ނޮވެމްބަރު 3ގެ މޭސްތިރި ލުތުފީއަށް ކުރި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

3، ނޮވެމްބަރު 1998 ގައި ދިން އުދުވާނީ ހަމަލާއަށް ފަހު ލުތުފީ ހައްޔަރުކޮށްގެން ގެންދަނީ.

3، ނޮވެމްބަރު 1998 ގައި ދިން އުދުވާނީ ހަމަލާއަށް ފަހު ލުތުފީ ހައްޔަރުކޮށްގެން ގެންދަނީ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ނޮވެމްބަރު 3، 1988ގައި ތަމަޅައިގެން ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލަން ދިން އުދުވާނީ ހަމަލާގެ އެންމެ އިސް މޭސްތިރިޔާ، އަބްދުﷲ ލުތުފީގެ މައްޗަށް އިއްވި 25 އަހަރުގެ ހުކުމް ތަންފީޒުކޮށް ނިމިއްޖެ އެވެ.

އިތުބާރު ހުރި މަސްދަރަކުން "އަދަދު"އަށް ކަށަވަރުކޮށްދިން ގޮތުގައި، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން ކުރި ހުކުމް ތަންފީޒުކޮށް ނިމުމުން ހ. ހާޖަރާގޭ، ލުތުފީ މިހާރު ތަންފީޒު ކުރަމުންގެންދަނީ، އެ މައްސަލައިގައި ޖަލަށް ހުކުމްކޮށްފައި ވަނިކޮށް އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުނު މައްސަލައިގައި އިއްވި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެވެ.

ލުތުފީގެ ހުކުމް ތަންފީޒުކޮށް ނިމުމާއެކު، 19 ދިވެއްސަކު ޝަހީދުކޮށްލި އެ ހަމަލާއާ ގުޅިގެން ކުރި ހުރިހާ ހުކުމެއް ވެސް މިހާރު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ.

ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތުގެ ހަނގުރާމަވެރިންތަކަކާ ގުޅިގެން ތިނެއް ނޮވެމްބަރުގައި ލުތުފީ އިސްވެހުރެ ދިން އުދުވާނީ ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައި ކޯޓުން ހުކުމް ކުރީ އޭނާ މެރުމަށެވެ. އެކަމަކު، ފަހުން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އޭނާގެ އަދަބު އުމުރު ދުވަހުގެ (25 އަހަރުގެ) ޖަލު ހުކުމަކަށް ބަދަލުކޮށްދެއްވައިފަ އެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ހޯމް މިނިސްޓްރީން ލުތުފީއަށް ދޫކުރި އެއް އަހަރު ދުވަހުގެ ޓްރެވަލް ޑޮކިއުމެންޓެއްގެ ދަށުން އޭނާ އަމިއްލަ ހަރަދުގައި ބޭސްފަރުވާ ކުރަން ލަންކާއަށް ދާން ޖެނުއަރީ 16، 2010ގައި ފުރި ގޮތަށް އުޅުނީ ރާއްޖެއިން ބޭރުގައި ފިލައިގެންނެވެ.

ލުތުފީ ހޯދައި ހައްޔަރުކޮށް އޭނާގެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަންސްގެ މައްޗަށް މާޗު 2012 ވަނަ އަހަރުގެ ކްރިމިނަލް ކޯޓުން އަމުރެއް ވެސް ނެރުނެވެ. އޭގެ ފަހުން ލުތުފީ ހޯދަން ފުލުހުން އިންޓަޕޮލް މެދުވެރިކޮށް ރެޑްނޯޓިސް ވެސް ނެރުނެވެ.

ނުވަ އަހަރާއި ހަ މަހާއި ތިން ދުވަސް ވަންދެން ފިލައިގެން އުޅުނު ލުތުފީ ރާއްޖެ ގެނައީ، ލަންކާގައި ދިން އީސްޓާ ބޮމުގެ ހަލަމާތަކާ ގުޅިގެން އެ ގައުމުގެ ސިފައިން ފެށި އޮޕަރޭޝަނާއެކު، މެއި 1، 2019ގައި އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވެ އެތަނުގައި ދިރިއުޅެމުންދިޔަކަން ފަޅާއަރުވާލުމުންނެވެ.

ލުތުފީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި. ފޮޓޯ: ސޯޝަލް މީޑިއާ
ލުތުފީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި. ފޮޓޯ: ސޯޝަލް މީޑިއާ

ލުތުފީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި. ފޮޓޯ: ސޯޝަލް މީޑިއާ

ލަންކާގެ އިދާރާތަކާ ގުޅިގެން، ޖުލައި 9، 2019ގައި ލުތުފީ ރާއްޖެ ގެނެސް، ފިލައިގެން އުޅުނު މައްސަލައިގައި އޭނާގެ މައްޗަށް އުފުލީ މީހުން ބަންދު ކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ އެވެ. އެ ދައުވާއާ ގުޅިގެން، މާޗް 10، 2021ގައި އޭނާގެ މައްޗަށް ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް ކުރީ އޭނާ ދައުވާއަށް އިއުތިރާފުވުމުންނެވެ.

ތަމަޅަ ޓައިގަރުންނާއެކު ލުތުފީ ވެސް ބަޑި ހިފައިގެން މާލެ ތެރޭގައި އުޅުނެވެ. އެގޮތުން، ބައެއް ކެބިނެޓް މިނިސްޓަރުން ހޯދަން އެ ބޭފުޅުން އުޅުއްވި ގެތަކަށް ވެސް ބަޑި ހިފައިގެން ވަނެވެ.

އޭނާ އަތުލައިގަތީ ހަމަލާ ނާކާމިޔާބުކޮށްލުމުން، "އެމްވީ ޕްރޮގްސްރެސް ލައިޓް" ނަމަކަށް ކިޔާ ބޯޓެއް ހައިޖެކްކޮށް، ދިވެހީންތަކެއް ރަހީނުކޮށްގެން ފިލަން ދަނިކޮށް އިންޑިއާ ސިފައިންގެ އެހީތެރިކަމާއެކު ކަނޑުމަތިންނެވެ.

ލުތުފީ އިސްވެ ހުރެ ވެރިކަން ވައްޓާލަން ދިން އެ ހަމަލާގައި ސިފައިންގެ އަށް މީހަކާއި އާންމުންގެ 11 މީހަކު ޝަހީދުވި އެވެ.

ލުތުފީއާއެކު އެ ހަމަލާގައި ބައިވެރިވި، ސަގަރު އަހުމަދު ނާސިރުގެ މައްޗަށް ވެސް 25 އަހަރުގެ ހުކުމެއް ކުރި އެވެ. އެ ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ މިނިވަންވެފައި ހުންނަތާ އަހަރުތަކެއް ވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox