ހުލާސާކޮށް އިއްޔެ: ޝަރީއަތް އަވަހަށް ނިންމަން އެދިވަޑައިގަތުން

Jun 16, 2023, 1:11 AM
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތެއް ނިންމެވުމަށް ފަހު އެ މަނިކުފާނު އަނބުރާ މާފުށީ ޖަލަށް ގެންދިޔުމަށް ލޯންޗަށް އަރުވާ ވަގުތު ސަޕޯޓަރުންނަށް އިޝާރާތް ކޮށްލައްވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތެއް ނިންމެވުމަށް ފަހު އެ މަނިކުފާނު އަނބުރާ މާފުށީ ޖަލަށް ގެންދިޔުމަށް ލޯންޗަށް އަރުވާ ވަގުތު ސަޕޯޓަރުންނަށް އިޝާރާތް ކޮށްލައްވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތައް އަވަސްކޮށް، އެ އަޑުއެހުންތައް ދިގުކޮށް ބާއްވަން ޔާމީން އެދިވަޑައިގެންފި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމްގެ އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17 މިލިއަން ރުފިޔާ) ނަންގަވައި އެ ފައިސާ ލޯންޑަކުރި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ޔާމީން އަދި ޔޫސުފް ނައީމްގެ ފަރާތުން ވެސް އިސްތިއުނާފު ކޮށްފައިވާ ހުކުމުގެ މައްސަލައިގެ އިއްޔެ ދެ ވަނަ އަޑުއެހުން ބޭއްވުނު އިރު، އަދި ކުރިއަށް ގެންދެވިފައިވަނީ ޔޫސުފް ނައީމް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ ގުޅޭ ގޮތުން އޭނާގެ ވަކީލުންނާއި ދައުލަތުން ދައްކަން ހުރި ވާހަކަތައް ދެއްކުމެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު، ޔޫސުފް ނައީމްގެ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުއްވި އެވެ. އަދި, ދައުލަތުން އޭގެ ރައްދު ދެއްވި އެވެ. ދައުލަތުން ރައްދުގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމަށް ޔޫސުފް ނައީމަށް ފުރަތަމަ ފުރުސަތު ދެއްވި އެވެ. އަދި ޔޫސުފް ނައީމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަން ވެސް ދައުލަތަށް ފުރުސަތެއް ދެއްވި އެވެ. އެއީ އާންމުކޮށް ވެސް ފުރުސަތު ދެވޭ ހަމަ އެވެ.

ޔާމީން ފުރުސަތަކަށް އެދިވަޑައިގަތީ، ދައުލަތުން ރައްދުގައި ވާހަކަ ދައްކަވަން ފެއްޓެވުމުގެ ކުރިންނެވެ. އެ ފުރުސަތުގައި އެމަނިކުފާނު އެދިވަޑައިގަތީ ވީހާވެސް ކައިރިކައިރީގައި އަޑުއެހުންތަކެއް ތާވަލު ކުރުމަށެވެ. އަދި, މައްސަލަ އަވަހަށް ނިންމުމަށް ޓަކައި، އަޑުއެހުން ބާއްވާ ދުވަހަކު ވީހާވެސް ދިގުކޮށް ގެންދިޔައަސް އެމަނިކުފާނަށް އެންމެ ރަނގަޅު ކަމަށް ވިދާޅުވި އެވެ.

"އިސްތިއުނާފުގެ މައްސަލައަކަށް ވާތީވެ، އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް، ތަންކޮޅެއް ވަގުތު ދިގުކޮށް، ތަންކޮޅެއް ފްރީކިއުންޓްކޮށް، ވަގުތު ދިގުލައިގެން ގެންދާ ގޮތަށް، އެއީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް، އެ އިންތިޒާމު ހަމަޖައްސައިދީފިއްޔާ ވަރަށް ބޮޑަށް ޝުކުރުވެރިވާނަން،،" ޔާމީން ވިދާޅުވި އެވެ.

ފަނޑިޔާރު ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވީ އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ލިޔެކިޔުންތައް ވަރަށް ގިނަ ކަމަށެވެ. އިސްތިއުނާފު ކޮށްފައިވާ ދެ ފަރާތުން ވެސް ޝަރީއަތަށް ހުށަހަޅާފައިވާ ރިޕޯޓުގައި 2،000 ސަފުހާއަށް ވުރެ ގިނައިން ހުރިކަން ފާހަގަ ކުރެއްވި އެވެ.

"ޝަރީއަތުން ވެސް މަސައްކަތް ކުރަމުން ދާނީ މައްސަލަ ވީ އެންމެ އަވަހަކަށް، އެންމެ ފުރިހަމައަށް، ކޮންމެ ހަސްމަކަށް ވެސް އެކަށޭނަ ފުރުސަތު ވެސް ދީގެން، މައްސަލަ ނިންމުމަށް،" ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ.

