އޭޖީ ރިފްއަތު މަޖިލީހަށް ވަޑައިގެންނެވުމުން އިދިކޮޅުން ފެށީ ބޮޑު ޒުވާބެއް!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ރިޔާސަތުގެ މޭޒު ކައިރިއަށް އެއްވެ އަޑު އުފުލަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ރިޔާސަތުގެ މޭޒު ކައިރިއަށް އެއްވެ އަޑު އުފުލަނީ

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރުނެތް ކަމަށް ކަނޑައަަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާފައި ޖަވާބުދާރީ ވެވަޑައިގަންނަަވަން އޭނާ ވަޑައިގެންނެވުމުން މަޖިލީހުގެ އިދިކޮޅު މެމްބަރުން އަޑުގަދަކުރައްވައި، ބޮޑު ޒުވާބެއް ފައްޓަވައިފި އެވެ.

އިތުބާރު ނެތް ކަަމަށް ހުށަހެޅި މައްސަލާގައި އޭޖީ މަޖިލީހަށް ފުރަތަމަ ޖަވާބު ފޮނުއްވީ ލިޔުމުންނެވެ. މަޖިލީހުގައި މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި އެކަން ބޮޑު ބަހުސަކަށް ގޮސް، ސުޕްރީމް ކޯޓުގެ ލަފައެއް ހޯއްދަވާނެ ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

އެކަން އެހެން ހިނގާފައި އޮއްވައި މިއަދުގެ ޖަލްސާއަށް މައްސަލަ އެޖެންޑާ ކުރި އިރު ޖަވާބުދާރީ ވެވަޑަައިގަންނަވަން ރިފްއަތު ވަޑައިގެންނެވި އެވެ. ޖަލްސާ ފެށުމާ އެކު ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމާއި އިދިކޮޅު އެހެން ބައެއް މެމްބަރުން ތެދުވެވަޑައިގެން އަޑުގަދަކުރައްވައި ރިފްއަތަށް އެކި ތުހުމަތުތައް ކުރައްވަން ފެއްޓެވި އެވެ.

ރިފްއަތުގެ އިތުބާރު ނެތް ކަމަށް ކަނޑައަޅަން މަޖިލީހަށް ހުށަހެޅީ ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން އެ ޖަޒީރާތަކާ ރާއްޖެއާ ދެމެދު ކަނޑުގެ ސަަރަހައްދީ ރޮނގު ކަނޑައެޅި މައްސަލައާ ގުޅުވައިގެންނެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި އެ މައްސަލާގައި ސަރުކާރުން ވަނީ ރާއްޖޭގެ ދިފާއު ދޫކޮށްލައިފަ އެވެ.

ޝިޔާމާއި އިދިކޮޅު އެހެން މެމްބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރެއްވި އިރު ކުރެއްވީ ހަމަ އެ ތުހުމަތު ތަކެވެ. އިދިކޮޅު މެމްބަރުން އަޑުގަދަކުރައްވަން ފެއްޓެވުމާއެކު އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އަޑުގަދަކުރައްވައި ރައްދު ދެއްވި އެވެ. އެހިސާބުން އެކަން ބަދަލުވީ ބޮޑު ޒުވާބަކަށެވެ.

އިދިކޮޅު މެމްބަރުންނަށް ނަސޭހަތް ދެއްވުމުގެ ކުރިން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރަތަމަ އިންޒާރުކުރެއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއަށެވެ. އެއަށް ފަހު ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމަށް ތަކުރާރުކޮށް ނަސޭހަތް ދެއްވި ނަމަވެސް އޭނާގެ ނަމެއް ނަޝީދު ނީއްވަވަ އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ޖަލްސާ މެދުކަނޑުވައްވައިލެއްވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށެވެ.

"އިއްޒަތްތެރި މެމްބަރުން އަޑު އައްސަވާ. އަޅުގަނޑުމެންނަށް މިއަދުގެ މަސައްކަތް ފަަށައިގަނެވި ކުރިއަށް ގެންދެވުނީމާ ، ތިޔަ ވިދާޅުވާ ކަންކަމަށް އަޅުގަނޑު ދެކޭ ގޮތުގައި މަގުފަހިވެގެންދާނެ،" ޝިޔާމާއި އިދިކޮޅު އެހެން މެމްބަރުންނަށް ނަސޭހަތްތެރި ވަމުން ނަޝީދު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އެމަނިކުފާނު ޖަލްސާ މެދުކަނޑުއްވައިލެއްވުމުގެ ކުރިން އެމްޑީޕީގެ ބައެއް މެމްބަރުންނަށް ވެސް އެމަނިކުފާނު ނަސޭހަތް ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox