ހުލާސާކޮށް އިއްޔެ: ދެ ވަނަ ދައުރުގެ ބޮޑު މަންޒަރު؛ އުފެއްދުންތެރިކަން ދެ ގުނައަށް

Jun 4, 2023, 2:10 AM
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އައްޑުއަށް ވަޑައިގެންނެވުމަށް މޯލްޑިވިއަންގެ ފްލައިޓަށް އެރުއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އައްޑުއަށް ވަޑައިގެންނެވުމަށް މޯލްޑިވިއަންގެ ފްލައިޓަށް އެރުއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އެއީ ބޮޑު ވައުދެކެވެ. ބޮޑު މަންޒަރެކެވެ.

"މީގެ ފަސް އަހަރު ކުރިން، 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާ. މީގެ ފަސް އަހަރު ފަހުން، ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ," ރިޔާސީދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ ރާއްޖެ ބަދަލުކޮށްލާނެ ކަމަށް ވެވަޑައިގެންނެވި މި ބިޔަ ތަސައްވުރު ހިއްސާކޮށްލެއްވީ، އައްޑޫ ފަޅަށް ދަމާލާފައިވާ ބޮޑު ކޮންނަ ބޯޓުންގެ އެ ސިޓީގެ 190 ހެކްޓަރުގެ ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތުގަ އެވެ.

"މި ފަސް އަހަރުތެރޭ މި ކުރެވުނު މަސައްކަތާއި، ކުރަންހުރި ކަންކަމުގެ މައްޗަށް ފެންނަ ނަތީޖާއެއް އެބަވޭ. އެއީ، ރާއްޖޭގެ ޙާލަތު، ވަރުހުރި އިޤްތިޞާދެއްގެ މައްޗަށް ބިނާކުރެވޭނެ ކަމުގެ އުންމީދު ބޮޑުކަން. 2028 ނިމޭއިރު، ރާއްޖޭގެ އިޤްތިޞާދު، ދެގުނަ ވެގެންދާ ދިޔުމަކީ، ކުރު މުއްދަތަކުން ގެނެވޭނެ އެންމެބޮޑު އެއް ބަދަލު."

އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށާއި ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން ފަށާފައިވާ ބިޔަ އިގުތިސޯދީ މަސައްކަތްތަކަކީ، ރާއްޖޭގެ އުފެއްދުންތެރިކަން، އެ މަނިކުފާނު ފާހަގަ ކުރެންވި މިނަށް ހިއްލާލާނެ ދުކަރާސްތަކެއް ކަމަށް ރައީސް ސޯލިހު ސިފަ ކުރެއްވެވި އެވެ.

އައްޑޫ ބަދަލުކޮށްލުމުގެ މަޝްރޫއު ފަށާފައިވާއިރު، އުތުރުން ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމާއި އުތުރާއި ދެކުނު ޓޫރިޒަމް ހަބެއްގެ ގޮތުގައި ތަރައްގީކުރުމާއި ރާއްޖެ އާރުޓީއެލްއިން ގުޅާލުމާއި، އެއާޕޯޓުތައް ހެދުމަކީ މި ސަރުކާރުން ފަށާފައިވާ އިގުތިސޯދީ ބިޔަ މަޝްރޫއުތަކެވެ.

"ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުން މި ވިއްދަނީ މުޅި ރާއްޖެ އެކުގައި އުފުލާލަދޭނެ އިގުތިސޯދީ ދުންކަރާސް. އޭގެ ބުޑު ބަހައްޓާނެ ބިން އައްޑޫ ސިޓީގައި މިދަނީ ސަރާސަރުވެ ފެތުރެމުން. ރާއްޖެ އެކުގައި ތަރައްގީނުވެ، ދިވެހިން ބޭނުންވާ މަންޒިލެއް ނުހިފޭނެ. ހަމަހަމަ، އުފާވެރި، ތަނަވަސް ޖަޒީރާ ދިރިއުޅުމެއް ދިވެހިންނަކަށް ނުލިބޭނެ. ރާއްޖޭގެ ދެކުނުގެ ކުރިއެރުމާއި ތަރައްޤީގެ މުގޫލައިގަންނަންޖެހޭ އެންމެ ވަރުގަދަ އެއްތަނަކީ ހަމަ އައްޑޫ ސިޓީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

އައްޑޫ ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ،

މި ފަސް އަހަރުތެރޭ މި ކުރެވުނު މަސައްކަތާއި، ކުރަންހުރި ކަންކަމުގެ މައްޗަށް ފެންނަ ނަތީޖާއެއް އެބަވޭ. އެއީ، ރާއްޖޭގެ ޙާލަތު، ވަރުހުރި އިޤްތިޞާދެއްގެ މައްޗަށް ބިނާކުރެވޭނެ ކަމުގެ އުންމީދު ބޮޑުކަން. 2028 ނިމޭއިރު، ރާއްޖޭގެ އިޤްތިޞާދު، ދެގުނަ ވެގެންދާ ދިޔުމަކީ، ކުރު މުއްދަތަކުން ގެނެވޭނެ އެންމެބޮޑު އެއް ބަދަލު."

ދުވަހުގެ ފޮޓޯ

އައްޑޫ ބިން ހިއްކުމާއި ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި ރައީސް ސޯލިހު އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް މައިންބަފައިންނާއެކު ނުކުމެ ހުރި ކުޑަ ކުއްޖަކު އުރުއްވާލައިގެން. -- ފޮޓޯ: ރައީސް އޮފީސް
އައްޑޫ ބިން ހިއްކުމާއި ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި ރައީސް ސޯލިހު އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް މައިންބަފައިންނާއެކު ނުކުމެ ހުރި ކުޑަ ކުއްޖަކު އުރުއްވާލައިގެން. -- ފޮޓޯ: ރައީސް އޮފީސް

އައްޑޫ ބިން ހިއްކުމާއި ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށްޓަކައި ރައީސް ސޯލިހު އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް މައިންބަފައިންނާއެކު ނުކުމެ ހުރި ކުޑަ ކުއްޖަކު އުރުއްވާލައިގެން. -- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox