300 އަށް ވުރެ ގިނަ ރަށުން ބައިވެރިވާ ގޮނޑުދޮށް ސާފު ކުރުުމުގެ ހަރަކާތެއް މުޅި ރާއްޖޭގައި މާދަމާ ހިންގަނީ

ރާއްޖޭގައި ހިންގި ސާފު ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން: ޕާލޭއިން ބުނީ މާދަމާގެ ދެ ދަންފަޅިއެއްގައި ސާފު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް -- ފޮޓޯ: ކްލީން ވޭވްސް

ރާއްޖޭގައި ހިންގި ސާފު ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން: ޕާލޭއިން ބުނީ މާދަމާގެ ދެ ދަންފަޅިއެއްގައި ސާފު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް -- ފޮޓޯ: ކްލީން ވޭވްސް

ދިވެހިރާއްޖޭގެ ހުރިހާ ކޮންކަޅެއް ހިމެނޭ ގޮތަށް 300 އަށް ވުރެ ގިނަ ރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ހަރާކެއް މާދަމާ ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޕާލޭ މޯލްޑިވްސް އިން ބުނެފި އެވެ.

ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތުގައި މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން ރިސޯޓުތައް ވެސް ހިމެނެ އެވެ. ޕާލޭއިން ބުނީ ސާފު ކުރުމުގެ ހަރަކާތް ކުރިއަށްދާނީ މާދަމާ ހެނދުނު 7:00 ފެށިގެން 9:00 އާ ހަމައަށް އަދި ހަވީރު 4:00 އިން ފެށިގެން 6:00 އާ ހަމައަށް ކަމަށެވެ.

އެ ހަރަކާތުގައި ގޮނޑުދޮށްތަކުގެ އިތުރުން މޫދު ވެސް ސާފު ކުރާނެ ކަމަށް ޕާލޭއިން ބުނެ އެވެ. އަދި ހަމަ އެ ހަރަކާތުގެ ބައެއްގެ ގޮތުގައި ކަނޑުތަކާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް މާދަމާ 2:30 ގައި ޔޫޓިއުބުން ދައްކާނެ ކަމަށް ވެސް ޕާލޭއިން ބުނެ އެވެ.

އޭގެ އިތުރުން، އެ ހަރަކާތުގެ މިއަދު ކުރިއަށްގެންދާ ބައެއްގެ ގޮތުގައި، މޫދަށް އަޅާ ކުނި މަދު ކުރަން މަސައްކަތް ކުރަން އަހަދުވެ ސޮއި ކުރުމުގެ ފުރުސަތު ވެސް ޕާލޭއިން ވަނީ ހުޅުވާލައިފަ އެވެ. މާދަމާ ހަވީރު 6:00 ގެ ނިޔަލަށް އެ އަހަދުގައި ސޮއި ކުރެވޭނެ ކަމަށް ޕާލޭއިން ބުނެ އެވެ.

ޕާލޭއަކީ ދިވެހިރާއްޖެއިން ޕްލާސްޓިކު ކުނި މަދުކޮށް، ނަގާ ކުނި އިގްތިސާދު ކުރަން މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެކެވެ. ރާއްޖެއިން ނެގި 2.1 މިލިއަން ކިލޯގެ ކުނި މިހާތަނަށް ބޭރުކޮށްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox