ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން ހޮވައި ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަންކޮށްފައި ވަނީ ރޭ އިސްލާމީ މަރުކަޒު ޖަލްސާކުރާ މާލަމުގައި ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގަ އެވެ.
އެ ބޭންކުގެ ބޯޑުގައި ތިއްބަވަނީ ސަރުކާރުގެ ފަރާތުން އައްޔަންކުރާ ހަތް މެންބަރުންނާއި ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ ތިން މެމްބަރުންނެވެ.
ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް ހުށަހަޅައި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:
- ކާލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)
- ޔޫޝައު ސައީދު، ހ. ސޭންޑީ ބީޗް
- އާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
- ޖުވައިރިޔާ ސައީދު، މއ. ކޮށީގެ
- އަބްދުﷲ ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
- އަބްދުﷲ ހުސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ.ފުވައްމުލައް
- އައިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކޮށްފައިވާ ތިން ޑިރެކްޓަރުންނަކީ:
- އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ
- އަހަމަދު މުޙައްމަދު، ގ. އުފާ
- އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
ރޭގެ ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ބީއެމްއެލުން ހަމަޖައްސައިފައި ވަނީ ޔޫޝައު ސައީދު، ހ. ސޭންޑީ ބީޗް، އެވެ.
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ ރޭގައި ބާއްވާފައި ވާއިރު، އެ ބޭންކުގެ ކޮންމެ ހިއްސާދާރަކަށް ހިއްސާގެ ގޮތުގައި ބެހުމަށް ކަނޑައެޅީ 40ރ. އެވެ.

އެއާއެކު ބީއެމްއެލްގެ މައި ހިއްސާދާރުގެ ގޮތުގައި އޮތް ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 125 މިލިއަން ރުފިޔާ ލިބޭނެ އެވެ. އޭގެ އިތުރުން މިދިޔަ އަހަރުގެ ޓެކްސްގެ ގޮތުގައި ބީއެމްއެލުން 500 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކާނެ އެވެ.













