ސަން އައިލެންޑުން ކުނި ހިފައިގެން އައި ދޯންޏެއްގެ އިންޖީނުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

 ސަން އައިލެންޑް ރިސޯޓުން ކުނި ހިފައިގެން ހުޅުމާލެއަށް އަންނަނިކޮށް ރޯވި ދޯނި - ފޮޓޯ: އެމްއެންޑީއެފް

ސަން އައިލެންޑް ރިސޯޓުން ކުނި ހިފައިގެން ހުޅުމާލެއަށް އަންނަނިކޮށް ރޯވި ދޯނި - ފޮޓޯ: އެމްއެންޑީއެފް

އަރިއަތޮޅު ނަލަގުރައިދޫގައި ހިންގާ ސަން އައިލެންޑް ރިސޯޓުން ކުނި ހިފައިގެން ހުޅުމާލެ ފަޅަށް ވަންނަން އައި ދޯންޏެއްގައި ރޯވި އަލިފާން ރޯވުމުން ސިފައިން އެ އަލިފާންގަނޑު ނިއްވާލައިފި އެވެ.

އެ ހާދިސާގައި ދޯނިން ދަތުރުކުރި މީހަކަށް ކަމެއް ނުވެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި ރޭ މެންދަމުން އަލިވެ 03:51 ހާއިރު ހިނގި އެ ހާދިސާގައި ރޯވީ "ސީއެމްއެފް-2" ނަމަކަށް ކިޔާ ދޯންޏެއްގައި ކަމަށެވެ. އެ ދޯނީގައި ހުރީ ބައު ދަނގަޑާއި ޓަޔަރާއި ލަކުޑިފަދަ ތަކެތި ކަމަށާއި އެ ދޯނީގައި ރޯވި އަލިފާން ތަކެތީގައި ވެސް ހިފި ކަމަށް ވެސް އެންއެމްޑީއެފުން ބުންޏެވެ.

ދޯނީގައި ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ ފަތިހު 4:50 ހާއިރު އެވެ.

"ހުޅުމާލެ ފިއުލް ސަޕްލައި މޯލްޑިވްސްގެ ހުޅަނގުން ހުޅުމާލެ ބަނދަރަށް ވަންނަނިކޮށް އެ ދޯނީގެ އިންޖީނުގެ ޑީސަލް ޓޭންކުގައި އަލިފާން ރޯވުމުން، އެ ވަގުތު އާންމުންގެ އެހީތެރިކަމާއެކު އެ ދޯނި އެދިމާލު ބަނދަރަށް ގާތްކުރުމުން އެމްއެންޑީއެފް ހުޅުމާލެ ފަޔާ ސްޓޭޝަންގެ ސިފައިން ވަަނީ ފޯމް ބޭނުންކޮށްގެން އަލިފާން ނިއްވާލާފައެވެ." އެމްއެންޑީއެފުން މިއަދު ބުނެފައިވެ އެވެ.

މި މަހުގެ ދެވަނަ ދުވަހު މާލެއިން ފުރައިގެން ރ. ރަސްގެތީމަށް ދަތުރުކުރި ދޯންޏެއްގައިވެސް ވަނީ ރޯވެފަ އެވެ. އެ ހާދިސާގައި ދޯނީގެ އިންޖީނު ރޫމްގައި ރޯވެ، މުޅި ދޯނި އަނދައި އަޑިއަށް ދިޔަ ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox