ނަޒީރު ފާޅުކުރެއްވީ ތަރައްގީވެފައިވާ ގައުމުތަކުން އުފައްދާ ބޭސް ނުލިބުމުގެ ކަންބޮޑުވުން

ޓްރީޓޮޕް ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު, ރައީސް ސޯލިހާ ސަލާން ކުރައްވަނީ -- ފޮޓޯ: މިރާޝް/ އަދަދު

ޓްރީޓޮޕް ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު, ރައީސް ސޯލިހާ ސަލާން ކުރައްވަނީ -- ފޮޓޯ: މިރާޝް/ އަދަދު

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން އުފައްދާ ބޭސް ނުލިބުމުގެ ކަންބޮޑުވުން ޓްރީޓޮޕް ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު ފާޅުކުރައްވައިފި އެވެ.

މިއަދު އެ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ނަޒީރު ވިދާޅުވީ, ބައެއް ގަވާއިދުތަކާ ގުޅިގެން ސިއްހީ ހިދުމަތް ދިނުމުގައި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ނަޒީރު ދެއްކެވީ ރާއްޖެއަށް ބޭސް އެތެރެ ކުރުމުގެ ނިޒާމެވެ.

"އަޅުގަނޑުމެން މިތަނުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލް ހަދައިގެން ހިންގާއިރު, މިތަނުގައި ދޭން ޖެހެނީ ބަންގްލަދޭޝް, އިންޑިއާ, ޕާކިސްތާނުގެ ބޭސް," ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި އުފައްދާ ބޭސް ވެސް ރާއްޖޭގައި އެތެރެކޮށް ވިއްކޭނެ ނިޒާމެއް ގާއިމްވެފައި އޮންނަ ދުވަހެއް ދެކެން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި, އެކަން ހެލްތު މިނިސްޓްރީ އާއި ކަމާ ބެހޭ ފަރާތްތަކުން ކުރާނެ ކަމުގެ އުއްމީދު ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެ ބޭފުޅުންގެ [ހެލްތު މިނިސްޓްރީއާއި ކަމާބެހޭ ފަރާތްތައް] ވާހަކަތަކުން ވެސް ދޭހަވަނީ މިއީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއްގެ ގޮތުގައި," އޭނާ ވިދާޅުވި އެވެ.

ފާޓިލިޓީ ސެންޓަރު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ, ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ ކޮންސިއުމަބަލް އެތެރެ ކުރުމުގައި ދުވަސްވީ ބޮޑު މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ.

"ނެޓްވޯކެއް ގޮތަށް އަޅުގަނޑު ސިފަކުރާނީ. އޭގެ އެކި ލެވެލްގައި ސަރުކާރު ތެރެއިން ވެސް ގޮތް ނިންމާ މީހުންނާ ކޮންމެވެސް ވަރެއްގެ ގުޅުމެއް ނެތޭ އަޅުގަނޑު ނުދަންނަވާނަން," އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ބައެއް ގަވާއިދުތަކުގައި ހުރި ދަތި އުނދަގޫތަކުގެ ސަބަބުން ހޮސްޕިޓަލް ހިންގުމުގައި ދަތިތައް ކުރިމަތިވާކަމަށް ނަޒީރު ވިދާޅުވި ވާހަކައަށް އަލިއަޅުއްވާލައްވާ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެ ކަންތައްތަކަށް އެޓެންޑްވެ، އަވަސް ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox