ސާފް ޗެމްޕިއަންޝިޕް: ވިސާގެ ކަންކަން ހަމަނުޖެހި ޕާކިސްތާން ޓީމު އުނދަގޫ ހާލަތެއްގައި

މިދިޔަ މާޗް މަހު ލ. ގަމުގައި ޕާކިސްތާން އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ މާޗް މަހު ލ. ގަމުގައި ޕާކިސްތާން އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންޑިއާ އަށް ދިޔުމަށް ބޭނުންވާ ވިސާ އަށް އެޕްލައިކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ޕާކިސްތާނުގެ ސްޕޯޓްސް ބޯޑުން ހަމަނުޖެހި ދިގުލައިގެންދާތީ އެ ގައުމުގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕާކިސްތާން ގައުމީ ފުޓްބޯޅަ ޓީމު ތައްޔާރުވަމުން އަންނަނީ އިންޑިއާގައި މި މަހު އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށެވެ. އެ ގައުމުން ތަމްރީންތައް ފަށާފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. މުބާރާތަށް އިންޑިއާ އަށް ދިޔުމުގެ ކުރިން މި މަހުގެ 8-18 އަށް މޮރީޝަސްގައި އޮންނަ ފޯ ނޭޝަންސް ކަޕްގައި ޕާކިސްތާން ވާދަކުރާނެ އެވެ.

މި މުބާރާތަށް، ޕާކިސްތާން ޓީމު ފުރަން ތައްޔާރުވެފައިވާއިރު އަދިވެސް ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް އިންޑިއާއަށް ދިޔުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމައެއް ނުޖެހެ އެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ގައުމީ ޓީމްތައް އަމިއްލަ ގައުމުގައި އަނެއް ގައުމާ ދެކޮޅަށް ފަހަކަށް އައިސް މެޗުތައް ނުކުޅެ އެވެ. އެ ގޮތުން ހޮކީ އާއި ކްރިކެޓް ފަދަ ސަރަހައްދީ ވާދަވެރިކަން ބޮޑު ކުޅިވަރުތަކުގައި ދެ ޓީމު އެއް ޓީމް އަނެއް ޓީމާ ދެކޮޅަށް އަމިއްލަ ގައުމުގައި ވާދަކުރުން މަޑު ޖެހިފައިވާ މި ދަނޑިވަޅުގައި އިންޑިއާގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ކުޅެން ނިންމުމަކީވެސް ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމެކެވެ.

ޕާކިސްތާންގެ ގައުމީ ޓީމްގެ ކުޅުންތެރިން އިންޑިއާގެ ވިސާއަށް އެޕްލައިކުރަން ބޭނުންވާ ނޯ އޮބްލިގޭޝަން ސެޓްފިކެޓް (އެންއޯސީ) ޕާކިސްތާނުގެ ސްޕޯޓްސް ބޯޑުން އަދި ހަމަ ޖައްސައިދީފައި ނުވެ އެވެ. މޮރިޝަސް އަށް ފުރުމުގެ ކުރިން މި ލިޔުން ހަމަނުޖެހޭތީ ޕާކިސްތާން ކުޅުންތެރިންނަށް މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން އިންޑިއާއަށް ދިޔުމަށް ހުރަސްތަކެއް ކުރިމަތިވާނެކަމަށް ބެލެވެ އެވެ.

މިހާރު އޮތް ގޮތުން ޕާކިސްތާން ކުޅުންތެރިން ޖެހޭނީ ފޯ ނޭޝަންސް ކަޕަށް ފަހު އެނބުރި ގައުމަށް ދާށެވެ. އަދި އެއް ދުވަހުގެ ތެރޭގައި ވިސާއާ ގުޅުން ހުރި ހުރިހާ ކަމެއް ނިންމަން ޖެހޭނެ އެވެ. އެއް ދުވަހުން އެ ޓީމަށް އެކަން ނުކުރެވިއްޖެ ނަމަ 21 ވަނަ ދުވަހު މުބާރާތް ފެށުމުުގެ ގޮތުން ޕާކިސްތާނާއި އިންޑިއާ ވާދަކުރަން ހަމަޖެހިފައި އޮތް މެޗަށް އެ ޓީމަށް އިންޑިއާ އަށް ނާދެވުން އެކަށީގެންވެ އެވެ.

ޕާކިސްތާން ސްޕޯޓްސް ބޯޑުން ލިބެން ޖެހޭ ލިޔުންތައް އަވަސްކޮށްދިނުމަށް އެގައުމުގެ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންވަނީ އިންޑިއާގެ ސްޕޯޓްސް މިނިސްޓަރު ކިބައިން އެދިފަ އެވެ. އެ ގޮތުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓްތަކާއި ވީޑިއޯ މެސެޖުތަކުގެ ޒަރީއްޔާއިން މީޑިއާގެ ސަމާލުކަމަށް ވެސް މިކަން ހުރިހާ ކުޅުންތެރިންވަނީ ގެނެސްފަ އެވެ.

ކުޅުންތެރިން ބުނަނީ ދުރާލާ މި މުބާރާތަށް ހުރިހާ ކުޅުންތެރިން ތައްޔާރުވަމުން އަންނައިރު މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އެޓީމްގެ ކުޅުންތެރިންނަށް މިނިސްޓްރީ އިން ފަހިކޮށްދިނުމެވެ.

ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ހިމެނެނީ އިންޑިއާ، ކުވެއިތު އަދި ނޭޕާލްއާ އެކު ގްރޫޕް އޭގަ އެވެ.

އެންމެ ފަހުން ޕާކިސްތާނުން ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރީ 2018ގަ އެވެ. އެ ފަހަރު ބަންގްލަދޭޝްގައި އޮތް މުބާރާތުގެ ސެމީ ފައިނަލުގައި ޕާކިސްތާން ވާދަކުރި އެވެ. އެފަހަރު ސެމީ ފައިނަލުން ޕާކިސްތާން ބަލިވީ އިންޑިއާ އަތުން 3-1 ގެ ނަތީޖާ އަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox