އިން ކަނޑައެޅި މައްސަލައިގެ އިންކުއަރީއެއް ހިންގައި، އިހުމާލުވި ފަރާތްތައް ހޯދަންޖެހޭ: އަސްލަމް

އަސްލަމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ އިން ކަނޑައެޅި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ ކަމަށް -- ފޮޓޯ: މިރާން ނާޝީމް

އަސްލަމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ އިން ކަނޑައެޅި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަންޖެހޭ ކަމަށް -- ފޮޓޯ: މިރާން ނާޝީމް

ރާއްޖޭގެ ދެކުނުގެ އީއީޒެޑް ކަނޑައެޅި މައްސަލައިގައި ކުރާ ތުހުމަތުތައް ވަރަށް ސީރިއަސް ކަމަށާއި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ތަހުގީގު ކުރަންޖެހޭ ކަމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އިން ކަނޑައެޅި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ކުރަނީ ވަރަށް ސީރިއަސް ތުހުމަތުތަކެއް ކަމަށާއި އެކަމުގެ ހަގީގަތް ހޯދަންޖެހޭ ކަމަށެވެ.

"މައްސަލައާއި ގުޅޭގޮތުން އެކި ފަރާތްތަކުން ދައްކަވަމުންދާ ވާހަތަކަށް ބަލާއިރު، ރަނގަޅު ފުރިހަމަ އިންކުއަރީއެއް މިމައްސަލާގައި ހަދަންޖެހޭ. ރާއްޖޭގެ ސަރަހައްދު، އަދި ތުހުމަތު މިކުރަނީ ވިއްކާލީއޭ. ވަރަށް ހުތުރުކޮށް ބައެއް ފަރާތްތަކުން ތުހުމަތު މިކުރަނީ. ކަމުގެ ހަގީގަތަކީ ކޮބައިތޯ ބަލަންޖެހޭ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިން ކަނޑައެޅި މައްސަލައިގައި ބަޔަކު އިހުމާލުވާ ނަމަ ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބަލައި އިހުމާލުވާ ބަޔަކާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

"ވަރަށް ތަފްސީލްކޮށް އަޅުގަނޑުމެން ބަލަންޖެހޭ މިކަމުގައި އިހުމާލުވާ ބަޔަކު ތިބި ނަމަ. އެއިހުމާލުވާ ބައެއް ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުން ބަލައި، ހޯދަންޖެހޭ. މިކަމުގެ ހަގީގަތަށް ތަފްސީލްކޮށް ވާސިލް ވާންޖެހޭ ކަމަށް އަޅުގަނޑު ދެކެނީ. އެފަދަ މަސައްކަތެއް ކުރަން ވަރަށް އެކަށީގެންވާ ފޯރަމެއް 241 ކޮމެޓީއަކީ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން އެ މައްސަލަ ބަލާ ނަމަ ވަރަށް ތަފުސީލީކޮށް އޭގައި ހިމެނޭ ހުރިހާ ބައިތަކެއް ބަލަންޖެހޭނެ އެވެ.

"241 ކޮމެޓީން މުޅި މި މައްސަލަ ބަލައި، ކިހިނެއްތޯ ކޮން ހިސާބަކުންތޯ މި މައްސަލަ އޮތީ. ދިވެހި ރާއްޖޭގެ ސިޔާދަތީ ބާރުލިބިގެންވާ ސަރަހައްދަކީ ގާނޫނު ބުނަނީ ކޮން ސަރަހައްދެއްތޯ؟ ސިޔާދަތީ ހައްގު ލިބިގެންވާ ސަރަހައްދަކީ ކޮބައިތޯ؟ ކިހިނެތްތޯ މިކަން މިވަނީ. ސިޔާދަތީ ހައްގު ލިބިގެންވާ ސަރަހައްދާ ގުޅޭގޮތުން ޑިލިމިޓް ކުރަން މިޖެހުނީ ކީއްވެތޯ؟ އިޓްލޮސްއަށް މިދިޔައީ ކޮންބައެއްތޯ؟ އިޓްލޮސްއަށް ދިއުމުގެ ހައްގު އޮންނަނީ ކިހާމުއްދަތަކަށްތޯ؟" އޭނާ ވިދާޅުވި އެވެ.

އިން ކަނޑައެޅި މައްސަލައިގައި އިހުމާލުވި ބަޔަކު ހޯދަންޖެހޭނެ ކަމަށް އަސްލަމް ވިދާޅުވިއިރު ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އޭނާ މަޖިލީހަށް ހާޒިރުވެ ދިފާއުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ މައްސަލައިގައި ކުރީގެ ސަރުކާރުތަކުން އަދި ކުރީގެ ބަންޑާރަ ނައިބުން އިހުމާލުވެފައިވާ ކަމަށެވެ.

"ކުރީގެ އެއްވެސް ސަރުކާރަކުން ދިވެހިން ހައްގުގައި ގޮތެއް ނިންމާކަށް ނުކެރުން. ނޭނގި ނަމަވެސް ކޮށްފައިވާ ކަމަކީ ބޮޑުތަނުން އިހުމާލުވުންކަން އަޅުގަނޑު ފާހަގަ ކުރަން. ރިފްއަތު ވިދާޅުވި އެވެ. "ދެކުނުގެ އީއީޒެޑުގެ މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބުން ވެފައިވާ އިހުމާލު ވެސް އިންތިހާއަށް ބޮޑު. އެކަން އަޅުގަނޑު ލަދުވެތިކަމާއެކު ފާހަގަ ކުރަން." އަސްލަމް ވިދާޅުވި އެވެ.

ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ބައެެއް ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ރާއްޖެއްޖެއާ އެެގައުމާ ދެމެދު ކަނޑުގެ އިން ވަކި ކުރި އިރު ރާއްޖެއަށް ލިބެން އޮތް ބައެއް ހޯދަން ސަރުކާރުން މަސައްކަތް ނުކޮށް ދޫކޮށްލި ކަމަށް އިދިކޮޅުން ތުހުމަތުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox