީ ހަރަކާތްތައް ހިންގާ ވައްޓަފާޅިއަށް އަންނަ އަވަސް ބަދަލުތަކަށް ރިއާއަތްކޮށް، އެ ކަންކަމަކީ މަނާވެގެންވާ ކަންކަމުގެ ތެރޭގައި ހިމެނޭކަން ކަށަވަރުކުރުމުގެ މަގުސަދުގަ އެވެ." ޖުމްލަކޮށް ސިޔާސީ ހަރަކާތްތައް މަނާވާ ގޮތް ހެދުމުގެ ބޭނުން ސާފުކޮށްދެމުން ޑީޖޭއޭއިން ބުންޏެވެ.

އާ ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން ވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންގެ 'އިމްޕާޝިއަލިޓީ' ނުވަތަ ވަކި އަތަކަށް ޖެހުމާ މެދު ސުވާލު އުފެދިދާނެ އެއްވެސް ކަމެއް ކުރުން މަނާކޮށްފައިވާކަން ވެސް ޑީޖޭއޭއިން ފާހަގަކުރި އެވެ. އަދި އޭގެ ތެރޭގައި ސިޔާސީ ކަންކަމާއި އެ ނޫން އިޖުތިމާއީ ހަރަކާތްތައް ވެސް ހިމެނޭ ކަމަށް ބުންޏެވެ.

އެކަމަކު، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމާއި ޕާޓީގެ އިންތިހާބެއްގައި ވޯޓުލުމަކީ އެއްވެސް އިރެއްގައި މަނާ ކަމެއް ނޫންކަން ޑީޖޭއޭއިން ފާހަގަކުރި އެވެ.

ޑީޖޭއޭއިން ބުނީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ކިބައިން އުންމީދު ކުރާ އަހުލާގީ އެންމެ މަތީ މިންގަނޑު ސާފުކޮށް ބަޔާން ކުރުމަކީ ފަނޑިޔާރުގޭގެ މިނިވަންކަމާއި ވަކި އަތަކަށް ނުޖެހުން ދެމެހެއްޓުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ އެކި ތަންތަނުގައި ބަޔާންކޮށްފައިވާ ސުލޫކީ ކަންކަން އާ ކޯޑެއްގެ ދަށަށް ގެނެސްފައިވާއިރު، އެ ކޯޑުގެ ދަށުން ޝަރުއީ ދާއިރާގެ މުވައްޒަފުން ޕްރޮފެޝަނަލް ބަޔަކަށް ހެދޭނެ ކަމަށް ވެސް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox