ހުޅުމާލެ ބްރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.
މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެ އެވެ. ނަމަވެސް ކާރުގެ އިންޖީނާއި ކުރީކޮޅު ވަނީ އަނދައިފަ އެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި ޓެކްސީ ކާރުގައި އަލިފާން ރޯވެގެން ރިޕޯޓު ލިބުނީ 4:09 ހާއިރު ކަމަށާއި، އެ ސަރަހައްދަށް ފަޔަ އެންޑް ރެސްކިއު ޓީމް ގޮސް، ކާރުގައި ރޯވެފައި ހުރި އަލިފާންގަނޑު 4:20 ހާއިރު ނިއްވާލެވުނު ކަމަށެވެ.
އަލިފާނުގެ މި ހާދިސާ ހިނގީ ކީއްވެގެން ކަމެއް އެމްއެންޑީއެފުން ނުބުނެ އެވެ.
ދުއްވާފައިދާ ވެހިކަލްތަކުގައި އަލިފާނުގެ ހާދިސާ މަދުން ނަމަވެސް ރާއްޖޭގައި ހިނގާފައި އެބަ ހުއްޓެވެ.