އަޑުއެހުން ނިންމާލައްވަމުން ޔާމީނަށް ދެއްވި ފުރުސަތުގައި ވިދާޅުވީ ދެ ދުވަހު އަޑުއެހުން ބޭއްވިއިރު ވެސް އަދި ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވާ ނުކުތާތައް ޝަރީއަތަށް އިއްވަން ފުރުސަތު ލިބިވަޑައިނުގަންނަވާއިރު، ދެން އަޑުއެހުންތައް ބާއްވާއިރު ވީހާވެސް ދިގުކޮށް އަޑުއެހުންތައް ބާއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

"މި މައްސަލައިގައި ދެ ދުވަސް ވެސް ހިނގައިދިޔައީ، އަދި އަޅުގަނޑު ފަރާތުން ހުށަހަޅަން ހުރި ނުކުތާތަކެއް ހުށަހަޅަން ފުރުސަތު ނުލިބޭ، މި މައްސަލައިގެ މައިގަނޑު ނުކުތާތައް ހުށަހަޅަން ވެސް އޮތީ އަޅުގަނޑުގެ ފަރާތުން،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ އިސް ވަކީލު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވާހަކަ ދައްކަވަން ފުރުސަތު ހޯއްދަވާފައި، މަދުވެގެން ހަތަރު ގަޑިއިރުގެ ވަގުތެއް ދުވާލަކަށް ހޭދަކުރެވޭ ގޮތަށް ހަމަޖެއްސެވުމަށް އެދިވަޑައިގަތެވެ. މިދިޔަ ދެ ދުވަހު އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ދެ ގަޑިއިރަށެވެ.

އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތައް ވަގުތު ދިގުކޮށް ބާއްވަން ޔާމީން އިއްޔެ އެދިވަޑައިގަތް އިރު، މިހާރު ވެސް ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް ހިނގަމުންދާ ޝަރީއަތުގެ އަޑުއެހުންތައް ކައިރިކައިރީ ބާއްވާތީ އިސްތިއުނާފުގެ އަޑުއެހުންތައް ބާއްވަން ހުރަސް އެޅޭ ކަމަށް ވިދާޅުވެ ޝަކުވާ ކުރެއްވި އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު ވެސް ހައި ކޯޓުގައި އަޑުއެހުމެއް ބާއްވަން ތަވާލުކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މާ ކުރިން ނޯޓިސް ފޮނުވާފައި އޮތުމާއި، އެ ކޯޓުގެ ވަގުތު މާ ބޮޑަށް ދިގުލައިގެން ދާތީ އަޑުއެހުން ނުބޭއްވުމަށް ހައި ކޯޓުން ނިންމާފައިވެ އެވެ.

އިއްޔެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަފީއު ވިދާޅުވީ އަބަދުވެސް އަމަލުކުރާ ގޮތަކީ ކުރިން ނޯޓިސް ފޮނުވާ ކޯޓަކަށް އެ ފުރުސަތު ހަމަޖެއްސެވުން ކަމަށެވެ. އަދި އަންނަ ހަފުތާ ޝަރީއަތުގެ އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އަޑުއެހުން ނިންމަވައިލެއްވި އެވެ.

ހައި ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝަފީއުގެ އިތުރަށް، ފަނޑީޔާރު ހުޒައިފާ މުހައްމަދާއި، ފަނޑީޔާރު މުހައްމަދު ސަލީމެވެ.

ޔާމީނަށް ކުރިމަތިވެފައިވާ ހާލަތު؛

ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.

ގާނޫނީ އަސާސީގައި ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.

އާރަށު މައްސަލައިގެ ހުކުމް ދެމިއޮތް އިރު، މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނީ ރ. ފުއްގިރި މުއާމަލާތުގެ ތެރެއިން ޔާމީން ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.

މިހާރު ހައި ކޯޓުގައި އާރަށު މައްސަލައިގެ ހުކުމުގެ އިސްތިއުނާފު ކުރިއަށްދާއިރު، ދަށު ކޯޓުގައި ފުއްގިރި މުއާމަލާތުގެ ޝަރީއަތުގެ އަޑުއެހުންތައް ވެސް ބާއްވަ އެވެ. ވަރަށް ކައިރިކައިރި އަޑުއެހުންތައް ބާއްވައިގެން ކުރިއަށް ދާތީ، އެ މައްސަލަ "އަވަސް އަރުވާލައިގެން" ގެންދަވާ ކަމަށް ޔާމީން ދެކެވަޑައިގަންނަވަ އެވެ.

މުހިންމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox